ހަބަރު
16 May 2024
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކުގައި ފުލުހުން ޢަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ފުލުހުން މިއަދު މައުލޫމާތު ދެއްވި ގޮތުގައި، ފުލުހުންނާއި، ޔޫ.އެން.އޯ.ޑީ.ސީ ގުޅިގެން ”ޓްރެއިނިންގ އޮން ސްޓެންތެންގ ކެޕޭބިލިޓީސް ޓު ޑިސްޓްރަޕްޓް މެރިޓައިމް ކްރައިމްސް އޭޒް ރިލޭޓެޑް ޓު ޓެރަރިސްޓް ތްރެޓްސް” ގެ ނަމުގައި ވަނީ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މި ތަމްރީނު ޕްރޮގްރާމުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ބަހާތަކުން 22 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
16 May 2024
ރާއްޖޭގައި އޯގަން ޓްރާންސްޕަލާންޓްގެ ޚިދުމަތް ފަށަން ޤާނޫނެއް އެކުލަވާލަނީ
ރާއްޖޭގައި އޯގަން ޓްރާންސްޕްލާންޓު ނުވަތަ ގުނަވަން ބަދަލު ކުރާ އޮޕަރޭޝަންގެ ޚިދުމަތް ތައާރަފް ކުރުމަށްޓަކައި ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.
16 May 2024
ހޮސްޕިޓަލުތަކުގެ ކުރެހުންތަކަށް ބަދަލުތަކެއް ގެންނަނީ
ދައުލަތަށް ހަރަދު ކުޑަވާ ގޮތަށް ހޮސްޕިޓަލުތަކުގެ ކުރެހުންތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް ސިއްހަތާއި ބެހޭ ވަޒީރު ޑރ.އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
16 May 2024
ރާއްޖޭގައި ވިއްކާ ކާބޯތަކެތީގެ ސާމްޕަލް ބޭރަށް ފޮނުވައިގެން ތަހުލީލް ކުރަނީ
ރާއްޖެއިން ބޭރުން އެތެރެކުރާ، އަދި ރާއްޖޭގައި ހައްދާ ކާބޯތަކެތީގެ ސާމްޕަލް ބޭރަށް ފޮނުވައިގެން އޭގައި ކެމިކަލް ހުންނަ މިންވަރު ތަހުލީލް ކުރަން ނިންމާފައިވާ ކަމަށް ސިއްހަތާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުالله ޚަލީލް ވިދާޅުވެއްޖެއެވެ.
16 May 2024
ޗައިނާއިން ރާއްޖެއަށް ލައްކައެއްހާ ފަތުރުވެރިން ޒިޔާރަތްކޮށްފި!
މި އަހަރުގެ މޭ މަހުގެ 15 ވަނަ ދުވަހާއި ހިސާބަށް ޗައިނާ އިން ރާއްޖެ އަށް ލައްކަ އަކާއި ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
16 May 2024
ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާތީ ދިރާސާއެއް ކުރަނީ
ރާއްޖޭގައި ކެންސަރު ފަދަ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން ދާތީ ހާއްސަ ދިރާސާއެއް ކުރުމަށް ދުނިޔޭގެ ސިއްހަތާއިބެހޭ އިދާރާ، ޑަބްލިޔުއެޗްއޯގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ސިއްހަތާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.
16 May 2024
އައްޑޫ ސިޓީގެ ހަންކެޑެ ބްރިޖްގެ 820 މީޓަރުގައި ތާރު އަޅައިފި
އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން އައްޑޫސިޓީގައި އަޅަމުންދާ ހަންކެޑެ ބްރިޖްގެ 820 މީޓަރުގައި ތާރު އަޅައި ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
16 May 2024
ބިދޭސީ މީހާގެ ހަށިގަނޑާމެދު އަމަލުކުރާނެ ގޮތާމެދު އާއިލާ ވާހަކަދައްކަނީ
ހުޅުމާލޭ ސަހަރާ ކައިރީ ޕާކުކޮށްފައި އޮތް ވޭނެއް ތެރެއިން ނިޔާވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑާއިމެދު އަމަލުކުރާނެ ގޮތަކާމެދު އާއިލާއާ ވާހަކަދައްކަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
16 May 2024
ޑުރަގާއެކު މާލެއިން ފަސް މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއެކު މާލެއިން ފަސް މީހުން ހައްޔަރުކޮށްފިއެވެ.
16 May 2024
ވެމްކޯގެ ޓްރާންސްފާ ސްޓޭޝަންތަކަށް ވަންނަން ނަގާ ފީ ކަނޑާލައިފި
ވެމްކޯގެ ޓްރާންސްފާ ސްޓޭޝަންތަކަށް ވަންނަ ކޮންމެ އުޅަނދަކުން ނަގަމުން އަންނަ ގޭޓު ފީ ކަނޑާލައިފި އެވެ.