މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
05 Aug 2024 | 11:15
ދެފަހަރު ފުރުސަތު ދީގެންވެސް ބަހުސްކުރާނެ މެންބަރެއް ނުވެގެން މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވާނެ އެއްވެސް މެމްބަރަކު ނުވެގެން ޖަލްސާ ކުރުކޮށްލައިފި އެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ އޮތީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާ ސުވާލު ކުރެއްވުމެވެ.

އެހެން ނަމަވެސް އާއިލީ ކަމަކާ ގުޅިގެން މިނިސްޓަރު ހައިދަރަށް މިއަދުގެ ޖަލްސާ އަށް ވަޑައިނުގެންނެވުމުން އެ މައްސަލަ އެހެން ދުވަހެއްގައި ކުރިއަށް ގެންދަން ނިންމަވައި، އެޖެންޑާގައި ދެ ވަނަ އަށް އޮތް، މާލިއްޔަތު ކޮމިޓީން ދިރާސާކުރި ދެ އޮޑިޓް ރިޕޯޓެއް ތަޅުމަށް ހުށަހެޅުމާއި ބަހުސް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ.  

އެގޮތުން މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް ކޮމިއުނިކޭޝަން އޮތޯރިޓީގެ 2016-2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ 2016-2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވިއެވެ. 

އެ ދެ ރިޕޯޓަށް ބަހުސް ކުރައްވަން ބޭނުންވާ މެމްބަރުން ފުރުސަތަކަށް އެދިވަޑައިގަތުމަށް ރިޔާސަތުން ހުޅުވައިލުމުން އެއްވެސް ބޭފުޅަކު އެ ފުރުސަތުގެ ބޭނުމެއް ނުކުރެއްވި އެވެ.

އެހެންކަމުން، ރިޔާސަތުން ދެން ނިންމެވީ މި ވަގުތަށް ޖަލްސާ މެދުކަނޑާލުމަށެވެ.

ދެ މައްސަލަ އަށް ވެސް ބަހުސް ކުރައްވާނެ މެންބަރަކު ނުވި ނަމަވެސް ޖަލްސާ އަށް 50 މެންބަރުން ހާޒިރުވެވަޑައިގެން ތިއްބެވިއެވެ.

އާންމު ގޮތެއްގައި މެންދުރު 1:30 ގައި ވޯޓަށް އެހުން އޮތް ނަމަވެސް މިއަދު އެ ދެ ރިޕޯޓަށް ވޯޓަށް އެހުން އޮންނާނީ ހެނދުނު 11:00 ގައި ކަމަށް ވެސް އަބްދުއްރަހީމް އިއުލާން ކުރެއްވި އެވެ.

ކޮމެންޓް
ޕްރޭމްޗޯޕްރާ
އެންމެން އެއްކޮޅެއްގައި ތިބޭއިރު ރުހުނަސް ނުރުހުނަސް ބަހުސެއް ނުކުރެވޭނެއްނު.!
05 Aug 2024
ގުޅޭ ލިޔުންތައް
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.