17 Jun 2024
ފެންބޮޑުވާ މައްސަލަ ހައްލުކުރަން އިއްޒުންދީން މަގު މަރާމާތުކުރަނީ
މިއަދު މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރާމާތުކުރުމުގެ ގޮތުން، މ. އިއްޒުއްދީންމަގު (ފަލާހުޕުރީސްކޫލް) ކުރިމަތި ރޫޅަމުންދާ ކަމަށެވެ.
17 Jun 2024
ޢީދުގައިވެސް ފަލަޞްޠީނުގެ ދިފާޢުގައި ނުކުމެ، ހިރިލަންދޫއިން ނަމޫނާ ދައްކައިފި
ހިރިލަންދޫ ރައްޔިތުން، އަޟްހާ އީދުގެ މުނާސަބަތުގައި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިޔުން މަޑުޖައްސާލައި، މިއަދު ވަނީ، ފަލަޞްޠީނުގައި ހިންގަމުންދާ ޤަޠުލުޢާންމާ ދެކޮޅަށް، އަޑުއުފުލާ، ހިނގާލުމެއް ބާއްވާފައެވެ. މި އިވެންޓުގައި ހިރިލަންދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވިއިރު، އެ އިވެންޓުގެ ތެރެއިން ފަލަސްތީނަށް އެހީވުމަށް ފައިސާ ހަނދިޔާކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އެ ގޮތުން މި ހަފްތާގެ ނިޔަލަށް ފައިސާއިންނާއި ޓްރާންސްފާކޮށްގެން ވެސް ފައިސާ ހަނދިޔާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
17 Jun 2024
ބިދޭސީން ރަށްރަށުގައި މަސައްކަތްކުރަން އެރަށަކުން އިތުރު ޕާމިޓެއް ހޯދަންޖެހޭ ގޮތް ހަދަނީ
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މަސައްކަތްކުރަށް ކޮންމެރަށަކުން އިތުރު ޕާމިޓެއް ހޯދަން ޖެހޭ ގޮތަށް ހަދާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
17 Jun 2024
ތިލަފުށީގައި ހުރި ގުދަނެއްގައި ރޯވި އަލިފާން، ތިލަފުށި ފަޔަރ ސްޓޭޝަނުން ނިއްވާލައިފި
މިއަދު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަ ކުރެއްވި ގޮތުގައި، ކ.ތިލަފުށީގައި ހުރި "ރާއްޖެ ލޮޖިސްޓިކްސް" ގުދަނުގައި އަލިފާން ރޯވިކަމަށް ރިޕޯޓުކޮށްފައިވަނީ މިއަދު 14:35 ހާއިރުއެވެ.
17 Jun 2024
ހޫނުގަދަވުމުގެ ސަބަބުން ޙައްޖުވެރިން ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފި
ސައުދީ ޢަރަބއްިޔާގެ ހެލްތު މިނިސްޓްރީގެ ރަސްމީ ތަރުޖަމާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ހޫނު ގަދަވުމުގެ ސަބަބުން ޖަމްރާތަކަށް ނުނިކުތުމަށާއި، ހެނދުނު 11 އިން ފެށިގެން ހަވީރު 4 ޖެހުމާ ހަމައަށް، އަތްވަށް ނުނިކުތުމަށް އިލްތިމާސް ކުރާކަމަށެވެ.
17 Jun 2024
ޒަކީ އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ.މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ
ދިވެހި ދައުލަތަށް 47 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މުޙައްމަދު ޒަކީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
17 Jun 2024
ނޮޅިވަރަމް ފުޓްސަލް ދަނޑުގައި އަލިފާން ރޯކޮށްލައިފި
ހދ. ނޮޅިވަރަމް ފުޓްސެލް ދަނޑުގައި ރޯކޮށްލައިފިއެވެ.
17 Jun 2024
މައުތު ވޮޝް އިން ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު!
ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު މައުތު ވޮޝް ބްރޭންޑެއް ކަމަށްވާ ލިސްޓަރިން ބްރޭންޑްގެ މައުތު ވޮޝް ކޮންމެ ދުވަހަކު ބޭނުންކުރާ ނަމަ، ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.