ހަބަރު
18 May 2024
އެތެރޭގެ އުދުހުންތަކުގައި 100 މިލިލީޓަރަށްވުރެ ގިނައިން ދިޔާތަކެތި ނުގެންދެވޭގޮތަށް ހަދައިފި
ދިވެހިރާއްޖޭގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން މިއަދު ވިދާޅުވީ އަތްދަބަހުގައި ދިޔާ ތަކެތި ގެންދެވޭނެ ގޮތްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެތެރޭގެ އުދުހުންތަކުގައި ދިޔާތަކެތި އަޅާފައި ހުންނަ ކޮންޓެއިނަރ ގެންދެވޭނީ 100 އެމްއެލް، އަށް ވުރެ ގިނަ ނުކޮށް ކަމަށާއި ފަސިންޖަރަކަށް ގެންދެވޭނީ ގިނަވެގެން 100 އެމްއެލްގެ 10 ކޮންޓެއިނަރު ކަމަށެވެ.
18 May 2024
ގަދަ ވަޔާއެކު މަރަދޫ ފޭދޫ ގެއެއްގެ ފުރާޅު އެއްލާލައިފި
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީ މަރަދޫ ފޭދޫ، ޓިއުލިޕްމާ ގޭގެ ފުރާޅު މިއަދު 11:59 ހާއިރު ވަނީ އެއްލައިލާފައެވެ. އެހެންކަމުން، އެ ފުރާޅު މަގުމަތިން އެއްފަރާތް ކުރުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
18 May 2024
ފުވައްމުލަކާއި އައްޑޫ ސިޓީއަށް ނެރުނު، އޮރެންޖު ސަމާލުގެ ވަގުތު އިތުރުކޮށްފި
މެޓް އޮފީހުން އައްޑޫއާއި ފުވައްމުލަކު ސިޓީއަށް ކުރިން އޮރެންޖު އެލާޓް ނެރެފައިވަނީ މިރޭ 7 ޖެހުމާ ހަމައަށެވެ. ނަމަވެސް މިހާރު އެލާޓްގެ ވަގުތު ވަނީ މިރޭ 11 އާއި ހަމައަށް އިތުރުކޮށްފަ އެވެ. މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ސިޓީތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ.
18 May 2024
އިންޑިއާގެ ތިން މީހަކަށް އިމިގްރޭޝަނަށް ހާޒިރުވާން އަންގައިފި
އިންޑިއާގެ ތިން މީހަކަށް އިމިގްރޭޝަނަށް ހާޒިރުވާން އަންގައިފި އެވެ. މިއަދު އިމިގްރޭޝަނުން ފޮޓޯ ޢާންމުކޮށް، އެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ، ރޯހިތް ކުމާރު (33އ) އާއި ގުރުޖަންތް ސިންގް (24އ) އަދި ޝަމްޝޭން އަލަމް (35އ) އަށެވެ.
18 May 2024
ފުވައްމުލަކާއި އައްޑޫ ސިޓީއަށް އޮރެންޖު ސަމާލު ނެރެފި!
ރާއްޖެ އަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން މޫސުން އިތުރަށް ގޯސްވެ މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީ އަށް އޮރެންޖް ސަމާލު ނެރެފިއެވެ.
18 May 2024
ބޮޑު އީދު ފާހަގަކުރުމަށް 26 ރަށަކުން ޕްރޮޕޯޒަލް ހުށަހަޅައިފި
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީ އާއި ގުޅިގެން ބޮޑު އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި ކުރި އިއުލާނާއި ގުޅިގެން 26 ރަށަކުން ޕްރޮޕޯޒަލް ހުށައަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
18 May 2024
ޑްރައިވަރަކު ރުޅި އައިސްގެން ކާރުން ދަތުރުވެރިން ބޭލި މައްސަލައެއް!
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށްފަހު ރުޅި އައިސްގެން ދަތުރުވެރިން އެމީހުން އެރިތަނަށް ބާލާފައި ދިޔަ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
18 May 2024
ރޭގަނޑު ދަތުރުނުކުރުމަށް އެމްއެންޑީއެފުން އެދެފި
ރާއްޖެ އަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާއި ގުޅިގެން ކަނޑުތައް ގަދަވެފައިވާތީ، ރޭގަނޑު ދަތުރުނުކުރުމަށް އެމްއެންޑީއެފުން އެދެފިއެވެ.
18 May 2024
މޯލްޑިވިއަންގެ ފުލައިޓެއްގެ އެހީގައި، ގެއްލުނު ދޯނި ހޯދަނީ
ކ.ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދަނިކޮށް ގެއްލުނު "AAA-37" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި، މޯލްޑިވިއަންގެ ފުލައިޓެއްގެ އެހީގައި ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
18 May 2024
ފާރެއްވެއްޓި އަނިޔާވި ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފި
ތ.ކަނޑޫދޫގައި ފާރެއްވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.