ހަބަރު
11 Jun 2024
ދެ ފުލުހަކަށް ހަމަލާ ދިން އަންހެނެއްގެ ބަންދަށް 10 ދުވަސް
ފުލުހުން ހާމަ ކުރި ގޮތުގައި، ދެ ފުލުހަކަށް ހަމަލާ ދީ މާރާމާރީ ހިންގުމުން، 45 އަހަރުގެ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ މެދު ގޮތެއް ނިންމުމަށް ކޯޓަށް މައްސަލަ ހުށަހެޅުމުން، މިހާރު އެ އަންހެން މީހާގެ ބަންދަށް ވަނީ، ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހާފައެވެ.
11 Jun 2024
ކުޑަކުދިން ދުންފަތުގެ އިސްތިޢުމާލުކުރުމުން ސަލާމާތްކުރުމަށް ކެމްޕެއިނެއް އިފުތިތާހުކޮށްފި
ކުޑަކުދިން ދުންފަތުގެ އިސްތިޢުމާލުކުރުމުން ސަލާމާތްކުރުމަށް "ދަފަރާ" ގެ ނަމުގައި ކެމްޕެއިނެއް އިފުތިތާހުކޮށްފިއެވެ.
11 Jun 2024
ތައިލޭންޑުން ބޭސް އެތެރެކުރުމުގައި ސަމާލުވާން އިލްތިމާސް ކޮށްފި
އެމްއެފްޑީއޭއިން މިއަދު ބުނެފައި ވަނީ ތައިލެންޑުގެ ބޭސް އުފައްދާ އަންނަ ކުންފުންޏެއް ކަމަށްވާ 'ސެވަން ސްޓާސް ފާމަކިއުޓިކަލް' އިން ބޭސް އުފެއްދުމަށް ބޭނުންކޮށްފައިވާ ސޯބިޓަލް (އެކްސްޕިއެންޓެއް)ގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިގެންވާ ކަމަށެވެ.
11 Jun 2024
ޕައިލެޓުކަން ކިޔަވަން ދޫކުރާ ލޯނުގެ ޖާގައިގެ އަދަދު މަދުކޮށްފި
މިއަދު ނަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލީ ދަރިވަރުންގެ ތެރެއިން ޕައިލެޓުކަމަށް ދޫކުރާނީ 10 ޖާގަކަމަށެވެ.
11 Jun 2024
މިފަހަރު ހުޅުމާލޭގައި ކުލަގަދަ ޢީދެއް!
ސަގާފީ ހަރަކާތްތަކާއި އެކު ކުރިއަށް އޮތް އަޟްހާ އީދު ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ވާންޖެހޭ ތައްޔާރީތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
11 Jun 2024
ގްރޭޑް 6 އިން މަތީގެ ދަރިވަރުން އިމާމުވެ ނަމާދުކުރަން ހުއްދަ ދެނީ
ގްރޭޑް 6 އިން މަތީގެ ދަރިވަރުންނަށް އިމާމުވެ ހުކުރާއި ކޭތަނަމާދު ކުރުމަށް ވަގުތީ ހުއްދަ ދޫކުރެވޭ ގޮތަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން އުސޫލަށް ބަދަލުގެނެސްފިއެވެ.
11 Jun 2024
އީދު ބަންދުގައި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ދުވަސްތައް އާންމުކޮށްފި
ކުރިއަށް އޮތް އަޟްހާ އީދު ބަންދުގައި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ދުވަސްތައް މޯލްޑިވްސް އިމިގްރޭޝަނުން އާންމުކޮށްފިއެވެ.
11 Jun 2024
ރަޖިސްޓްރީނުކޮށް، ދޭ އިންވެސްޓްމަންޓް ހިދުމަތްތަކަށް ސަމާލުވުމަށް އެދެފި
ރަޖިސްޓްރީ ކުރުމަކާއި ނުލައި ދެމުން އަންނަ އިންވެސްޓްމަންޓް ނުވަތަ ސެކިއުރިޓީޒް ހިދުމަތްތަކަށް ސަމާލުވުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އެދެފިއެވެ.