ހަބަރު
23 May 2024
ކުރުދީގެ ޢާއިލާ ، އައިއޭސީން ރާއްޖެ ގެނެސްފި
ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގައި މަސައްކަތް ކުރައްވާ ފަލަސްތީނުގެ ޕްރޮފެސަރ ޑރ. ހަސަން ކުރްދީގެ އާއިލާ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ އެހީގައި ރާއްޖެ ގެނެސްފިއެވެ.
23 May 2024
ފައިސަލް ކިޔައިދެއްވީ، އަބްދުއްރަހީމް ކުރެއްވި ދަތުރުފުޅު
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ މެންބަރު އަދި، ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރ އަބްދުއްރަހީމް އަބްދުالله ހަމަޖެއްސެވުމާއިއެކު ބައްޕާފުޅަށް މަރުހަބާ ދަންނަވައި، އެ މަގާމަށް ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅު، ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ކިޔައިދެއްވައިފިއެވެ.
22 May 2024
ޑެޕިއުޓީ މިނިސްޓަރު ވަޖުދީ ވެސް ސަސްޕެންޑް ކޮށްފި
ދިވެހި ލެންގްއޭޖް ކަލްޗާ އެންޑް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ސައީދު މޫސާ ވަޖުދީ ވެސް މަގާމުން އެކަހެރިކޮށް ސަސްޕެންޑް ކޮށްފިއެވެ.
22 May 2024
އެޗްޑީސީގެ ޗެއަރމަން، ޒުހޫރު މަޤާމުން ވަކިކޮށްފި
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)އިން މިރޭ ބުނެފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން  (އެޗްޑީސީ)ގެ ޗެއަރމަންގެ މަޤާމުގައި ހުންނެވި އަލްފާޟިލް އަހުމަދު ޒުހޫރު އެމަޤާމުން މިއަދުންފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. ޒުހޫރު އެ މަޤާމުން ވަކި ކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.
22 May 2024
މޫސުން ވަރަށް ގޯސް: ށ. އަތޮޅުން ފެށިގެން ފ. އަތޮޅަށް އޮރެންޖް ސަމާލު
ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި، މޫސުން އިތުރަށްވެސް ގޯސްވާނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފ. އަތޮޅަށް އޮރެންޖު ސަމާލު ނެރެފި އެވެ. މިރޭ ބ. އަތޮޅުން މ. އަތޮޅަށް އޮރެންޖު ސަމާލު ނެރެފައިވަނީ 19:30 އިން ފެށިގެން 22:30 އާ ހަމައަށެވެ.
22 May 2024
ސައިޓްތަކާއި އާންމުން ދިރިއުޅޭ ތަންތަނުގެ ރައްކާތެރިކަން ކަށަވަރު ކުރަން އެޗްޑީސީން އިލްތިމާސްކޮށްފި
އެޗްޑީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މި ދުވަސްވަރަކީ މޫސުން ގޯސް، ވިއްސާރަ އަދި ވައިގަދަ ދުވަސްވަރަކަށް ވާތީ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމުގެ ގޮތުން ހުޅުމާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓްތަކުގައި ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ހުރިހާ ކޮންޓްރެކްޓަރުންނަށާއި ޢާންމު ފަރާތްތަކަށްވެސް އިލްތިމާސްކުރާ ކަމަށެވެ.
22 May 2024
ޕީޖީ ލީޑަރަކަށް ފަލާހު، ސީނިއާ ޑެޕިއުޓީ އަކަށް ޝުޖާއު
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ ކޮންގްރެސްގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ) ގެ ލީޑަރު ކަމަށް އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ފަލާހު ހަމަޖައްސަވައި، ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ޝުޖާއު ހަމަޖެއްސުމަށް ނިންމައިފިއެވެ.
22 May 2024
މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފި
މޯލްޑިވްސް ޒަކާތު ހައުސް އިން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފިއެވެ.