ހަބަރު
05 Jun 2024
19 ވަނަ މަޖިލީހުން ރުހުން ނުދިން ވަޒީރުންނަށް، އައު މަޖިލީހުން ރުހުން ދީފި
19 ވަނަ މަޖިލީހުން ރުހުން ނުދެއްވި ތިން ވަޒީރުންނަށް، ވިހި ވަނަ މަޖިލީހުގެ ކޮމިޓީއިން ރުހުން ދެއްވައިފިއެވެ. މިރޭ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ތިން ވަޒީރުންނަށް ރުހުން ދޭން ފާސްކޮށްފައިވަނީ ކޮމެޓީ އަށް ހާޒިރުވެ ތިއްބެވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ.
05 Jun 2024
އާސަންދަ ރިކޮމެންޑޭޝަން ފޯމު ދެން ބަލައިގަންނާނީ މައި އާސަންދަ ޕޯޓަލްއިން!
އާސަންދައިން މިއަދު ބުނެފައިވަނީ އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް މިހާރު ޑޮކްޓަރު ރިކޮމެންޑޭޝަން ފޯމު ފުރައިދޭނީ ހަމައެކަނި އާސަންދަ ޕޯޓަލް މެދުވެރިކޮށްކަމަށެވެ.
05 Jun 2024
އައިއޭސީއިން ޣައްޒާއަށް ދުވާލަކު 12 ހާސް ލީޓަރުގެ ފެން ފޯރުކޮށްދެނީ
އައިއޭސީއިން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެވަނީ ޣައްޒާގެ އަވަށެއް ކަމަށްވާ ދައިރް-އަލް-ބަލަޙްގައި، މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް، ދުވާލަކު 12 ހާސް ލީޓަރުގެ ފެން ފޯރުކޮށްދެވެމުން ދާކަމަށެވެ.
05 Jun 2024
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗު ފަށައިފި
ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ހިންގާ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް"ގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗު ފަށައިފިއެވެ. މި ޕްރޮގްރާމްގެ ދެވަނަ ބެޗު ފެށުމުގެ ގޮތުން މިއަދު ވަނީ ޝެރަޓޮން މޯލްޑިވްސް ފުލް މޫން ރިސޯޓު އެންޑް ސްޕާގައި ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގެންނެވިއެވެ.
05 Jun 2024
ވަޒީރު މޫސާ ޒަމީރު، ސްރީލަންކާގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރައްވައިފި
ރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު، ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެގައުމުގެ ޚާރިޖީ ވަޒީރު، އެމް.ޔޫ.އެމް އަލީ ސަބްރީއާ ބައްދަލު ކުރައްވައިފި އެވެ.
05 Jun 2024
މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު 9 ލައްކައިން މައްޗަށް!
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ޢާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ޖޫން މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަަލަށް ރާއްޖެއަށް ޒިޔާރާޓް ކުރި ފަތުރުވެރިންގެ ޢަދަދަކީ 907،066 އެވެ. މިއީ 2023 ވަނަ އަހަރު، މި މުއްދަތުގައި ރާއްޖެއައި ފަތުރުވެރިންނާ އަޅާބަލާއިރު 9.9 އިންސައްތަ އިތުރު ޢަދަދެކެވެ.
05 Jun 2024
ދިޔަނެރު ފަރަށްއެރި ޓަގު ބޯޓު ޖޫރިމަނާކޮށްފި
މިދިޔަ އަހަރުގެ ތެރޭގައި ކ.ދިޔަނެރު ފަރަށްއެރި ޓަގު ބޯޓާއި ބާޖުގެ ވެރިފަރާތް 20 މިލިއަނަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
05 Jun 2024
ތޮއްޑޫ ދަނޑުވެރިން މުޒާހަރާ ކުރަނީ
އއ. ތޮއްޑޫ ކައުސިލުން، ފާސްނުކުރާ ލޭންޑް ޔޫސް ޕްލޭނަކަށް އަމަލުކުރަން މަސައްކަތްކުރާތީ ތޮއްޑޫ ދަނޑުވެރިން ކައުންސިލް އިދާރާ ކައިރި މުޒާހަރާ ކުރަން ފަށައިފިއެވެ.