ހަބަރު
12 May 2024
އިންތިޚާބަކާ ނުލައި، ށ.ފުނަދޫ ކައުންސިލްގެ އަންހެން މެންބަރަކަށް ޔުމްނާ އިންތިޚާބުވެއްޖެ
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިޢުލާންކުރެއްވި ގޮތުގައި، ޖޫން މަހުގެ 8 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ބައި އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލުމުން، މުއްދަތު ހަމަވީ އިރު ކުރިމަތިލާފާއިވަނީ އެންމެ ކެނޑިޑޭޓެއް ކަމަށެވެ. އެހެންކަމުން ށ.ފުނަދޫގެ އަންހެން މެންބަރަށް ޚާއްސަ ގޮނޑިއަށް ކޮންގްރެސް ޕާޓީން ކުރިމަތިލެއްވި ށ. ފުނަދޫ މާބަގީޗާގެ އާމިނަތު ޔުމްނާ ވަނީ އިންތިޚާބު ވެފައިވާކަމަށް އީސީގެ ބަޔާނުގައި ވެއެވެ.
12 May 2024
ފައިލޭރިއާ ޖެހިފައިވާ ތިން ބިދޭސީން ފެނިއްޖެ
މިފްކޯގެ މީޑިއާ އޮފިޝަލެއް ވިދާޅުވިގޮތުގައި، ގއ. ކޫއްޑޫ މަސް ފެކްޓަރީގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީން މިދިޔަ ބުރާސްފަތި ދުވަހު ސްކްރީން ކުރުމުން، ތިން ބިދޭސީއަކު ވަނީ ފައިލޭރިއާއަށް ޕޮޒިޓިވް ވެފައެވެ. ފައިލޭރިއާއަށް ޕޮސިޓިވް ވި ތިން މީހުންނަކީވެސް އިންޑިއާއަށް ނިސްބަތްވާ ބިދޭސީންނެވެ. މިހާރު އެ ތިން މީހުންނަށްވެސް ވަނީ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ފަރުވާ ދީފައިކަމަށާއި، ތިން މީހުންވެސް ފަރުވާއަށްފަހު މަސައްކަތަށް ނުކުމެފައިވާކަމަށް މިފްކޯގެ އޮފިޝަލް މައުލޫމާތު ދެއްވައެވެ.
12 May 2024
ބޭރަށް 10،000 ޑޮލަރަށް ވުރެ ގިނައިން ގެންދެވޭނީ ފައިސާ ހޯދީ ގޮތް ބެލުމަށްފަހު
މީގެ ފަހުން ރާއްޖެ އިން ބޭރަށް ދާއިރު 10،000 ޑޮލަރަށްވުރެ ގިނައިން ގެންދެވޭނީ އެ މީހަކު އެ ފައިސާ ހޯދީ ކިހިނެއްތޯ ބެލުމަށްފަހުގައި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
12 May 2024
ދެ އިންތިހާބުން އެމްޑީޕީ ބަލިވީ ވައުދު ނުފުއްދާ ހުދުމުހުތާރު ވެރިކަމެއް ކުރީމަ
2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި މިދިޔަ މަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެމްޑީޕީ އަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދު ނުފުއްދުމުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
12 May 2024
މި ޖުލައި މަހު ރާއްޖޭގައި އަލަށް ޑިވެލޮޕްމެންޓް ބޭންކެއް ހުޅުވަނީ
މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިވެލޮޕްމެންޓް ބޭންކެއް ހުޅުވިގެންދާނެ ކަމަށް އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
12 May 2024
މައުލޫމާތުތައް ހިއްސާކުރަނީ ކޯޓާއި ޗެލެންޖްކުރާކަށް ނޫން: އިހުސާން
ދިވެހި ފުލުހުން ހިދުމަތުން ރައްޔިތުންނާއި މައުލޫމާތުތައް ހިއްސާކުރަނީ ކޯޓުގެ ހުރުމަތްކަނޑާލައި، ކޯޓުތަކާއި ޗެލެންޖްކުރާކަށް ނޫންކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
12 May 2024
އަމާޒަކީ ބިދޭސީ މީހާގެ ފޮޓޯއަކުނ އޭނާއާ ބެހޭ ހުރިހާ މައުލޫމާތެއް އެނގުން
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ޓީމުން ނިމިދިޔަ ހަފްތާގައި ފެށި އޮޕަރޭޝަން ކުރަނގި އިން އެއްކުރެވޭ މައުލޫމާތާއި އެކު، ރަށް ރަށަށް އަރާ ބިދޭސީ މީހާގެ ފޮޓޯއެއް ނަގާލުމުން އޭނާއާއި ބެހޭ ހުރިހާ މައުލޫމާތެއް އެ ރަށެއްގެ ކައުންސިލަށް އެނގިގެން ދިޔުމަކީ އަމާޒު ކަމަށް އެ ވުޒާރާގެ ވަޒީރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.
12 May 2024
ޖެނުއަރީން ފެށިގެން މެމްބަރުކަމުގެ މުސާރަ ނެގުން ހުއްޓާލައިފިން: ނަޝީދު
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެމްބަރުކަމުގެ މުސާރަ ނެންގެވުން ހުއްޓާލެއްވި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
12 May 2024
ރާއްޖޭގެ ހާއްސަ އިޤްތިޞާދީ ސަރަހައްދުތައް ތަރައްޤީކުރަން ދުބާއި ކުންފުންޏަކަށް
ރާއްޖޭގެ ހާއްސަ އިޤްތިޞާދީ ސަރަހައްދުތައް ތަރައްޤީކުރުމަށް ދުބާއީގެ އެންމެ ބޮޑު ފްރީޓްރޭޑް ޒޯން ކުންފުނި ކަމަށްވާ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
12 May 2024
ދައުލަތަށް ނުދައްކާ ހުރި 797.8 މިލިއަން ރުފިޔާ ހޯދައިފި
މިހާތަނަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެކި ފަރާތްތަކުން ނުދައްކާ ހުރި 797.8 މިލިއަން ރުފިޔާ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މީރާއިން ހޯދައިފި އެވެ.