ހަބަރު
24 Apr 2024
އެސްއީޒެޑްގެ ފުރަތަމަ ހުއްދަ: މާލޭ ސަރަހައްދުގައި ފްލޯޓިން ސޯލާ ނިޒާމެއް ޤާއިމުކުރަނީ
މާލޭ ސަރަހައްދުގައި ފްލޯޓިން ސޯލާ ނިޒާމެއް ޤާއިމުކުރުމަށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ޤާނޫނުގެ ދަށުން ދޫކުރާ ފުރަތަމަ ހުއްދަ ދޫކޮށްފިއެވެ. އިއާދަކުރަނިވި ހަކަތައުފެއްދުމުގެ މަޤުސަދުގައި ހިންގާ މި ބިޔަ މަޝްރޫޢު ދަށުން މާލޭ ސަރަހައްދުގައި 150 މެގަވޮލްޓްގެ ފްލޯޓިން ފޮޓޯ ވޯލްޓިކް (ޕީވީ) އިންޖީނުގެއެއް އަޅާ ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތްތައްވެސް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Apr 2024
މާޗު މަހު 4.4 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކުރި
މިދިޔަ މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބު ދައްކައިފިއެވެ. ކަސްޓަމްސްގެ ތަފާސްހިސާބު ދައްކާގޮތުގައި މިދިޔަ މާޗު މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު މިދިޔަ އަހަރުގެ މާޗުމަހާ އަޅާބަލާއިރު މިއީ 4 އިންސައްތަ އިތުރު ޢަދަދެކެވެ.
24 Apr 2024
ނިއުޕޯޓު ހިންގި ތަން އަތުލާފައިވަނީ ރަނގަޅަށް: ހުކުމް
ލޮނުޒިޔާރަތްކޮޅުގައި ހަދާފައިވާ ނިއުޕޯޓު ހިންގި ތަން ސަރުކާރުން އަތުލާފައިވަނީ ރަނގަޅަކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
24 Apr 2024
ޣައްޒާއިން ފެނުނު ކަށްވަޅުތައް ތަޙުޤީގު ކުރަން އ.ދ. އިން ގޮވާލައިފި
ޣައްޒާއިން ފެނުނު ކަށްވަޅުތައް ތަޙުޤީގު ކުރަން އދ. އިން ގޮވާލައިފިއެވެ. އަދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ އޮފީހުން އިއްޔެ ގޮވާލާފައިވަނީ، ޣައްޒާއިން ފެނުނު އެތައް ބަޔަކު ވަޅުލާފައި ހުރި ބޮޑެތި ވަޅުގަނޑުތަކާބެހޭ ގޮތުން މިނިވަން ތަޙްޤީގެއް ކުރުމަށެވެ. މިދިޔަ ދެ ހަފްތާ ތެރޭގައި ޣައްޒާގެ ބޮޑު ދެ ހޮސްޕިޓަލެއް ކައިރިން ކަށްވަޅުތަކެއް ފެނިފައިވާއިރު އެ ވަޅުގަނޑުތަކުން ފެނުނު ގިނަ މީހުންނަކީ ކޮންބައެއް ކަމެއް އަދިވެސް ނުހޯދެއެވެ.
24 Apr 2024
ހުޅުމާލޭގައި ވެއާހައުސިންގ ކޮމްޕްލެކްސް އެއް އިމާރާތްކުރަނީ
ޒަމާނީ ވަސީލަތްތަކާއި އެކު ހުޅުމާލޭގައި ފެންވަރު ރަނގަޅު ވެއާހައުސިންގ ކޮމްޕްލެކްސް އެއް އިމާރާތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
24 Apr 2024
އަލަށް އިމާރާތްކުރާ މިސްކިތްތަކުގެ ޑިޒައިންތައް ދައްކާލައިފި
ރ. އަލިފުއްޓާއި، އައްޑޫ ސިޓީގެ އިތުރުން ހުޅުމާލެ ފޭސް 2ގައި އަލަށް އިމާރާތްކުރާ ތިން މިސްކިތުގެ ޑިޒައިން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ދައްކަވާލައްވައިފިއެވެ.
24 Apr 2024
ކުރީގެ މެމްބަރުންނަށް ދޭ އެލަވަންސް އުވާލަން ގޮވާލަނީ!
ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން މެމްބަރުންކަން އަދާކުރެއްވި ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް އުވާލުމަށް ގޮވާލާ އަޑު ގަދަވެއްޖެއެވެ.
24 Apr 2024
އަމިއްލަ ގޮތުން އިންތިހާބުވި ގިނަ މެމްބަރުންތަކެއް ޕީއެންސީ އަށް!
މިދިޔަ އާދިއްތަ ދުވަހު އޮތް މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި، ގޮނޑި ކާމިޔާބު ކުރެއްވި ގިނަ ބޭފުޅުންތަކެއް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީ އާއި ގުޅިވަޑައިގެންފިއެވެ.
24 Apr 2024
މިފްކޯ ގެ ސީއީއޯ ޝަމާހުގެ ސަސްޕެންޝަން އުވާލައިފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދުގެ ސަސްޕެންޝަން އުވާލައިފިއެވެ.
24 Apr 2024
އަމިއްލަ ގޮތުން ނައިފަރު ދާއިރާއަށް އިންތިހާބުވި ޔާސީން ޕީއެންސީއަށް
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ނައިފަރު ދާއިރާއަށް ވާދަކުރައްވާ، އިންތިޚާބު ކާމިޔާބު ކުރެއްވި، ޔާސީން އަބްދުﷲ މިއަދު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އަށް ސޮއިކުރައްވައިފިއެވެ.