ހަބަރު
15 Jun 2024
ލޮރީއެއްގައި ގިނަ އަދަދެއްގެ ބިދޭސީން އުފުލި މައްސަލައެއް ތަޙްޤީގުކުރަނީ
މި މައްސަލައާ ގުޅިގެން، ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކާ އެކުގައި ސިނަމާލެ ބްރިޖުން ދަތުރު ކުރި ދެ އުޅަނދެއް ފުލުހުން ހުއްޓުވާފައިވާ ކަމަށާއި ދެ އުޅަނދު ދުއްވި ޑްރައިވަރުންގެ ލައިސަންސް ހިފަހައްޓާފައިވާކަމަށެވެ.
15 Jun 2024
ދީނީ އުސޫލުތަކާއި އެއްގޮތަށް އީދު ފާހަގަކުރަން މާރަންދޫ ކައުންސިލުން ހުރަސް އަޅައިފި
އިސްލާމް ދީނުގެ އުސޫލުތަކާއި އެއްގޮތަށް ހއ.މާރަނދޫގައި އަޟްހާ އީދު ފާހަގަކުރުމަށް އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ މާރަންދޫ ދަންމަރު (މާދަ) ޖަމިއްޔާ އިން މަސައްކަތްކުރުމުން، ރަށުގެ ކައުންސިލުން އެކަމަށް ހުރަސް އަޅައިފިއެވެ.
15 Jun 2024
ޓިޝޫ ކަމަށް ބުނެ ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރި މައްސަލައެއް
މިއަދު ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޮޅުވާލައިގެން ރާއްޖެ އތެރެ ކުރަން އުޅުނު ގިނަ އަދެއްގެ ސިނގިރޭޓު އަތުލައިގެންފައިވަނީ މި މަހުގެ 13 ވަނަ ދުވަހުކަމަށެވެ. އަތުލައިގަން ޝިޕްމަންޓަކީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު ރާއްޖެ ގެނައި ޝިޕްމަންޓެއް ކަމަށާއި، އެ ޝިޕްމަންޓްގައި ޑިކްލެއަރ ކޮށްފައިވަނީ 343 ކަރޓަން ޓިޝޫ ޕޭޕަރ ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. އަދި ކަސްޓަމްސްގެ ކަމާގުޅޭ އެކި ސެކްޝަންތައް ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނުގައި ޝިޕްމަންޓުގައި ހިމެނޭ މުދާ ބަލައި ފާސްކުރިއިރު 143 ކަރޓަންގެ ޓިޝޫއާއެކު 200 މާސްޓަރ ކަރޓަންގެ ސިނގިރޭޓުވެސް ފެނިފައިވާކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ. އަދި ޖުމްލަ އަތުލައިގަތް ސިނގިރޭޓުގެ އަދަދު 3،199،200 އަށް އަރާކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
15 Jun 2024
"އޮޕަރޭޝަން ކުރަނގި"ގެ ދަށުން 805 ބިދޭސީންގެ މައުލޫމާތު ނަގައިފި
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން ފެށި "އޮޕަރޭޝަން ކުރަނގި"ގެ ދަށުން މާފުށިން މިހާތަނަށް 805 ބިދޭސީންގެ މައުލޫމާތު ނަގާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
15 Jun 2024
އެސްޓީއޯގެ ހިއްސާއަަކަަށް 80ރ. ބަހަން ނިންމައިފި
މިއަދު އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި، 2023 ވަނަ އަހަރުގެ ފައިދާއިން، ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80.00ރ ބަހަން ހުށަހެޅުމަށް، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައި ކަމަށެވެ.
15 Jun 2024
އީދު ތެރޭގައި މާލެ ސިޓީ ބެލެހެއްޓުމަށް ކުރާ މަސައްކަތްތައް އިތުރުކޮށްފި
އަޟްހާ އީދު ބަންދުގައި މާލެ ސިޓީ ބެލެހެއްޓުމަށް ފުލުހުން ކުރާ މަސައްކަތްތައް އިތުރުކޮށްފިއެވެ.
15 Jun 2024
ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރަލާއިއެކު ދިވެއްސަކު ހައްޔަރުކޮށްފި
ކ.މާފުށި ބޭރުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރަލާއިއެކު ފުލުހުން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
15 Jun 2024
ކުޑަހުވަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ޕީއެންސީއަށް
ދ.ކުޑަހުވަދޫ ކައުންސިލުގެ ރައީސް އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން، ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ކެނޑިޑޭޓް ޖާދުﷲ ހަމީދު ކާމިޔާބު ކުރައްވައިފިއެވެ.