ހަބަރު
06 Jun 2024
އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނޫސްބަޔާނެއްގައި، ބުނެފައިވަނީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ހުޅުވާލާފައިވާކަމަށެވެ.
06 Jun 2024
ސްރީލަންކާގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތަކުން ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް މަޝްވަރާ ކުރައްވައިފި
މިއަދު ޚާރިޖީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ވަނީ ސްރީލަންކާގެ މިނިސްޓަރ އޮސް ޕަބްލިކް ސެކިއުރިޓީ، ޓްރައަން އަލްސްއާ ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުވުމުގެ ތެރެއިން ވަނީ، ސްރީލަންކާގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތަކުގެ ސަބަބުން، ދިވެހިންނަށް ދިމާވެފައިވާ އެކި ދަތިތަކާއި، އެ ކަންކަން ޙައްލުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
06 Jun 2024
މީހުން ރަހީނުކޮށް ފޭރޭ މައްސަލައެއްގައި ދެމަފިރިއަކު ބަންދުކޮށްފި
މީހުން ރަހީނުކުރުމަށް ފަހު ބަރަހަނާކޮށް އޮރިޔާން ކާޑު އުފައްދައިގެން، ބިރު ދައްކައި ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި ދެމަފިރިއަކު ބަންދުކޮށްފިއެވެ.
06 Jun 2024
ދަސްވެނިކަމަކީ ހަމައެކަނި ސަނަދެއް ނޫން: ފަސްޓް ލޭޑީ
ދަސްވެނިކަމަކީ ހަމައެކަނި ސަނަދެއް ނޫންކަމަށާއި އެއީ އެކިކަންކަމުގައި ތިމާގެ ޤާބިލުކަން އިތުރުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
06 Jun 2024
ސަރުކާރުގެ ޚަރަދުގައި ހައްޖަށް ގެންދެވޭ މީހުން މާދަމާ ފުރާނެ
ސަރުކާރުގެ ޚަރަދުގައި މިއަހަރު ހައްޖަށް ގެންދެވޭ 50 މީހުން މާދަމާ ފުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ހާމަކުރައްވައިފިއެވެ.
06 Jun 2024
ޑައިވިން އަށް ދިޔަ ފަތުރުވެރިއަކު ނިޔާވެއްޖެ
ޓައިގާ ޝާކް ޕޮއިންޓަށް ޑައިވިން އަށް ދިޔަ ފަތުރުވެރިއަކު ހާލުދެރަވުމާއި ގުޅިގެން ނިޔާވެއްޖެއެވެ.
06 Jun 2024
މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް ކުރީގެ މެމްބަރު ނިހާން
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް މަޖިލީހުގެ ކުރީގެ މެމްބަރު ނިހާން ހުސައިން މަނިކު އައްޔަނުކުރައްވައިފިއެވެ.
06 Jun 2024
ސައިކަލުތަކުގައި ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރު ކޮށްފި
ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި ޕާކުކޮށްފައި ހުރި ސައިކަލު ތަކެއްގައި ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރު ކޮށްފިއެވެ.
06 Jun 2024
ބިދޭސީންގެ ހަށިގަނޑު މޯޗަރީގައި ބަހައްޓާތީ ނަގާ ފީ މާފުކޮށްދޭން އެދޭތީ ކަންބޮޑުވުން
ރާއްޖޭގައި މަރުވާ ބިދޭސީންގެ ހަށިގަނޑު ގަލޮޅު މޯޗަރީގައި ބަހައްޓައިގެން ނަގާ ފީ މާފުކޮށްދޭން އެދެމުން ދާތީ މާލޭ ސިޓީ ކައުންސިލުގެ މޭޔަރ އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
06 Jun 2024
ގަސް އިންދުމާ، ގަސްތައް ބެލެހެއްޓުމަށް، ކޮންމެ ރަށެއްގައި 'ގްރީން އޭޖެންޓެއް'
ގަސް އިންދުމަށްފަހު އެ ގަސްތައް ބެލެހެއްޓުމަށްޓަކާ ކޮންމެ ރަށެއްގައި ވެސް 'ގްރީން އޭޖެންޓެއް'ގެ ގޮތުގައި އެކުންފުނީގެ މުވައްޒަފަކު ބަހައްޓަން ނިންމަވާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.