ހަބަރު
01 May 2024
މީޑިޔާތަކަށް އިންޒާރުދޭ މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި
ކާކުކަން ދެނެނުގަނެވޭގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގެ ބައެއް މީޑިއާތަކަށް އިންޒާރުދެމުންދާތީ، ދިވެހި ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ދިވެހި މީޑިއާތަކާއި ނޫސްވެރީންގެ ޙިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށާ މީޑިއާތަކަށް އަރުވާކަމަށެވެ.
30 Apr 2024
ޙައްޖު ދަތުރުތަކުގެ ޚަރަދުކުޑަކުރުމަށް ޙައްޖު ކޯޕަރޭޝަން ރިއަލް އެސްޓޭޓަށް
މިއަދު ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޙައްޖު ފަންޑުގެ ނަމުގައި ޚާއްސަ ފަންޑެއް ގާއިމްކޮށް ޙައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.
30 Apr 2024
އއ. ހިމަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ފަށަނީ
މިއަދު އެމްޓީސީސީއިން ހާމަ ކުރެއްވި ގޮތުގައި އއ. ހިމަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން މަސައްކަތަށް ބޭނުންވާ ސާމާނު މިއަދު ވަނީ މަސައްކަތް ކުރާ ތަނަށް ގެންގޮސްފައެވެ.
30 Apr 2024
ތިން ރަށެއްގެ ކައުންސިލްތަކުގެ ހުސްވެފައިވާ ގޮނޑިތަކަށް ކުރިމަތިލާން ހުޅުވާލައިފި
ތިން ރަށެއްގެ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އެގޮތުން ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ކުޑަހުވަދޫ ކައުންސިލްގެ ރައީސްގެ މަޤާމަށާއި ގަމު ކައުންސިލްގެ މެންބަރުގެ ގޮނޑިއަށް އަދި މުލަކު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި އަށެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިގޮތުގައި މި ތިން ގޮނޑި ހުސްވެފައިވާތީ އެ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބައި އިލެކްޝަން ބާއްވާނީ ޖޫން 15 ގައެވެ.
30 Apr 2024
ފުލުހުންގެ ތަހުގީގަށް 2 ބިދޭސީ އަކު ހޯދަނީ
ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން 2 ބިދޭސީ އަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.
30 Apr 2024
ތުރުކީގެ އަސްކަރީ ބޯޓެއް ރާއްޖެއަށް
އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ، ދިވެހި ރާއްޖެއާ ތުރުކީއާ ދެމެދު ގުޅުން ހަރުދަނާކޮށް އެއްބާރުލުން އިތުރުކުރަމަށް، ހެޔޮއެދުމުގެ ދަތުރެއްގައި ތުރުކީގެ ކަނޑުމަތީ ސިފައިންގެ ބޯޓު ޓީ.ސީ.ޖީ ކިނާލިއަޑާއަށް ރާއްްޖެއިން ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ.
30 Apr 2024
އޮންލައިން ޕޯޓަލްމެދުވެރިކޮށް ވިނަރެސް ގަތުމަށް ހުށަހެޅި ފޯމްތައް ބާތިލްކޮށްފި
އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ފޯމްތައް ބާތިލް ކޮށްފިއެވެ.
30 Apr 2024
ތުލުސްދޫއަށް ދިޔަ އިޒުރޭލް ޕާސްޕޯޓް އޮތް މީހަކު އެރަށުން ބޭރު ކޮށްލައިފި
ތުލުސްދޫގައި ޗުއްޓީ ހޭދަކުރަމުން އައި އިސްރާއީލުގެ ޕާސްޕޯޓް އޮތް އަންހެން ފަތުރުވެރިއަކު އެރަށުން ބާލއިފިއެވެ.
30 Apr 2024
65 އަހަރުން މަތީ މީހުންނަށް މުއްދަތު ހަަމަ ނުވާ އައިޑީ ކާޑެއް
އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑު މުއްދަތު ހަމަނުވާނެ ގޮތަށް ބަދަލުކުރުމުގެ ކެބިނެޓަށް ހުށަހަޅާފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އިން މިއަދު ބުނެފި އެވެ.
30 Apr 2024
މި އަހަރު ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފަށަނީ
މި އަހަރުގެ ތެރޭގައި ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފެށިގެން ދާނެ ކަމަށް ސިއްޙަތާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ ޙަލީލް ވިދާޅުވެއްޖެއެވެ.