ވަޒީރު ހައިދަރު މަޖިލީހުގެ ކޮމިޓަިގައި: ފޮޓޯ/ މަޖިލިސް
ހަބަރު
05 Aug 2024 | 10:27
ވަޒީރު ހައިދަރު މަޖިލީހަށް ވަޑައިނުގެންނެވުމުން ފުލެޓް ތަކާއި ގުޅޭ ގޮތުން ސުވާލު ކުރުން އެހެން ދުވަހަކަށް!

ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގެންނެވުމުން ފުލެޓް ތަކާއި ގުޅޭގޮތުން ވަޒީރާ ސުވާލު ކުރުން އެހެން ދުވަހެއްގެ ޖަލްސާއަށް ފަސްކޮށްފިއެވެ.

ރައްޔިތުންގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތް ގޮތުން މަޖިލީހުގެ ފުރަތަމަ މަސައްކަތަކަށް އޮތީ، ވަޒީރު ހައިދަރާ، ގަލޮޅު އުތުރުދާއިރާގެ މެންބަރު މުހައްމަދު އިބްރާޙީމް ވަޒީރު ހައިދަރާއި ސުވާލު ކުރުމެވެ. 

އެގޮތުން ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީ ފަޅުން ގޯތި ލިބުނު ފަރާތްތަކަށް އިންވަކިކޮށް ގޯތި ދޫކުރާނެ އިރަކާއި، އެ ސްކީމުގެ ދަށުން ދެންވެސް ދޫކޮށްފައިހުރި ގޯތިތައް ދޫކުރެވޭނެ އިރަކާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ 4000 ފުލެޓް، އޭގެ ހައްގުވެރިންނަށް ދޭނީ ކޮންއިރަކުތޯ މެމްބަރު ވަނީ ހައިދަރާ ސުވާލު ކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވުމަށް ވަޒީރު ހައިދަރު މިއަދުގެ ޖަލްސާއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހުފައި އޮތް ނަމަވެސް، ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް، އަބްދުއްރަޙީމް އަބްދުالله ވަނީ ވަޒީރަށް މިއަދު މަޖިލީހަށް ހާޒިރުވެވެން ނެތް ކަން އަންގަވާފައިވާކަން އިއުލާން ކުރައްވާފައެވެ. 

ކުއްލިއަކަށް ދިމާވި އާއިލީ ކަމަކާ ގުޅިގެން މިއަދު ވަޑައިގެންނެވެން ނެތްކަމަށް މިއަދު ހެނދުނުގެ ވަގުތެއްގައި މަޖިލީހަށް ވަނީ އަންގަވާފައި. 

އަބްދުއްރަޙީމް އަބްދުالله

ައެހެންކަމުން، އަބްދުއްރަޙީމް ވަނީ މިނިސްޓަރަށް ވަޑައިގެންނެވޭނެ ދުވަހެއް ބަލައި އެހެން ދުވަހަކަށް އެ ސުވާލު އެޖެންޑާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފުލެޓް ދޫކުރާ އިރެއް މެމްބަރު އައްސަވާ އިރު، އެ ފްލެޓް ލިބޭ މީހުންގެ ލިސްޓު ބާތިލު ނުކުރުމަށް އެދި ހުށަހަޅައިފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން މިދިޔަ މަހުގެ 16 ވަނަ ދުވަހު މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ވަޒީރު ހައިދަރު ހާޒިރު ކުރެއްވުމުން، އެ ފުލެޓްތައް އޮކްޓޯބަރ މަހުގެ ތެރޭގައި ދޫކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.