ރޮޒައިނާ އާދަމް
13 Jan 2023
ރޮޒައިނާ ރައީސް ނަޝީދަށް: ރައީސް ޞާލިހަކީ ނުލަފާކަން ދައްކަވާ ބޭފުޅެއް ނޫން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަކީ ނުލަފާކަން ދައްކަވާ ބޭފުޅެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
11 Jan 2023
"4 ދައުރު ވެރިކަމަށް ނިކުތް މީހަކު އެހެން މީހުންނަށް ކިޔާނެ އެއްޗެއް ނޯންނާނެ"
ވިދިވިދިގެން 4 އަހަރު ވެރިކަމަށް ކުރިމަތިލެއްވި ބޭފުޅެއް، އެހެން މީހުން ވެރިކަން ބޭނުންވެގެން އުޅޭ ވާހަކަ ނުދެއްކުން ރަނގަޅުވާނެކަމަށް ވިދާޅުވެ މެމްބަރު ރޮޒޭނާ ނަޝީދަށް ރައްދުދެއްވައިފި އެވެ.
10 Jan 2023
ރައީސް ނަޝީދުގެ ވެރިކަމުގައި ހަމަޖެހުން ލިބުމުގެ ފުރުސަތެއްނެތް"
ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގައުމަށް ހަމަޖެހުމެއް ލިބުމުގެ ފުރުސަތު ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
05 Jan 2023
"ކަމެއްކޮށް ނުދެޔޭ ވިދާޅުވިއިރު ނަޝީދު ހުރީ ސަރުކާރުން އެޅި ތާރުގަނޑު މަތީ"
ފުވައްމުލަކު ސިޓީގައި އެކަށީގެންވާ ތަރައްގީގެ މަޝްރޫއުތައް ހިންގިފައި ނުވާކަމަށް އެރަށަށް ކެމްޕޭނު ދަތުރުފުޅެއްގައި ވަޑައިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ރައްދުދެއްވައިފި އެވެ.
20 Dec 2022
"އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެޖޯރިޓީ އޮތީ ރައީސް ސޯލިހުގެ ފަހަތްޕުޅުގައި"
ކުރިއަށް އޮތް އެމްޑީީގެ ޕްރައިމަރީގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
09 Dec 2022
"ވެރިކަން ހޯދުމަށްވުރެ، ރައީސްއަށް މުހިންމީ ގައުމު ބަނގުރޫޓުނުވެ އޮތުން"
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށް، ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވުމަށްވުރެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް މުހިންމީ ގައުމު ބަނގުރޫޓު ވުމުން ސަލާމަތް ކުރެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
02 Dec 2022
"ފެނާއި ނަރުދަމާ އަކީ ގާނޫނު އަސާސީން ލާޒިމްކުރާ އަސާސީ ހައްގެއް"
ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމް ކޮށްދިނުމަކީ ޤާނޫނު އަސާސީން ލާޒިމް ކުރާ އަސާސީ ހައްގެއް ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އަށް ރައްދު ދެއްވައިފިއެވެ.
25 Nov 2022
"މިއަދު އެމްޑީީޕީ ވެފައި މިއޮތީ އެންމެ ދަތިވި ދުވަސްވަރު ގައުމު ސަލާމަތް ކޮށްދިން ޕާޓީއަށް"
މިއަދު ސަރުކާރުގެ ވެރިކަންކުރާ މައި ޕާޓީ އެމްޑީީޕީ، ވެފައި މިވަނީ އެންމެ ރާއްޖެއަށް އެންމެ ދަތިވި ދުވަސްވަރު ގައުމު ސަލާމަތް ކޮށްދިން ޕާޓީއަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.