22 May 2024
މުއްދަތު ހަމަވިއިރު މާލީ ބަޔާން ހުށަނާޅާ 182 ކެންޑިޑޭޓުން
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި 368 ކެންޑިޑޭޓުންގެ ތެރެއިން ރޭގެ ނިޔަލަށް މާލީ ބަޔާން ހުށަހެޅީ 186 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
21 May 2024
އާރްއޭސީއެލް އިން ކުރިއަށްގެންދާ މަޝްރޫޢުތައް އަވަސް ކުރުމަށް ކޮމެޓީއެއް!
ރީޖަނަލް އެއާޕޯޓްސް، އާރްއޭސީއެލް އިން ކުރިއަށްގެންދާ މަޝްރޫޢުތައް އަވަސް ކުރުމަށް ކޮމެޓީއެއް އެކުލަވާލައިފިއެވެ.
21 May 2024
އީރާނުގެ ރައީސް ފަސްދާނުލުމުގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު އާދަމް ޝަރީފް ފުރާވަޑައިގެންފި
އީރާނުގެ ރައީސާއި ޚާރިޖީ ވަޒީރު ފަސްދާނުލުމާއި، އީރާނުގެ ސަރުކާރާއި ރައްޔިތުންނަށް ތަޢުޒިޔާ ދެންނެވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގަތުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފު އުމަރު ފުރާ ވަޑައިގެންފިއެވެ.
21 May 2024
މިފްކޯގެ އެމްޑީ، ސަމާހު މަޤާމުން ވަކިކޮށްފި
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)އިން މިރޭ ބުނެފައިވަނީ މިފްކޯ ގެ ސީއީއޯ މަޤާމުގައި ހުންނެވި އަލްފާޟިލް އަހުމަދު ސަމާހު ރަޝީދު އެމަޤާމުންނާއި މިފްކޯގެ ބޯޑުގެ ޑިރެކްޓަރު ކަމުން މިއަދުންފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
21 May 2024
އިޖުތިމާއީ ޙަރަކާތްތަކަށް އެހީވާން ބީއެމްއެލް އިން ''ބޭންކް ފަންޑް'' ތަޢާރަފުކޮށްފި
އިޖުތިމާއީ ޙާރަކާތްތަކަށް އެހީވާން ބީއެމްއެލް އިން ''ބޭންކް ފަންޑް'' ތަޢާރަފުކޮށްފިއެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ތަޢާރަފުކުރި ބޭންކް ފަންޑަކީ ދެމެހެއްޓެނިވި އަދި އާ މަޝްރޫއުތަކެއްގެ ތެރެއިން ލޯކަލް އެންޖީއޯތައް މުޖުތަމައުގައި ބާރުވެރިކުރުވުމަށް ދޭން ނިންމާފަ ފަންޑެކެވެ.
21 May 2024
ބ. އަތޮޅުން މ. އަތޮޅަށް އޮރެންޖު ސަމާލު ނެރެފި
ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި ވައިގަދަވެ، ކަނޑު ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން މ.އަތޮޅަށް ރީނޑު ސަމާލު ނެރެފި އެވެ. ބ. އަތޮޅުން މ. އަތޮޅަށް އޮރެންޖު ސަމާލު ނެރެފައިވަނީ މިރޭ 20:30 އާ ހަމައަށެވެ.
21 May 2024
ބައިނަލްއަޤްވާމީ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް ފިޝަރީޒް މިނިސްޓްރީއިން ޚާއްސަ ހަރަކާތްތަކެއް ހިންގަނީ
މިއަދު މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބައިނަލްއަޤުވާމީ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން އެ ދުވަހާ ގުޅިގެން އެ ވުޒާރާއިން ގިނަ ހަރަކާތްތަކެއް ހިންގަން ރާވާފައިވާ ކަމުގައެވެ.
21 May 2024
ޖަމިއްޔާތަކުން އިޖްތިމާއީ ހަރަކާތްތައް ހިންގަން ފައިސާގެ އެހީ ދެނީ
މަދަނީ ޖަމިއްޔާތަކުން ހިންގާ އިޖްތިމާއީ މަޝްރޫތަކަށް ފައިސާގެ އެހީ ދޭން ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.