ހަބަރު
17 May 2024
ހެލްމެޓް ނާޅާ ބްރިޖުމަތިން ސައިކަލުގައި ދަތުރުކުރި ބަޔަކު ޖޫރިމަނާ ކޮށްފި
ހެލްމެޓް ނާޅައި ބްރިޖުމަތިން ދަތުރުކުރި ބަޔަކު ޖޫރިމަނާ ކޮށްފިއެވެ.
17 May 2024
ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ނިންމުމަށް 100 މިލިއަން ޑޮލަރުގެ ލޯނެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ މަސައްކަތް ނިންމުމަށް އިތުރަށް 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އަދި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ ކަންކަމަށް ސައުދީ ފަންޑުން 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ގެ ލޯނެއް ދީފި އެވެ.
17 May 2024
މޫސުން ގޯސްވެ ބޮޑު ބަޔަކަށް ރީނދޫ އަދި ހުދު ސަމާލު ނެރެފި
ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވެ، މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި އެވެ.
17 May 2024
ދިވެހިންގެ އުފެއްދުންތަކަށް ދުނިޔޭގެ މާކެޓުތަކުން އާމުދަނީ ހޯދޭނެ މަގުފަހި ކުރާނަން
ދިވެހިންގެ ހުނަރާއި އުފެއްދުންތަކަށް ދުނިޔޭގެ މާކެޓުތަކުން އާމުދަނީ ހޯދޭނެ މަގުފަހި ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
17 May 2024
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރީ ގާނޫނީ ހަމަތަކުގެ މަތީންނެއް ނޫން
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން މާލޭ ސަރަހައްދުން ގޯތި ދޫކޮށްފައިވަނީ އެއްވެސް ޤާނޫނީ ހަމައެއް ނެތިކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި ޤާނޫނީ ވަކީލު އަޙްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
17 May 2024
"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް މިއަދު އުފައްދަވައިފިއެވެ.
16 May 2024
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަނީ
މިއަދު ޒަކާތު ހައުސްއިން ނެރުއްވި އިޢުލާނެއްގައި ބުނެފައިވަނީ މާލެސިޓީ (މާލެ، ހުޅުމާލެ، އަދި ވިލިމާލެ) އިން އަލަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ. ދަފްތަރުގައި ރަޖިސްޓްރީވެލައްވަން ބޭނުންވާ ފަރާތްތަކުން, އަންނަ އާދިއްތަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 12:00 ގެ ނިޔަލަށް ފޯމު ހުށަހެޅުއްވުމަށް ޒަކާތު ހައުސްއިން ވަނި އެދިލައްވާފައެވެ.
16 May 2024
ސައުދީގެ އެހީގައި ރާއްޖޭގައި 3 ހޮސްޕިޓަލް އަޅަނީ
މިއަދު ފިނޭންސް މިނިސްޓްރީއިން ހާމަކުރެއްވި ގޮތުގައި، ސަޢުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއެކު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް އެ ފަންޑުން 50 މިލިއަން ޑޮލަރު ފޯރުކޮށްދޭން ވަނީ ހަމަޖެހިފައެވެ. އަދި މި ލޯނުގެ އެހީގައި ރާއްޖޭގައި 150 އެނދުގެ 3 ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ވަނީ ނިންމާފައެވެ.