މޫސުމާބެހޭ ވަޒީރު ޠާރިގު: ފޮޓޯ/ ވޮއިސް
ހަބަރު
11 Jun 2024 | 13:23
ގައު ހުދުވާތީ މަޑުޖައްސާލި 200 މަޝްރޫޢުގެ މަސައްކަތް މިހާރު ފެށޭނެ: ޠާރިގު

ގައު ހުދުވުމުގެ މައްސަލަ ދިމާވާތީ މަޑުޖައްސާލި 200 މަޝްރޫޢުގެ މަސައްކަތް މިހާރު ފެށޭނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިދިޔަ މަހު ކޮރަލް ރީފް ވޮޗްއިން އިއުލާންކުރި އެލަރޓްގައި ވަނީ ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނު މިނަށް ބަލާފައި، ގައު ހުދުވުން އެކަށީގެންވާކަމަށް ލަފާކޮށް، އެލަރޓް ލެވެލް 2 އިން 1 އަށް މަތިކުރެވިފައެވެ.

އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މައްސަލަ ފާހަގަވުމާއެކީ ޤަރާރެއް ނެރި، ބިން ހިއްކުމާއި ފަޅުފުންކުރުން ވަނީ ވަގުތީ ގޮތުން ހުއްޓުވާފައެވެ. މީގެ ތެރޭގައި ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތްތަކާއި ފަޅު ފުންކުރުމުގެ މަސައްކަތްތަކާއި ފަޅުކޮނުމާއި ގޮނޑުދޮށުން ވެލިއެޅުމާއި ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުމާއި ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުންފަދަ މަސައްކަތްތައް ހިމެނެއެވެ.

އެއް މަސްދުވަހަށް މިފަދަ މަސައްކަތްތައް މަޑު ޖައްސާލަފައިވަނީ ލިބޭ ގެއްލުންތައް ކުޑަކުރުމަށް، މިޓިގޭޝަން ފިޔަވަޅެއްގެ ގޮތުންނެވެ.

އެހެން ނަމަވެސްމިހާރު ކަނޑުގެ ލޮނުގަނޑުގައި ހުރި ހޫނުމިން ދަށްވަމުންދާ ކަމަށާއި ގާތަށް ހުދުވުންވެސް މަޑުޖެހެމުން އަންނަކަމަށް އީޕީއޭއިން މަޢުލޫމާތު ދެއެވެ. އަދި ގައު ހުދުވުމުގެ މިހާރުގެ ހާލަތަށް ބަލައި އެލަރޓް 1 އަދި 2 ން، ވޮޗް ސްޓޭޖަށްމިހާރުވަނީ ޓްރާންސިޝަންވެފައިވާތީ އިޕީއޭއިން ވަނީ މަޝްރޫޢުތައް ފެށުމުގެ ހުއްދަ އަލުންދީފައެވެ.

މިކަމާއި ގުޅިގެން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ޕީއެސްއެމް އަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވީ، ގައު ހުދުވުމުގެ މައްސަލައަކީ ރާއްޖެއަށް އެކަނި ކުރިމަތިވެފައިވާ މައްސަލައެއް ނޫން ކަމަށެވެ.

އަދި ރާއްޖެއަށް އެކަނި ހައްލުކުރެވޭނެ މައްސަލައެއް ނޫން. .މިފަހަރުގެ ގައު ހުދުވުމުގެ މައްސަލަ ޕެސިފިކް، އެޓްލާންޓިކް، އަދި އިންޑިއަން އޯޝަން ސަރަހައްދުގެ ގިނަ ޤައުމުތަކަށް ކުރިމަތިވެފަ. އަދި، މިއީ ހަތަރުވަނަ އަށް އެންމެ ބޮޑަށް ގައު ހުދުވުމުގެ މައްސަލަ ފާހަގަކުރެވިފައިވާ ފަހަރު."

 ވަޒީރު ޠާރިޤު އިބްރާހީމް 

ހަމަ އެހެންމެ، ވޮޗް އަދި މޮނިޓަރިންގ ހާލަތަށް ބަދަލުވެފައިވީ ނަމަވެސް، މުރަކަތަކުގެ ހާލަތު އަދިވެސް ވަރަށް ނާޒުކު ކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

އެހެންކަމުން، މަޝްރޫޢުތައް ކުރިއަށް ގެންދާއިރު، އެންވާރަމަންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓްތަކުގައި ހުރި ކަންކަމަށް ރިޢާޔަތްކޮށްގެން މަސައްކަތް ކުރިއަށް ގެންދަންޖެހޭ ކަމަށާއި، ލިބިފައިވާ ގެއްލުމުގެ ދިރާސާއެއް ހަދަން ޖެހޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެކަން ކުރެވިގެންދާނެ ކަމަށާއި ލިބިފައިވާ ގެއްލުމުގެ ފުރިހަމަ ތަސްވީރެއް އެނގެން ދުވަސްކޮޅެއް ނެގުން އެކަށީގެން ވާކަމަށް މިނިސްޓަރ ގެ ބަސްދީގަތުމުގައި ވެއެވެ.

ގައު ހުދުވުމުގެ ސަބަބުން ޖޫން 10 އާއި ހަމައަށް ގާތްގަނޑަކަށް 200 މަޝްރޫޢެއްގެ ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ ކޮމްޕޯނެންޓްތައް އޮތީ ހުއްޓުވާފައެވެ. އަދި އެއާއެކު މި މުއްދަތު ހަމަވެފައިވީ ނަމަވެސް، އީޕީއޭ އަދި މިނިސްޓްރީ އިން މޮނިޓަރިންގ މަސައްކަތް ކުރަމުންދާ ކަމަށް މޫސުމާ ބެހޭ ވުޒާރާއިން ބުނެއެވެ. 

އެ ވުޒާރާއިން ބުނެފައުވާގޮތުން، މިހާތަނަށް ލިބިފައިވާ ފޮޓޯ އަދި ފީލްޑް އޮބްޒަވޭޝަންތަކުން، ރާއްޖޭގެ ފަރުތަކުގެ ބޮޑު ބަޔަކަށް ގައު ހުދުވުމުގެ އަސަރުކޮށްފައިވާކަން ފާހަގަވެއެވެ. އަދި ބައެއް މުރަކައިގެ ވައްތަރުތަކަށް ލިބިފައިވާ ގެއްލުންތައް ކުޑަ ކަމަށާ މިކަން ފާހަގަވެފައިވަނީ އެކްރޮޕޯރާ އަދި ޕޮކިލޮޕްރާ ވައްތަރުގެ މުރަކައިގައި ކަމަށް ބުނެފައުވެއެވެ. އޭގެ ސަބަބެއްކަމުގައި އެ ވުޒާރާއިން ބުނީ މޫސުމީ ބަދަލަށް ހޭނުމާއި މުރަކަ ހެދޭ ރޭޓަށް ބަދަލުއައުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.