15 May 2024
ދިވެއްސަކަށް ދިވެހި ބަހުން ވާހަކަ ދައްކަން ނޭނގޭތީ ތަރުޖަމާނަކު ހޯދަނީ
ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައެއްގެ ޝަރީއަތަށް ހާޒިރު ކުރި ދިވެއްސަކަށް ދިވެހި ބަހުން ވާހަކަދައްކަން ނޭނގޭ ކަމަށް ބުނުމުން އޭނާ އަށް ތަރުޖަމާނަކު ހަމަޖެއްސުމަށް ޝަރީއަތުން ފުރުސަތު ދީފިއެވެ.
15 May 2024
މައްކާގައި ބާއްވާ ޤުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ސަޢުދީ ޢަރަބިއްޔާގެ މައްކާގައި ބާއްވާ ޤުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
15 May 2024
ދިރިއުޅުމގައި އެންމެ އިސްކުރާ ސިޔާސަތަކީ “ފުރަތަމަ އާއިލާ” ކަމުގައި ހަދަމާ
'ދިރިއުޅުމުގެ ކޮންމެކަމެއްގައިވެސް އެންމެ އިސްކުރާ ސިޔާސަތަކަށް ‘ފުރަތަމަ ޢާއިލާ' ހެއްދެވުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އެދިވަޑައިގެންފިއެވެ.
15 May 2024
އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ރާއްޖެއިން ގޮވާލައިފި
އދ.ގެ ފުރިހަމަ މެންބަރު ގައުމެއްގެ ގޮތުގައި ފަލަސްތީން ބަލައިގަތުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ދިވެހިރާއްޖެއިން އަނެއްކާވެސް ގޮވާލައިފިއެވެ.
15 May 2024
"އައި.ވީ.އެފް" ފަރުވާއަށް ދައުލަތުގެ އެހީއަށް އެދުމުގެ ސުންގަޑި އިތުރުކޮށްފި
ދަރިމައި ވުމުގެ މައްސަލަތައް ހުންނަ ފަރާތްތަކުގެ ތެރެއިން "އައި.ވީ.އެފް" ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި އިތުރު ކޮށްފިއެވެ.
15 May 2024
ކޮންމެ އެސޯސިއޭޝަނަކުންވެސް ފުރަތަމަ ތަބާވާން ޖެހޭނީ އެޤައުމެއްގެ ޤާނޫނާއި ގަވާއިދަށް
ބައިނަލްއަގުވާމީ ޖަމިއްޔާ އަކާއި ގުޅިފައިވާ ނަމަވެސް، ކޮންމެ އެސޯސިއޭޝަނަކުންވެސް ފުރަތަމަ ތަބާވާން ޖެހޭނީ އެޤައުމެއްގެ ޤާނޫނާއި ގަވާއިދަށް ކަމަށް ކޮމިޝަނަރ އޮފް މުހައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.
14 May 2024
ސިނަމާލެ ބުރިޖުމަތީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ސިނަމާލެ ބްރިޖު މަތީ ހިނގި މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައި ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ކަމަށާއި މިހާޜު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށެވެ. ފުލުހުން މައުލޫމާތު ދެއްވިގޮތުގައި، އެކްސިޑެންޓުގައި އަނިޔާ ވަނީ ފިރިހެނަކަށާއި ކުޑަކުއްޖަކަށް އަނިޔާވެފައެވެ. އެކްސިޑެންޓުގައި ޒަޚަމްވި ފަރާޓްތައް ހޮސްޕިޓަލަށް ގޮސް ފަރުވާދެމުން ދާކަމަށް ފުލުހުން ވިދާޅުވިއެވެ.
14 May 2024
ރައީސް މުޢިއްޒު ވަޢުދުވެވަޑައިގަންނަވަނީ ހަމައެކަނި ވޯޓު ހޯދާކަށްނޫން: މުހައްމަދު
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެވަޑައިގަންނަވާ ވަޢުދުތައް ވެވަޑައިގަންނަވަނީ ހަމައެކަނި ރައްޔިތުންގެ ވޯތު ހޯއްދަވަން ނޫން ކަަށް މަޖިލީހުގެ ވިލިމާލޭ ދާއިރާގެ އިންތިޚާބީ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.