ހަބަރު
19 Jun 2024
ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި ލިބެންޖެހޭ 1.54 މިލިއަން ރުފިޔާ ނުލިބޭ: މީރާ
މީރާއިން، މިދިޔަ އަހަރުގެ މާލީ ރިޕޯޓު ހާމަ ކޮށްފައިވާއިރު، މާލީ ރިޕޯޓުން ހާމަ ވިގޮތުގައި، 2023 ވަނަ އަހަރުގެ މެއި މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް، ޕްލާސްޓިކް ކޮތަޅު ފީ ގެ ގޮތުގައި ލިބިފައިވަނީ 8.65 މިލިއަން ރުފިޔާއެވެ. އަދި ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ލިބެން ޖެހޭ ކަމަށް ރިޕޯޓުކޮށްފައިވާ 317 ފަރާތަކުން 1.54 މިލިއަން ރުފިޔާ ނުދައްކާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
19 Jun 2024
މުލީ އެއާޕޯޓަށް ބޭނުންވާ މުވައްޒަފުން ހޯދަނީ
ދައުލަތުގެ މީޑިޔާ، ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވީ މުލީ އެއާޕޯޓަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
19 Jun 2024
އޮސްޓްރޭލިއާގެ އިދިކޮޅު ޕާޓީގެ އަހަރީ ކޮންފަރެންސްގައި ބައިވެރިވުމަށް ފައްޔާޒު އޮސްޓްރޭލިއާއަށް ވަޑައިގެންފި
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އޮސްރޭލިއާއަށް ވަޑައިގެންނެވީ، އޮސްޓްރޭލިއާގެ ކުރީގެ އިކޮނޮމިކް މިނިސްޓަރުގެ އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން (އައިޑީޔޫ) ގެ ސިސްޓާ ޕާޓީ، ލިބަރަލް ޕާޓީގެ އަހަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ލިބިވަޑައިގަތް ދައުވަތަކަށެވެ.
19 Jun 2024
ތިލަމާލެ ބްރިޖު މަރާމާތު ކުރުމުގައި އުޅެނިކޮށް ނިޔާވި މީހާގެ މަރުގެ މައްސަލަ ތަޙްޤީގު ކުރަނީ
ތިލަމާލެ ބްރިޖު މަރާމާތު ކުރުމުގައި އުޅެނިކޮށް ނިޔާވި މީހާގެ މަރުގެ މައްސަލަ ތަޙްޤީގު ކުރަމުން ދާކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަ ކުރައްވައިފިއެވެ.
19 Jun 2024
ކުށްކުރުން އިތުރުވީ ކުށްވެރިން މުޖުތަމައުއަށް ދޫކޮށްލުމުން: ޝިފާން
ފަހަކަށް އައިސް މުޖުތަމައުގައި ކުށްކުރުން އިތުރުވެފައިވަނީ އެއްވެސް ހަމައެއް ނެތި ކުށްވެރިން މުޖުތަމައުއަށް ދޫކޮށްލުމުން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަރުޖަމާނު އަދި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވެއްޖެއެވެ.
19 Jun 2024
ޢަބްދުލްޙަންނާން އަވަހާރަވުމާއި ގުޅިގެން ރައީސް މުޢިއްޒުގެ ތައުޒިޔާ ޢާއިލާއަށް
ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ 10 އަހަރު ޕަބްލިކް ސޭފްޓީ މިނިސްޓަރ ކަމުގެ މަޤާމުގައި ދައުލަތަށް ޚިދުމަތްކުރައްވައި، ސުމުއްވުލްއަމީރް ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
19 Jun 2024
"އުފާވެރި ރާސްތާ" ޕްރޮގްރާމް ފަށައިފި
ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި އިސްރަށްވެހީންނަށް ހާއްސަކޮށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން "އުފާވެރި ރާސްތާ" ޕްރޮގްރާމް ފަށައިފިއެވެ.
19 Jun 2024
"ސޮރީ ބޯއީސް" ފަޅާލައިފި; ވަގަށްނެގި ތަކެތި ހޯދައިފި
“ސޮރީ ބޯއިސް” ބިއްލޫރިގަނޑު ތަޅާލައި ވަގަށް ގެންދިޔަ ތަކެތި ފުލުހުން ހޯދައިފިއެވެ.