12 May 2024
އެމްއެންޑީއެފުން ހިންގި ބޭސިކް އީއޯޑީ ކޯހުގެ ދަސްވެނިވުން ބާއްވައިފި
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަ ކުރެއްވި ގޮތުގައި ސްރީލަންކާގެ އަސްކަރިއްޔާ އާ ގުޅިގެން އެމްއެންޑިއެފުން ހިންގި ބޭސިކް އީއޯޑީ ކޯސް ނިންމާލާ، މިއަދު ވަނީ އެމްއެންޑީއެފް ގެ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހެޑްކުއޯޓަރޒްގައި ރަސްމިއްޔާތެއް ބާއްވާފއެވެ. އެމްއެންޑީއެފް ގެ ސަދަން އޭރިއާ ކޮމާންޑުގައި ކުރިއަށް ގެންދިޔަ މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ މި އަހަރުގެ މާރިޗު 24 އިން ފެށިގެން މޭ 11 ގެ ނިޔަލަށެވެ. އެމްއެންޑީއެފުން ހާމަކުރެއްވިގޮތުގައި މި ކޯހުން 27 ސިފައިން ވަނީ ދަސްވެނިވެފައެވެ.