ހަބަރު
01 May 2024
މަސައްކަތްތެރިންގެ ހިތްވަރަކީ އަޅުގަނޑުމެންގެ ކާމިޔާބީގެ ބިންގާ - މިފްކޯގެ ސީއީއޯ އަހްމަދު ޝަމާހު
ބައިނަލްއަޤަވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމާހު ވަނީ އެ ކުންފުނީގެ މަސައްކަތްތެރިންގެ ބުރަ މަސައްކަތާއި، ޚިދުމަތްތެރިކަމާއި، ޙިއްޞާއަށް ޝުކުރު ދަންނަވާފައެވެ. އަދި އެ ބޭފުޅުންގެ މަސައްކަތަކީ ކުންފުނީގެ ކާމިޔާބީގެ ބިންގާކަމަށެވެ.
01 May 2024
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް 24 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު 100،000 ރުފިޔާ އިން ޖޫރިމަނާކޮށް 24 އަހަރާއި 11 މަހާއި 13 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ގދ. ފިޔޯރީ/ ގަދަކޯޅީމާގެ، އަހުޒަރު އަހުމަދެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މ. ސެސްނާ/ ފަސްވަނަ ފަންގިފިލާގެ އެޕާޓްމަންޓްގައި މަސްތުވާތަކެތި ރައްކާކޮށް ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 8 ވަނަ ދުވަހު އެވެ.
01 May 2024
ށ. ފުނަދޫ އާއި ޅައިމަގުގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާލައިފި
ށ. ފުނަދޫގައި އާއި ށ. ޅައިމަގުގެ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ނިންމާ ކޮމިޝަން ކޮށްފިއެެވެ.
01 May 2024
ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން 48 ގަޑިއިރުތެރޭ ޑީޕޯޓް ކޮށްލަނީ
ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރި ކުރަމުން ގެންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް އެފަދަ ބޭރު މީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓް ކުރަން މިހާރު ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
01 May 2024
"ސިވިލް ސާވިސް މުއައްޒަފުންގެ އުޖޫރައިގެ ހަމަހަމަކަން ގާއިމުކުރަންޖެހޭ"
ސިވިލް ސާވިސް މުއައްޒަފުންގެ އުޖޫރައިގެ ހަމަހަމަކަން ވީހާވެސް އަވަހަށް ގާއިމުކުރަންޖެހޭކަމަށް އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވެއްޖެއެވެ.
01 May 2024
އެމްވީ ކޯލް ގާލްސްގެ ނަމުގައި ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލް ސީޒް ކޮށްފި
އެމްވީ ކޯލް ގާލްސް" ގެ ނަމުގައި ހިންގަމުން ދިޔަ ޓެލެގްރާމް ޗެނަލެއް ފުލުހުން އަތުލައިގެންފިއެވެ.
01 May 2024
މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީ ދެމިއޮންނާނެ: ރައީސް ޞާލިހު
މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރު ކުރުމުގައި އެމްޑީޕީން ދެމިތިބޭނެކަމަށް އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.
01 May 2024
ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދީ ޢިނާޔަތްތައް އިތުރުކޮށްދޭން ފަށައިފިން: ރައީސް މުޢިއްޒު
ސަރުކާރުގެ އެކި ޚިދުމަތްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ ޢިނާޔަތްތައް އިތުރުކޮށްދޭން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
01 May 2024
ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ޗެއާޕާސަންކަމަށް ކުރީގެ ނައިބު ރައީސް ޖިހާދު އައްޔަނުކުރައްވައިފި
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ)ގެ ޗެއާޕާސަންގެ މަޤާމަށް، ކުރީގެ ނައިބުރައީސް ޢަބްދުﷲ ޖިހާދު އައްޔަންކުރައްވައިފިއެވެ. އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމްއައިއެފްއެސްއޭ ގެ ގަވަނިން ބޯޑް އެކުލަވާލައްވާ ޗެއާ ޕާސަންއަކަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އައްޔަނުކުރައްވާފައި ވާކަމަށެވެ. އަދި ވަޒީރު ވަނީ ޖިހާދަށް މަރުހަބާ ވިދާޅުވެ، ރާއްޖޭގެ މާލީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ރައީސް ކުރައްވާ ތަސައްވަރު، ފުއްދަވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ވިދާޅުވެފައެވެ.
01 May 2024
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.