ހަބަރު
11 Jun 2024 | 10:45
ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހޯދުމަށް ލޯނަށް އެދި 1700 ފޯމު؛ ޝަރުތު ހަމަވާ 1150 ދަރިވަރުން

2024 ވަނަ އަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ނަތީޖާ އިޢުލާންކޮށްފިއެވެ. 

މަތީ ތަޢުލީމާއި ތަމްރީނާއި ބެހޭ ވުޒާރާއިން ބުނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދުމަށް މިއަހަރު 500 ފުރުސަތު ހުޅުވާލެވުނު ކަމަށެވެ.

އެ ފުރުސަތަށް އެދި 1709 ފޯމު ހުށަހަޅާފައިވާއިރު ޝަރުތު ހަމަވާ ފޯމުގެ އަދަދަކީ 1153 ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ލޯން ފުރުސަތު 500 ދަރުވަރުންނަށް ދޭން ހުޅުވާލި ނަމަވެސް، ޝަރުތުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ފުރުޞަތުދިނުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށް ބުނެފައުވެއެވެ.

އެގޮތުން މި އަހަރުގެ ލޯނު ސްކީމަށް މިހާތަނަށް 1015 ދަރިވަރުން ސެލެކްޓް ވެފައިވާ ކަންވެސް މިނިސްޓަރީން ފާހަގަކުރެއެވެ. އަދި އެ ދަރިވަރުންނަށް 13 ޖޫން 2024 ވަނަ ދުވަހު ލޯނަށް ހޮވިފައިވާ ކަމުގެ " ސްޕޮންސަރ ލެޓަރ"ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ޕައިލެޓް ލައިސެންސް ސްލޮޓްގެ މިއަދު އިއުލާނު ކުރެވިފައިވަނީ ވަގުތީ ނަތީޖާ ކަމަށާ އެހެނިހެން ސްލޮޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ނަތީޖާ https://mohe.gov.mv/ އިން ލިބެން ހުންނާނެ ކަމަށެވެ.

އަދި ނަތީޖާގައި ޑިސްކޮލިފައިވި ދަރިވަރުން ޑިސްކޮލިފައިވި ސަބަބުވެސް ބަޔާން ކޮށްފައި ވާނެ ކަމަށާ ނަތީޖާ އާއި މެދު ޝަކުވާ ހުށަހެޅުމުގެ މުއްދަތު 11 ޖޫން 2024 އިން 25 ޖޫން 2024 އަށް ހުލުވާލެވުފައުވާއިރު ޝަކުވާ ހުށަހަޅާނީ [email protected] މެއިލް އަށް ކަމަށްވެސް ބުނެފައިވެއެވެ. 

ފާއިތުވެދިޔަ އަހަރު،500 އަށްވުރެ ގިނަ ދަރިވަރުންނަށްރާއްޖެއިންބޭރުން ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނު ދީފައިވެއެވެ. މިނިސްޓްރީން ބުނީ، މިހާ ގިނަފުރުޞަތު، އެއް ދާއިރާއަކުން ކިޔެވުމަށް ދީފައިވުމުގެ ސަބަބުން ދަރިވަރުންނާއި، ބެލެނިވެރިންނާއި، ކަމާ ބެހޭ އެކިއެކި އިދާރާތަކުން ގިނަގުނަ ޝަކުވާތަކާއި ކަންބޮޑުވުންތައް އެ މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ.

އެގޮތުން، ދަރިވަރުންނަށް ޕްލޭސްމަންޓާއި ވިސާ ލިބުމުގައި ވަރަށްބޮޑެތި ގޮންޖެހުންތައްދަނީ ކުރިމަތިވަމުންދާއިރު، މިހާ ގިނަ ދަރިވަރުނަތަކެއް އެއްފަހަރާއެއް ދާއިރާއަކުން ކިޔަވައި ނިމިގެން އައުމުން ވަޒީފައި ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީންނާއި ކަމާ ގުޅޭ އެހެނިހެން އިދާރާތަކުން ލަފާކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން، މި އަހަރު ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނުދޭން ހުޅުވާލީ އެންމެ 10 ފުރުޞަތު ކަމަށާ އެއީރާއްޖޭގެ ފްލައިންގ ސްކޫލްގައި ކިޔެވުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ. މި ސްލޮޓަށް ޝަރުތުހަމަވާ 148 އެޕްލިކޭޝަން ލިބިފައިވީ ނަމަވެސް ފާހަގަކުރެވުފައުވާ ކަންކަމާއި ރާއްޖޭގައި ހުރިޕައިލެޓް ތަމްރީނުދޭ މަރުކަޒުގެ ކެޕޭސިޓީއަށް ރިޢާޔަތްކޮށް މިނިސްޓްރީން ނިންމާފައިވަނީ ޕައިލެޓް ލައިސެންސައަށް ކިޔެވުމަށް އިޢުލާނުގައި ސްލޮޓް ކަނޑައެޅިފައިވާ އަދަދަށް، މެރިޓް އުސޫލުން އެންމެމަތިން މާކްސް ހޯދާ 10 ދަރިވަރުންނަށް އެފުރުޞަތުދިނުމަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 

އަދި، މި ފުރުޞަތައް އެދި ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން، ޝަރުޠު ހަމަވާއެހެން ހުރިހާ ދަރިވަރުން، މިއަހަރު އިޢުލާންކޮށްފައިވާ އެހެން ދާއިރާތަކާއި ސްލޮޓްތަކުގެތެރެއިން އެދަރިވަރަކު ޝަރުތުހަމަވާ ސްލޮޓަކަށް ބަދަލުވުމުގެ އިޚްތިޔާރު ދިނުމަށް ނިންމާފައިވާ ކަމަށް ބުނެފައުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.