ހަބަރު
24 Jun 2024
ލޯނު ނުނަގައި، ބޭރުގެ ދަރަނީގެ 2.7 ބިލިއަން ދެއްކިއްޖެ: ރައީސް މުޢިއްޒު
ބޮޑެތި އިންޓަރެސްޓް ރޭޓްގައި ލޯނު ނުނަގައި، ބޭރުގެ އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނީގެ 2.7 ބިލިއަން ރުފިޔާ، މިވީ 7 މަސް ދުވަހުގެ ތެރޭގައި ދައްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
23 Jun 2024
ޕީއެސްއައިޕީ ބަޖެޓް ގެ ދެބައިކުޅަ އެއްބައި ހޭދަކުރާނީ ގެދޮރު ބިނާކުރަން: ރައީސް ޑރ.މުޢިއްޒު
މި ސަރުކާރުން ރައްޔިތުންނަށް ވެފައި އޮތް ބޮޑު ވައުދު ފުއްދުމަށްޓަކައި އަންނަ އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓްގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް ހާއްސަ ކުރާ ފައިސާގެ ތެރެއިން 50 އިންސައްތަ ހޭދަކުރާނީ ގެދޮރު ބިނާ ކުރެއްވުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
23 Jun 2024
ޕީއެންސީއާ އަލަށް ގުޅުނު މެންބަރުންގެ ފޯމުތަކާ ރައީސް މުޢިއްޒު ހަވާލުވެވަޑައިގެންފި
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ އަލަށް ގުޅުނު މެންބަރުންގެ ފޯމުތަކާ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގެންފިއެވެ.
23 Jun 2024
މާލޭގެ މިސްކިތެއްގައި އަލިފާން ރޯކުރަން މަސައްކަތް ކޮށްފި
މިއަދު މާލެ ސިޓީ ކައުންސިލުން ހާމަ ކުރެއްވި ގޮތުގައި، ބަޔަކު ވަނީ ޖަމީލްދީދީ މިސްކިތުގެ ތަޅުގައި އަލިފާން ރޯކުރަން މަސައްކަތް ކޮށްފައެވެ. މި ކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ މިސްކިތްތަކުން ވައްކަންކޮށް ތަކެއްޗަށް ގެއްލުންދީ މިސްކިތުގެ ކަރާމާތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
23 Jun 2024
ޕީއެންސީ ހައުސް ރައީސް މުޢިއްޒު ހުޅުވައިދެއްވައިފި
ސަރުކާރު ހިންގާ މައި ޕާޓީ, ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ, ރައީސް ޑރ.މުޢިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
23 Jun 2024
އިންޑިއާއަށް ފުރި މޯލްޑިވިއަންގެ ބޯޓެއް އަނބުރައި ވީއައިއޭއަށް
ޓެކްނިކަލް މައްސަލައެއް ދިމާވެ އިންޑިއާއަށް ފުރި މޯލްޑިވިއަންގެ ބޯޓެއް އަނބުރައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ޖައްސައިފިއެވެ. މި ފްލައިޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ޓްރުވެންޑްރަމަށް ފުރި، ބޯޓެކެވެ. މޯލްޑިވިއަން އިން ބުނި ގޮތުގައި، އެ ފްލައިޓު އަނބުރައި ވީއައިއޭއަށް ޖެއްސީ ޓްރިވެންޑްރަމަށް ފުރިތާ ކުޑައިރުކޮޅެއް ފަހުންނެވެ.
23 Jun 2024
އައްޑޫ މަސްވެރިން ޑިމާންޑް ކުރަނީ 13 މިލިއަނެއްހާ ރުފިޔާއަށް
ފައިސާ ނުލިބިގެން އައްޑޫގައި މުޒާހަރާ ކުރަމުންދާ މަސްވެރިން ޑިމާންޑް ކުރަމުންދަނީ ގާތްގަނޑަކަށް 13 މިލިއަނެއްހާ ރުފިޔާ ދޭން ކަމަށާ އެއީ ބޮޑު އަދަދެއް ނޫން ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބުނެފިއެވެ.
23 Jun 2024
އައްޑޫ މަސް ފެކްޓްރީ އޮޕަރޭޝަނަށް ގެންނަން ހުރަސް އަޅާނަމަ ފިޔަވަޅު އަޅަނީ
އައްޑޫ ސިޓީގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސް އޮޕަރޭޝަނަށް ގެންނައުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާއިރު، އެ މަސައްކަތަށާއި ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާނަމަ ފިޔަވަޅު އަޅަން ނިންމައިފިއެވެ.