20 May 2024
ރައީސީ އަވަހާރަވުމުން ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަނީ
އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި، ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
20 May 2024
އީރާންގެ ރައީސް އަވަހާރަވުމާއި ގުޅިގެން ރައީސް މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
އީރާންގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
19 May 2024
ރައީސް ޑރ.މުޢިއްޒުގެ ކާމިޔާބީގެ ސިއްރަކީ އެ މަނިކުފާނުގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަން: އަބްދުއްރަޙީމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކާމިޔާބުގެ އެންމެ ބޮޑު ސިއްރަކީ އެ މަނިކުފާނުގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަން ކަމުގައި ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
19 May 2024
އީރާނުގެ ރައީސް ރައީސީ ގޮވައިގެން ދަތުރުކުރި ހެލިކޮޕްޓަރު ކުއްލި ހާލަތުގައި ލޭންޑްކޮށްފި
ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރަމުން ދިޔަ ހެލިކޮޕްޓަރު ވަނީ ލޭންޑު ކުރުމުގެ ތެރޭގައި އެކްސިޑެންޓަކާ ދިމާވެފައެވެ. އެ ހެލިކޮޕްޓަރުގައި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުﷲ ވެސް ދަތުރުކުރައްވަމުން ގެންދެވިއެވެ.
19 May 2024
ކުރެންދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޝާމިންވެސް ޕީއެންސީއަށް
ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާއަށް އިންތިޚާބުވި މެންބަރު ޝާމިން ހަބީބުވެސް މިއަދު ޕީއެންސީއަށް ސޮއި ކުރައްވައިފި އެވެ.
19 May 2024
މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަނީ!
ގދ.އަތޮޅުގައި އޮންނަ ރަަފެލްސް މޯޯލްޑިވްސް ރިސޯޓް އިން މިއަދު ހެނދުނު ކަޔަކްގައި މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
19 May 2024
ތިލަފުށީ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މައިލްސްޓޯން 1 ފުރިހަމަކޮށްފި
މިއަދު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަ ކުރެއްވި ގޮތުގައި ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމާއި ގޮނޑުދޮށް ރައްކާތެރިކުރުމުގެ މަޝްރޫއުގެ ގިނަ މަސައްކަތްތަކެއް ނިމި، ތަރައްގީކުރުމުގެ ފިޔަވަހިތަކުގެ ތެރެއިން ފުރަތަމަ މައިލްސްޓޯން ފުރިހަމަވެފައިވާ ކަމަށެވެ.
19 May 2024
"ކުރަނގި"ގެ ދަށުން މިހާތަނަށް 705 ބިދޭސީންގެ މައުލޫމާތު ނަގައިފި
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން ފެށި "އޮޕަރޭޝަން ކުރަނގި"ގެ ދަށުން މިހާތަނަށް 705 ބިދޭސީންގެ މައުލޫމާތު ނަގާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފިއެވެ.