މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ
ހަބަރު
24 Jun 2024 | 11:13
މަސްވެރިންގެ ހައްގުގައި ކުއްލި މައްސަލަ ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެމްޑީޕީ މެންބަރު މަޖިލީހަށް ވަޑައިނުގެންނެވި!

އައްޑޫގެ ފިޝަރީސް ކޮމްލެކްސްގައި މަސްވެރިން ކުރަމުންދާ މުޒާރައާއި ގުޅުވައި، މަސްވެރިންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ގޮވާލައި މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވުމަށްފަހު، މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ޖަލްސާއަށް ހާޒިރުވެ ނެތުމުން މައްސަލަ ކުރިޔަށް ގެންދެވެން ނެތްކަން އިއުލާން ކޮށްފިއެވެ. 

މަސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް ދީ، ބާނާ މަހަށް ހަމަ އަގު ދިނުމަށް ގޮވާލައި އިއްޔެ އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ޕާޓީން ވަނީ ޕާޓީގެ ޕާލިމަންޓު ގުރޫޕު މެމްބަރުންގެ އަދަދު މަދު ނަމަވެސް މަޖިލިސް ތެރެއިން ކުރެވެން ހުރި މަސައްކަތައް ކުރާނެ ކަމަށް ބުނެފައެވެ.

އެގޮތުން އެކަމާއި ގުޅޭގޮތުން، މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅާނެ ކަމަށްވެސް އިއްޔެ އެމްޑީޕިން ވަނީ ބުނެފައެވެ.

އެ ކުއްލި މައްސަލަ މިއަދުގެ ޖަލްސާގެ އެންމެ ފުރަތަމަ މަސައްކަތަކަށް އެޖެންޑާވެސް ކޮށްފައި އޮތެވެ.

އެހެން ނަމަވެސް، މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި، އެޖެންޑާ ވިދާޅުވެދެއްވުމަށް ފަހު އަހުމަދު ދީދީއަށް ކުއްލި މައްސަލަ ހުށަހެޅުމަށް ފުރުސަތު ދެއްވިކަން ރިޔާސަތުން އިއުލާން ކުރެއްވިއިރު މައްސަލަ ހުށަހެޅުއްވި އަހުމަދު ދީދީ ޖަލްސާއަށް ހާޒިރުވެ ނެތުމުން މައްސަލައިގެން ކުރިޔަށް ދެވެން ނެތްކަން ރިޔާސަތުން ވަނީ އިއުލާން ކޮށްފައެވެ.

އެހެންކަމުން، މަޖިލީހުގައި ކުރިއަށް ގެންގޮސްފައިވަނީ، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް މަރުހަލާ އެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ މެންބަރުން ވަނީ، މަސްވެރިންގެ ހައްގުގައި ކުއްލި މައްސަލައެއް ހުށަހެޅުމަށް ފަހު ގަރާރެއް ވެސް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ހެލޯ ވޮއިސް
އިބްރާހިމް ދީދީ އަކީ ކާކު؟
24 Jun 2024
ގުޅޭ ލިޔުންތައް
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.
07 Oct 2026
މުޒާހަރާގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް ފަރުވާ ދެނީ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.