ހަބަރު
30 Apr 2024
ފުލުހުންގެ ކަސްޓޯޑިއަލްގައި ކުޑަކުއްޖެއްގެ ކޭސްއެއް މިހާރު ނޯންނާނެ: އިހުސާން
ފުލުހުންގެ ކަސްޓޯޑިއަލްގައި ނުނިމި އެއްވެސް ކުޑަކުއްޖެއްގެ ކޭސްއެއް މިހާރު ނޯންނާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
30 Apr 2024
ގެއްލިގެން ހޯދަމުންދިޔަ މީހާ ލޭންޑިންގ ކްރާފްޓުގެ ދަށުން ފެނިއްޖެ
ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި ލޭންޑިންގ ކްރާފްޓެ (ކޮޅުވެއްޓި) ބަންޑުން ޖަހާލައިގެން އޭގެން ގެއްލުނު މީހާގެ ހަށިގަނޑު އެ ކޮޅުވެއްޓީގެ ދަށުގައި ވަނިކޮށް ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިއްޖެއެވެ.
30 Apr 2024
ލޭންޑިންގ ކްރާފްޓެއްް ބަންޑުން ޖަހާލައި، އެކަކު ގެއްލިއްޖެ!
ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި އެކަކު ގެއްލިއްޖެއެވެ.
29 Apr 2024
މޯލްޑިވިއަންގެ ސީދާ ދަތުރުތައް ޗައިނާއާއި ޔޫރަޕަށް މިއަހަރު ފަހުކޮޅޮ ފަށަނީ
މިރޭ ބޭއްވި "އަހާ" ފޯރަމްގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު އަމީން ވިދާޅުވީ, ވައިޑް ބޮޑީ އެއާކްރާފްޓް ރާއްޖެ ގެނެސް، ރެޖިސްޓްރީ ބަދަލުކޮށް ކަންކަން ކުރުމަކީ ވަރަށް ވަގުތު ނަގާ ކަމެއް ނަމަވެސް މި އަހަރު އޮކްޓޯބަރު ނުވަތަ ނޮވެމްބަރު ތެރޭގައި ޗައިނާއާއި ޔޫރަޕަށް ދަތުރުތައް ފަށާނެ ކަމަށެވެ.
29 Apr 2024
ހުޅުމާލޭގައި ގުރޫޕް މާރާމާރީއެއް ހިންގާ ދެމީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެނީ
ހުޅުމާލޭ ފޭސް 1 ގައި ގްރޫޕް މާރާމާރީއެއް ހިންގައި ދެ މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މިމާރާމާރީ ހިންގާފައިވަނީ އިންޑިޔާގެ ބަޔަކާއި ދިވެހިންގެ ބަޔަކާ ދެމެދުއެވެ.
29 Apr 2024
ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ނިންމަވައިފި
ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
29 Apr 2024
ހުރިހާ ބިދޭސީންގެ ފޮޓޯއާއި ފިންގަރޕްރިންޓް ނެގުމުގެ ޢަމަލީ މަސައްކަތް އަންނަ މަހު ފަށަނީ
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ޢަމަލީ މަސައްކަތް އަންނަމަހު ފަށަން ހަމަޖެހިފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
29 Apr 2024
އުރީދޫ އިން ޓިކްޓޮކާއެކު ޕާޓްނާޝިޕެއްގައި ސޮއިކޮށްފި
އުރީދޫ އިން ޓިކްޓޮކާއެކު ޕާޓްނާޝިޕެއްގައި ސޮއިކޮށްފިއެވެ. އުރީދޫން ބުނިގޮތުގައި، ޗައިނާގެ ބައިޓްޑާންސް ކުންފުނިން ހިންގަމުން އަންނަ މީސްމީޑިޔާ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކާ އެކީ ހެދި ޕާޓްނަޝިޕްގެ ސަބަބުން އުރީދޫ ނެޓްވޯކުގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް މިހާރަށްވުރެ ހަލުވި ސްޕީޑެއްގައި ޓިކްޓޮކް ބޭނުންކޮށް، ސްޓްރީމް ކުރެވޭނެއެވެ. އަދި ޓިކްޓޮކުގައި ކޮންޓެންޓް އުފައްދާ ޝެއަރ ކުރުމަށް ފަސޭހަވެ، ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ އިތުރު ފުރުސަތުތައް ހުޅުވިގެން އަންނާނެ ކަމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ.