ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް
ހަބަރު
24 Jun 2024 | 11:32
މި ސަރުކާރުން، 933 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފި: ޝިޔާމް

ވެރިކަމާއި ހަވާލުވުމަށް ފަހު މިވީ މުއްދަތުގެ ތެރޭގައި މަސްވެރިންނަށް ޖުމްލަ 933 މިލިއަން ރުފިޔާ ދޫކޮށްފައިވާނެކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި 2020 ވަނަ އަހަރު މަސް ކިލޯއެއްގެ އަގު ހުރީ 16 ރުފިޔާގައި ކަމަށެވެ. އަދި އެދުވަސް ވަރަކީ ކޮވިޑްގެ ދުވަސް ވަރު ކަމަށާ، އޭރު ޚަރަދަށް ޒިންމާވާ ގާނޫނުގެ މާއްދާތައް ސަސްޕެންޑްކޮށް ފައިސާ ޗާޕްކުރަން އެ ސަރުކާރުން ފެށި ކަމަށާ، އެކަން ހުއްޓާލުމަށް އޭރުވެސް ޕީޕީއެމް/ޕީއެންސީން ގޮވާލިކަމަށް ޝިޔާމް ވިދާޅުވިއެވެ. 

ދިވެހިރާއްޖޭގެ މަސްވެރިން އަޑުއައްސަވާ، ވޭތުވެ ދިޔަ ސަރުކާރުގައި 2020 ވަނަ އަހަރުގެ މާޗު މަހު އޭރުގަ އަޅުގަނޑު ހަނދާންވާ ގޮތުން ހުރީ 16 ރުފިޔާއަށް މަސްކިލޯއެއްގެ އަގު.. ކަޅުބިލަ މަހުގެ ވާހަކަ އަޅުގަނޑު މި ދައްކަނީ.. އަޅުގަނޑު މަސްވެރިންނޭ، ދަންނަވައިރު މަސްވެރިންގެ އެބަތިބޭ ކަޅުބިލަ މަހުގެ މަސްވެރިންނާ، ކަންނެލި މަހުގެ މަސްވެރިންނާ.. 2022 ވަނަ އަހަރު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ގާތްގަނޑަކަށް އެއް އަހަރަށްވެފައި އޮއްވާ މަސް ކިލޯއެއްގެ 17 ރުފިޔާއަށް ހެދި.

އަހުމަދު ޝިޔާމް

ޝިޔާމް އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިހާބު ގާތްވުމުން، ވޯޓު ހޯދުމުގެ ނިޔަތުގައި އެމްޑީޕީން ކަޅުބިލަ މަހުގެ މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބަދަލު ގެނައުމަށް ފަހު އެ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެންމެ ރުފިޔާއެއް ވެސް މަސްވެރިންނަށް ދޫކޮށްފައި ނުވާކަމަށެވެ.

އޭގެ ސަބަބުން ރައީސް މުއިއްޒު ވެރިކަމާ ހަވާލުވާން ޖެހުނީ ރައްޔިތުންނަށް ދޭން ޖެހޭ އެތައް ފައިސާއަކައި 120 ބިލިއަންގެ ދަރަންޏާއި އެކުކަމަށާ، ރޯދަ މަސް ގާތްވެފައި ވާތީ، ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމަށް އޭރު ގިނަ މަސައްކަތްކޮށް 200 އަށް ވުރެ ގިނަ މިލިއަން ރުފިޔާ ދޫކުރެވުނުކަމަށް ޝިޔާމް ވަނީ ފާހަގަކުރެއްވި އެވެ.

މި ދެންނެވި ނުދެއްކި އޮތް ބެކްލޮގާއި އެކީގައި 279 މިލިއަން ރުފިޔާ، މިއަދާއި ހަމައަށް ސަބްސިޑީގެ ގޮތުގައި ދީފިން.. މުޅި ޖުމްލަ މަސްވެރިން މި ސަރުކާރު 17 ނޮވެމްބަރު 2023 އިން ފެށިގެން މިއަދާއި ހިސާބަށް މަސްވެރިން ބޭނި މަހަށް ތެލުގެ ސަބްސިޑީއާއި ތެލުގެ ސަބްސިޑީއާއި އެކީގައި 933 މިލިއަން ރުފިޔާ މަސްވެރިންނަށްދީ ހަލާސްކޮށްފި.. އަޅުގަނޑު މިހާވަހަކަ ދެއްކީމާ ބައެއް ބޭފުޅުން މި ވިދާޅުވަނީ އެއީ ތިމަންނާމެން، ބޭނި މަހަކަށް ނޫން ހެއްޔޭ ތި ފައިސާ ތި ދެނީ.. އެ ވާހަކަ ނުދައްކާށޭ.. މި ވާޙަކަ ދައްކަން ޖެހޭ.. މިއީ ރައްޔިތުންނަށް އެނގެން ޖެހޭ،، ދިވެހި ރައްޔިތުން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ ސަބްސިޑީގެ ގޮތުގައި ދޭ ގޮތް ރައްޔިތުންނަށް އެނގެން ޖެހޭ…

ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް

ޝިޔާމް ވިދާޅުވީ މިއީ ރައްޔިތުންނަށް އެނގެން ޖެހޭ އަދަދުތަކެއްކަމަށާއި، ރައްޔިތުންގެ ޓެކްސް ފައިސާ ސަބްސިޑީގެ ގޮތުގައި ހޭދަ ކުރާ ގޮތް އެ ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭކަމަށެވެ. 

އޭނާ އިތުރަށް ވިދާޅުވީ މަސްވެރިންނަކީ ސަބްސިޑީއާ ނުލައި މަސައްކަތް ކުރެވޭ ބަޔަކަށް ހަދާނެ ކަމަށެވެ. އަދި ސަރުކާރު މަސް ކުންފުނި މިފްކޯ އިތުރަށް ވަރުގަދަ ވެސް ކުރާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.
07 Oct 2026
މުޒާހަރާގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް ފަރުވާ ދެނީ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.