18 Jun 2024
މުއްދަތު ހަމަވީއިރު ނުނަގާހުރި ހަޓުތައް އެޗްޑީސީން ނަގަން ފަށައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ސަރަހައްދުގައި ހުރި ހަޓުތައް އެޗްޑީސީން ނަގަން ފަށައިފިއެވެ. އެއެޗްޑީސީން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހަޓުތައް ނެގުމަށް މުއްދަތު ދިން ނަމަވެސް، މުއްދަތު ހަމަވި އިރުވެސް ގިނަ ހަޓުތައް ނަގާފައި ނުވާކަން އެޗްޑީސީން ވަނީ ފާހަގަކުރައްވާފައެވެ.
18 Jun 2024
ބިދޭސީން ރަށްރަށުގައި މަސައްކަތްކުރަން ހޯދަންޖެހޭ ޕާމިޓަށް އިތުރު ޚަރަދެއް ކުރާކަށް ނުޖެހޭނެ: ވަޒީރު އިހުސާން
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އިހްސާން ވިދާޅުވީ، ރާއްޖޭގައި މަސައްކަތްކުރަން ދޭ ވަރކްޕާމިޓުގެ އިތުރުން، އެމީހަކު މަސައްކަތް ކުރާ ރަށަކުންވެސް ހޯދަން ޖެހޭ ޕާމިޓަށް އިތުރު ފީއެއް ނަގަން މަޝްވަރާކޮށްފައި ނުވާކަމަށެވެ.
18 Jun 2024
ކެނެބިސް ޓްރެފިކް ކުރި މީހަކަށް 25 އަހަރުގެ ޖަލު ހުކުމެއް
މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ގިނަ އަދަދަކަށް ޓްރެފިކް ކުރި މީހަކަށް 25 އަހަރުގެ ޖަލު ހުކުމަކާއިއެކު އެއްލައްކަ ރުފިޔާގެ ޖޫރިމަނާ އެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
18 Jun 2024
ޝައިޠާނުންގެ ސިފަ ޖައްސައިގެން ތިބެ ޢީދު ފާހަގަކުރުން ހުއްދައެއް ނުވާނެ
ޖިންނި ޝައިޠާނުންގެ ސިފަ ޖައްސައިގެން ތިބެ މާތްވެގެންވާ އިސްލާމީ ޢީދު ފާހަގަކުރުން ޝަރުޢީ ގޮތުން ހުއްދައެއް ނުވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
18 Jun 2024
ޖިންނި ޝައިޠާނުންގެ ސިފަ ޖައްސައިގެން ޢީދު ފާހަގަކުރުން ހުއްދަ ނުވާނެކަމަށް ޑރ.ޝަހީމް ވިދާޅުވެއްޖެ
ޖިންނި ޝައިޠާނުންގެ ސިފަ ޖައްސައިގެން ތިބެ ޢީދު ފާހަގަކުރުން ޝަރުޢީ ގޮތުން ހުއްދަ ނުވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ. ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ސަޤާފަތުގެ ނަމުގައި ޚުރާފީ ކަންކަން ދިރުވުމަކީ ހަމަޖެހޭ ކަމެއްނޫން ކަމަށެވެ.
18 Jun 2024
ފުޅަނދުތައް ދެކެނީ ބިނާކުރުވަނިވި ފާޑުކިޔުތަކެއްގެ ގޮތުގައި: ޝިޔާމް
ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ހަނދާންކޮށްދޭ ފުޅަނދުތައް ދެކިލައްވަނީ ބިނާކުރުވަނިވި ފާޑުކިޔުތަކެއްގެ ގޮތުގައިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
18 Jun 2024
6 ސިޔާސީ ޕާޓީއަކަށް އީސީން ފައިސާ ދޫކޮށްފި
ޝަރުތު ހަމަވާ 6 ސިޔާސީ ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފައިސާ ދޫކޮށްފިއެވެ.
18 Jun 2024
އަހަރުގެ މިހާތަނަށް ދައުލަތަށް މުދަލު ޒަކާތުގެގޮތުގައި 46.4 މިލިއަން ރުފިޔާ
އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެގޮތުގައި ދައުލަތަަށް 46.4 މިލިއަން ރުފިޔާ ލިބިއްޖެއެވެ.