ހަބަރު
10 Jun 2024
"ބިންވެރިޔާ ސްކީމް" ގެ ދަށުން ހިލޭ ބިން ދޫކުރުމުން އެޗްޑީސީއަށް 11 ބިލިއަން ރުފިޔާގެ ގެއްލުން
"ބިންވެރިޔާ ސްކީމް" ގެ ދަށުން ހިލޭ ބިން ދޫކުރުމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބޮޑެތި މާލީ ގެއްލުންތަކެއް ވެފައިވާކަން، އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. އޮޑިޓް ރިޕޯޓުން ހާމަވިގޮތުގައި، އެޗްޑީސީން ފޯރުކޮށްދީފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ބިންވެރިޔާ ސްކީމުގެ ދަށުން މި ބިންތައް ދޫކުރުމުން ލިބޭނެ ކަމަށް ލަފާކުރެވޭ ގެއްލުމަކީ 7.2 ބިލިއަން ރުފިޔާއާއި 10.5 ބިލިއަން ރުފިޔާ އާ ދެމެދުގެ އަދަދެކެވެ.
10 Jun 2024
އަމީރުލް ހައްޖުގެ ގޮތުގައި ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
ހައްޖުގެ މަތިވެރިކަމަށް މިއަހަރު ރާއްޖެ އިން ހައްޖަށް ފުރި ދިވެހީންގެ އިސްވެރިއެއްގެ ގޮތުގައި ހަމަޖެހިފައިވާ އަމީރުލް ހައްޖު, ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ހައްޖުގެ އަޅުކަމަށް މައްކާއަށް ފުރާވަޑައިގެންފިއެވެ.
10 Jun 2024
މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް ފަލާހު، މައިނޯރިޓީ ލީޑަރަކަށް ނާޒިލް
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަަކަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރަކަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކަނޑައަޅައިފި އެވެ.
10 Jun 2024
ބޮޑުވަޒީރު މޯދީއަރިހުގައި ޖެހިގެން ރައީސް މުއިއްޒު އިންނެވުމަކީ ފާހަގަކުރެވޭ ކަމެއްތަ؟
މި ދެތިން ދުވަހަކު އިންޑިއާގެ މީޑިއާތަކުގެ ސުރުޚީތަކުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚަބަރުތައް ފާޅުވަމުން އެބަދެއެވެ. މީގެކުރިން ސިފަކުރަމުންދިޔަ އެންޓި އިންޑިޔާ ރައީސެއްގެ ގޮތުގައެއް ނޫނެވެ. އިންޑިއާގެ ބޮޑުވަޒިރުކަމަށް އަލުން ހޮވިވަޑައިގެންނެވި ބޮޑުވަޒީރު މޯދީ ރައީސް މުއިއްޒު އޭނާއަށް މަރްހަބާ ވިދާޅުވުމުން ރައްދުގައި ވިދާޅުވި ރަހްމަތްތެރިކަން ދައްކައިދޭ ބަސްފުޅާއެކު އިންޑިއާގެ މީޑިއާގެ ބަސްމަގަށް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެކަން ފާހަގަ ކުރެވެއެވެ.
10 Jun 2024
މަޖިލީހުގެ ދެވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 37 ބިލެއް
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 37 ބިލެއް ހުށަހަޅައިފިއެވެ.
10 Jun 2024
ހައްޖަށް ދިޔަ ދިވެއްސަކަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދެނީ
މިއަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ދިވެއްސަކަށް ހާޓް އެޓޭކެއް ޖެހުމާއި ގުޅިގެން ފަރުވާދެމުން އަންނަ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
10 Jun 2024
ކުރީ ސަރުކާރުން އިންޑިއާއެކު ސޮއިކުރި އެއްބަސްވުންތަކުގެ މައްސަލަ ބަލަނީ
ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރު ކުރާގޮތަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން އިންޑިއާއެކު ސޮއިކުރި އެއްބަސްވުންތަކުގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ނިންމައިފިއެވެ.
10 Jun 2024
ފްލެޓު ކޮމެޓީގެ ކުރީގެ މެމްބަރުންގެ ގެތައް ފާސްކުރަނީ
ނިމިދިޔަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓްތައް ދޫކުރުމުގައި އިސްކޮށް މަސައްކަތްކުރި ކޮމިޓީގައި ހިމެނޭ ބޭފުޅުންގެ ގޭގެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަދެ ބަލާ ފާސްކުރަން ފަށައިފިއެވެ.
10 Jun 2024
އިސްރާއިލް ޕާސްޕޯޓު މަނާކުރުމާއި މެދު ފުންކޮށް ވިސްނާލަން ޖެހޭ: ގާސިމް
ޔަހޫދީންނަކީ މާތް ﷲ ބާއްވާލެއްވި ދީނެއްގެ މަތީގައި ރަސޫލުންނަށް އިމާންވާ ބަޔަކަށް ވާހިނދު އިސްރާއީލުގެ ރައްޔިތުންނަށް ރާއްޖެ އަށް ނާދެވޭގޮތަށް ޕާސްޕޯޓު މަނާކުރާއިރު ވިސްނާލަންޖެހޭކަމަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
10 Jun 2024
މޯދީ ދެއްވި ފަރިއްކޮޅެއްގައި ރައީސް ބައިވެރިވެވަޑައިގެންފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.