11 Jun 2024
ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހޯދުމަށް ލޯނަށް އެދި 1700 ފޯމު
2024 ވަނަ އަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ނަތީޖާ އިޢުލާންކޮށްފިއެވެ.
11 Jun 2024
ރައީސް މުޢިއްޒުއާއި އެކު ރަނގަޅު މަޝްވަރާތަކެއް ކުރެވުނު: ޖެއިޝަންކަރު
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނާއި ބައްދަލުކުރެވި ރަނގަޅު މަޝްވަރާތަކެއް ކުރެއްވުނު ކަމަށް އިންޑިއާގެ ޔޫނިއަން މިނިސްޓަރު ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު މިއަދު ވިދާޅުވެއްޖެއެވެ.
11 Jun 2024
ވަޢުދުފުޅާ އެއްގޮތަށް ކ. މާފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ކ. މާފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފިއެވެ.
11 Jun 2024
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.
10 Jun 2024
ޑިމޮކްރެޓްސް ޑރ.މުޢިއްޒަށް ތާޢީދު ކުރީ މި ދެކޭ ސުލްޙަވެރި އިންޑިއާ ކަނޑުގެ ތަސައްވަރު ފެންނާތީ: ކުރީގެ ރައީސް ނަޝީދު
މިއަދު، ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނު ދެކޭ ގޮތުގައި ޑިމޮކްރެޓްސް ޑރ.މުޢިއްޒަށް ތާޢީދު ކުރީ މިއަދު މި ދެކޭ ސުލްޙަވެރި، ގުޅުން ރަނގަޅު، އިންޑިއާ ކަނޑުގެ ތަސައްވަރު ފެންނަ ކަމުން ކަމަށެވެ.
10 Jun 2024
އީފާސްގެ "ފޭސް ވެރިފިކޭޝަން"ގެ ވެންޑާކަން އިޒްރޭލު ކުންފުނި އަތުން ނަގަނީ
އީފާސްގެ "ފޭސް ވެރިފިކޭޝަން"ގެ ވެންޑާއަކީ އިޒްރޭކު ކުންފުންޏަކަށްވާތީ، އެ ކުންފުނީގެ ބަދަލުގައި، އެހެން ބަޔަކު ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. އީފާސްއިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އީފާސްގައި ބޭނުންކުރަމުން އަންނަ ފޭސް ވެރިފިކޭޝަންގެ ވެންޑަރ ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާތީ, އީފާސްގެ ފޭސް ވެރިފިކޭޝަންގެ ޚިދުމަތް މެދުކެނޑިފައިވާކަމަށެވެ.
10 Jun 2024
މުދާ އުފުލާ ދޯނިތައް ކަންނެލި ޖެޓީ ސަރަހައްދު ބޭނުންކުރާ މައްސަލަ ހައްލު ކުރެވޭތޯ މިދަނީ ބަލަމުން: ވަޒީރު ޝިޔާމް
ބައެއް މުދާ އުފުލާ ދޯނިތައް، ކަންނެލި ޖެޓީ ސަރަހައްދު ބޭނުންކުރާ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ، 'ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން' އިން އެކްސްގައި ކުރި ކަންބޮޑުވުމުގެ ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
10 Jun 2024
ރައީސް ޑރ.މުޢިއްޒު އިންޑިއާގެ ރައީސާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އިންޑިއާގެ ރައީސާ ދުރޫޕަދީ މުރުމޫ އާ ބައްދަލުކުރެއްވީ މިއަދު، ނިއުދިއްލީގައި ހުންނަ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައެވެ.