ހަބަރު
18 Jul 2024
ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ހިންގަމުންދިޔަ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނެއް އިމިގްރޭޝަނުން ބަލައި ފާސްކޮށްފި
ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ހިންގަމުންދިޔަ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނެއް އިމިގްރޭޝަނުން ބަލައި ފާސްކޮށްފިއެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށެވެ.
18 Jul 2024
ޔޫއެންއޯޑީސީން ދިވެހި ފުލުހުންނަށް އެޑްވާންސްޑް ޑްރޯންތަކެއް ހަދިޔާކޮށްފި
އ.ދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ފަރާތުން ދިވެހި ފުލުހުންނަށް އެޑްވާންސްޑް އަންޑަވޯޓަރ އަދި އޭރިއަލް ޑްރޯންތަކެއް ހަދިޔާކޮށްފިއެވެ.
18 Jul 2024
ޓްރެފިކްގެ މައްސަލަ ޙައްލުކުރުމަށް ހުޅުމާލޭގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ
އެޗްޑީސީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައި ވަނީ ޓްރެފިކް މައްސަލަތައް ހައްލުކޮށް، ހުޅުމާލޭގެ މަގުމަތަކަކީ އެކްސިޑެންޓް މަދު ރައްކާތެރިތަނަކަށް ހެދުމަށް ކަމަށެވެ.
18 Jul 2024
ނަރުދަމާ ސްޓޭޝަންތަކުން ވަސްދުވުން ހުއްޓުވަން ޒަމާނީ ވަސީލަތްތައް ބޭނުންކުރަނީ
އެމްޑަބްލިއުއެސްސީގެ ނަރުދަމާ ޕަމްޕް ސްޓޭޝަންތަކުން ވަސްދުވުން ހުއްޓުވަން ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ފަށައިފި އެވެ.
18 Jul 2024
މެމްބަރުންގެ މާލީ ބަޔާންތައް ހުށަހަޅާ މުއްދަތު އަވަސްކުރަން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭ މުއްދަތު އަވަސްކުރުމަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.
18 Jul 2024
"ދައުލަތުގެ ރައްކާތެރިކަމުން ހަވާސާވެފައިވާ ފަރާތްތަކެއް ދެނެގަނެވިއްޖެ"
ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ހަވާސާވެފައި ތިބި ފަރާތްތަކެއް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ހާލު ކިހިނެއް ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވިފައިވާކަމަށް އެ ވުޒާރާގެ ނައިބު ވަޒީރު މަރިޔަމް ލަހުފާ ޚަލީލް ވިދާޅުވެއްޖެއެވެ.
18 Jul 2024
ހުއްދަ ނެތި އޮންލައިން ކޯސްތައް ހިންގާނަމަ ފިޔަވަޅު އަޅާނެ: އެމްކިޔުއޭ
ހުއްދަ ނެތި އޮންލައިން ކޯސްތައް ހިންގާނަމަ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ބުނެފިއެވެ.
18 Jul 2024
ބޮޑުބެރަކީ ޙަރާމް އެއްޗެއް؛ ޝައިޚް ޢަބްދުالله
ބޮޑުބެރު ޖެހުމަކީ ނުވަތަ ކުޅުމަކީ އެއީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް ކަމެއް ކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުالله ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.