ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް
ހަބަރު
20 Jun 2024 | 16:13
ހައްޖުގެ އިންތިޒާމުތަކަށް ފާޑުކީ، އެދުނު ގޮތަށް ކޮރަޕްޝަނަށް މަގުފަހިވާހެން ކަންކަން ނުކުރުމުން: ޝަކީލް

ހައްޖުގެ އަޅުކަމުގައި ދިވެހި ހައްޖުވެރިންނަށް ހުރި އިންތިޒާމުތަކަށް ފާޑުކީ އޭނާ އެދުނު ގޮތަށް ކޮރަޕްޝަނަށް މަގުފަހިވާހެން ކަންކަން ނުކުރުމުން ކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް މިހެން ވިދާޅުވެފައިވަނީ، މިއަހަރު ހައްޖުގެ އަޅުކަށް ދިޔަ މުހައްމަދު ނިޒާމް ނަމަކަށް ކިޔާ މީހަކު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި، މިއަހަރު ހައްޖުގެ ކަންކަމުގައި މައްކާގައި ދިވެހިންނަށް ހަމަޖައްސާފައި އިންތިޒާމުތަކާ ގުޅޭ ގޮތުން ފާޑުކިއުންތައް އަމާޒުކޮށްފައި ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓަކަށް ކުރި ކޮމެންޓެއްގައެވެ. 

ނިޒާމް ގެ ޕޯސްޓުގައި އޭނާ ވަނީ ހައްޖުވެރިންގެ ކަންކަން ބަލަހައްޓާ ޓީމުގެ ކޮމާންޑުތަކާ ބައެއް ހައްޖުވެރިން ހިލާފުވުމުން ކޮންޓްރޯލު ގެއްލި ވަގުތު ބޭކާރުވި ކަމަށާ، ހައްޖަށްދާ މީހުންނަށް އެހީވުމަށް ހަމަޖައްސާފައި ތިބީ، ތަންދޮރު ނުދަންނަ އެހީތެރިން ކަމަށާއި، ހައްޖަށް ދިޔުމަށް ދެއްކި ފައިސާއާ އެއް ފެންވަރުގެ ހިދުމަތެއް ނުލިބުނު ކަމަށް ބުނެފައެވެ. 

އަދި މީގެ އިތުރުން، ހައްޖު ކޯޕަރޭޝަނުގެ ޓީމުން، އެ ކުންފުނި އިސްތިހާރުކުރުމަށް ސައުދީގެ ގަވައިދާ ހިލާފަށް އުޅޭކަމަށް ވެސް ތުހުމަތުކޮށްފައި ވެއެވެ. 

އެ ޕޯސްޓަށް ރައްދު ދެއްވަމުން ޝަކީލް ވިދާޅުވީ ނިޒާމްގެ ޝަކުވާތަކުގެ އަސްލަކީ އަމިއްލަ މަންފާއަށްޓަކައި، އޭނާ އެދެމުން އައި ގޮތަށް ކޮރަޕްޝަނަށް މަގުފަހިވާނޭހެން އެއްވެސް ކަމެއް އެ ކޯޕަރޭޝަނުން ހަމަޖައްސައި ނުދިނުން ކަމަށެވެ. 

އެގޮތުން، ނިޒާމްގެ ބައްޕަ ހައްޖަށް ދިއުމަށް ލިބުނު ފުރުސަތުގައި އެހީވުމަށް، އޭނާ އާއި އޭނާގެ އަންހެނުން ހައްޖަށް ދިއުމުގެ ފުރުސަތު އުސޫލުން ބޭރުން ހަމަޖައްސައިދިނުމަށް އޭނާ ހުށަހެޅި ކަމަށާ، ހައްޖު ކޯޕަރޭޝަނުން ހުޅުވާލި ބިޑަކަށް ކުރިމަތިލުމަށްޓަކާ ވެސް އޭނާ ގުޅި ކަމަށް ޝަކީލު ވިދާޅުވިއެވެ.

"މި ސަބަބާހުރެ ނިޒާމްގެ ބައްޕަގެ ބަދަލުގައި މި އަހަރު ހައްޖަށް އައިސް ހުރެ މެނޭޖްމަންޓަށް ކޮޕަރޭޝަންގެ އެކި ކަހަލަ ތުހުމަތުތަައް ކުރަމުންދާއިރު އަޅުގަނޑު އެދެނީ ނިޒާމް އަވަހަށް ތައުބާވެ ހަގީގަތާ ހިލާފް ވާހަކަ ދެއްކި ކަމަށްޓަކާ ރައްޔިތުންގެ ކިބައިން މައާފަށް އެދެން،" ޝަކީލް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.