ހަބަރު
15 May 2024
ޢުމްރާ ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި
ޢުމްރާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފިއެވެ. ރައީސް ޑރ.މުޢިއްޒު މި ޢުމްރާ ދަތުރުފުޅަށް ފުރާވަޑަިއގެންނެވީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
15 May 2024
އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓު، ދީމާއަށް ރައީސް ޑރ. މުޢިއްޒުގެ ތަހުނިޔާ
ދިވެހިރާއްޖެއިން އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ އެތުލީޓު، ޓޭބަލް ޓެނިސްގެ ތަރި، ފާތިމަތު ދީމާއަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ދިވެހި ކުޅިވަރުގެ ތާރީޚީ ވަގުތެއް ކަމަށެވެ. އަދި ދީމާގެ އެ ފުރިހަމަ ކާމިޔާބީއަށް މަރުުހަބާ ވިދާޅުވެ ދީމާ މުޅި ދިވެހިރާއްޖެވެސް ފަޚުރުވެރިކުރުވައިފި ކަމަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޑރ.މުޢިއްޒު ވަނީ، އޮލިމްޕިކްސްގައި ދީމާއަށް ކާމިޔާބީއަށް އެދޭކަމަށްވެސް ވިދާޅުވެފައެވެ.
15 May 2024
ބައެއް ޓެކްސީ އެޕްތަކުން އަމިއްލައަށް އަގު ކަނޑަައަޅާ މައްސަލަ ބަލާނަން - ޓްރާންސްޕޯޓު މިނިސްޓްރީގެ ނައިބު
ބައެއް ޓެކްސީ އެޕްތަކުން އަމިއްލައަށް އަގު ކަނޑަައަޅާކަމަށާއި، މި މައްސަލަ ބަލާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރުގެ ނައިބު ޢަލީ ނިޝާން ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރުގެ ނައިބު ޢަލީ ނިޝާން ވިދާޅުވީ، ޓެކްސީ އެޕްތައް ހިންގާ ފަރާތްތައް ހޯދާ އެ ފަރާތްތަކާ ގުޅިގެން، ޓެކްސީ ކުރަނީ މިނިސްޓްރީއިން ކަނޑައަޅާފައިވާ އަގުތަކުގައިތޯ ބަލާނެ ކަމަށެވެ.
15 May 2024
އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފާއެކު ދީމާ، މުޅި ރާއްޖެ ފަޚުރުވެރިކުރުވައިފި
މިއަދު މެންދުރު ފަހު ކުރިއަށް ދިޔަ، ކޮލިފިކޭޝަނުގެ ފައިނަލުން، ދީމާ، 1-4 ސެޓުން މެޗު ކާމިޔާބުކޮށް، އޮލިމްޕިކްސް ގައި ވާދަކުރަން ހޮވުނު އިރު މިއީ ދިވެހި ތާރީޚުގައި ވެސް ދިވެހި އެތުލީޓަކު އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. ދީމާގެ މި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން، ރާއްޖޭގެ ގިނަ އިސްވެރިންތަކެއް ވަނީ ދީމާއަށް މަރުޙަބާ ކިޔާފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފު ވެސް ވަނީ ދީމާއަށް ތަހުނިޔާ ވިދާޅުވެފައެވެ.
15 May 2024
މޫސުން ގޯސްވާނެތީ, ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފި
މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ރައްކާތެރިވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ. އެގޮތުން ޢާންމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށް، ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް ބަޔާންކޮށްފައެވެ.
15 May 2024
ބިރުދެއްކުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ
ބިރުދެއްކުމުގެ މައްސަލައެއްގެ ތަހުގީގަށް ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.
15 May 2024
ގުޅިފަޅު ހިއްކުން ހުއްޓުވަން ނެރުނު ވަގުތީ އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި
މިއަދު ސުޕްރީމް ކޯޓުން ކުރި ޙުކުމްގައިވަނީ ގުޅިފަޅު ހިއްކުން ހުއްޓާލުމަށް ހައިކޯޓުން ވަގުތީ ޢަމުރު ނެރެފައިވަނީ، ސުޕްރީމު ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށްވާތީ، މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ހައިކޯޓުގެ އަމުރު، ބާތިލުކުރާ ކަމަށެވެ.
15 May 2024
ވޭނެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ!
ހުޅުމާލެ ސަހަރާ ކުރިމަތީގައި އޮތް ވޭނެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
15 May 2024
އާޤިލްގެ މަރުގެ މައްސަލަ: ވިޝާމްގެ މައްޗަށް ދައުވާ ސާބިތެއް ނުވި
ގދ. ފަރެސްމާތޮޑާ، ފަރެސްއަވަށް، ކޮކާ، އިބްރާހީމް އާޤިލްއަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގުމުގެ ސަބަބުން އޭނާ ނިޔާވެފައިވާ މައްސަލާގައި ދައުވާ އުފުލާފައިވާ ހއ. ދިއްދޫ ސްނޯބާޑް އިބްރާހީމް ވިޝާމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
15 May 2024
ގިނައިން ވަރި ވަނީ އަނބިމީހާ ކިޔަމަން ނުވުމާއި، ފިރިމީހާ ވަގުތު ނުދޭތީ
ރާއްޖޭގައި ވަރިވާން އެންމެ ގިނަ އަންހެނުން ކޯޓަށް ދަނީ ފިރިމީހާ ވަގުތު ނުދޭ ކަމަށް ބުނެ ކަމަށާއި އަނބިމީހާ ވަރި ކުރާ ސަބަބެއް ކަމަށް ގިނަ ފިރިހެނުން ބުނަނީ ކިޔަމަން ނުވާތީ ކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު މިއަދު ވިދާޅުވެއްޖެ އެވެ.