ހަބަރު
09 Jun 2024
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިންޓަރންޝިޕް ޕްރޮގްރާމެއް އެމް.އޭ.ސީ.އެލް އިން ފަށައިފި
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން އިންޓަރންޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްޓަކައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފައިވާކަމަށެވެ.
09 Jun 2024
ހިޔާ ފައިނޭންސިންގައި އިސްލާމިކް ބޭންކުން ބައިވެރިވުމަކީ ލޯން ދޫކުރުމަށް ލިބޭ ބާރެއް: ޑރ.ޙައިދަރު
މިއަދު ބޭއްވި، ހިޔާވެހި ފައިނޭންސިން ފަހުމުނާމާގައި މޯލްޑިވްސް އިސްލާމިކް ބޭންކާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވީ މިފަދަ ސްކީމެއްގެ ދަށުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް އިން، ބައިވެރިވާކަމާމެދު އުފާކުރައްވާ ކަމަށެވެ.
09 Jun 2024
ރާއްޖެއާ އިންޑިއާގެ ގުޅުން އިޢާދަކުރުމުގައި ދެ ގައުމުގެ ވެރިންގެ ކެތްތެރިކަމަށް ނަޝީދުގެ ތަޢުރީފް
ރާއްޖެއާއި އިންޑިއާގެ ގުޅުހުން އިޢާދަކުރުމުގައި ދެއްކެވި ކެތްތެރިކަމަށް ރައީސް މުޢިއްޒަށާއި ބޮޑުވަޒީރު މޯދީއަށް، ކުރީގެ ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެއެވެ.
09 Jun 2024
އެމްޑީޕީ އަންހެނުންގެ ރޫހުގެ ނައިބު ރައީސް އިސްތިޢުފާ ދެއްވައިފި
އެމްޑީޕީގެ އަންހެނުންގެ ރޫޚުގެ ނައިބު ރައީސް، ފާތިމަތު ސަމީރު ” އެކްސް ” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި، އެމްޑީޕީ އަންހެނުއްގެ ރޫހުގެ ނައިބު ރައީސްގެ މަޤާމުން މިއަދުން ފެށިގެން އިސްތިޢުފާ ދެއްވާ ކަމަށެވެ. ފާތިމަތު ސަމީރު، މި ނިންމެވުން ނިއްމެވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ ބަލިހާލަތު ހުރިގޮތެވެ.
09 Jun 2024
އިންޑިއާގެ ގޯ އެއާއިން މީރާއަށް 3.6 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި
އިންޑިއާގެ ގޯ އެއާއިން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރޮޓީ (މީރާ) އަށް 3.6 މިލިއަން ޑޮލަރު ދައްކަން ޙުކުމް ކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރީލު މަހުން ފެށިގެން 2023 ވަނަ އަހަރުގެ މާރިޗު މަހުގެ ނިިޔަލަށް އިންޑިއާގެ ގޯ އެއާއިން ދައްކަން ޖެހޭ ފީއަކާއި ޓެކުހެއް މީރާއަށް ދައްކާފައިނުވާތީއެވެ.
09 Jun 2024
ސަރުކާރުގެ އެހީގައި މަންމަ ކުރި ހައްޖާމެދު ހިތަށް އަރާ އެއްޗެއް!
ހައްޖުމަހުގެ މިމާތް މިދުވަސްކޮޅުގެ ތެރޭގައި ސޯޝަލް މީޑިއާ އެކްސްގައި ދިވެހިންގެ ބަޔަކު ފަށައިގެން އުޅޭ ބަހުސަކުން ހިތަށް ވަރަށް ނުތަނަވަސްކަން ލިބޭތީ ގަލަން ހިއްލައިލަމެވެ. ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެތެރޭގައި ސަރުކާރުން ޚަރަދުކޮށްގެން ފަގީރުންގެތެރެއިން 50 މީހަކު ހައްޖަށް ގެންދިއުމުން އެމީހުންގެ ހައްޖު، ﷲ ތައާލާ ގަބޫލުކުރައްވާނެބާއޭ ނުވަތަ ނޫންބާއޭ މީހުންގެ ހިތްތަކަށް ވަންނަހާ ބޮޑަށް ޚިޔާލުތައް ކަފިވެފައިވެއެވެ.
09 Jun 2024
އިންޑިއާ އަބަދުވެސް ވާނީ އެންމެ ގާތް ގައުމަށް: ވަޒީރު ޒަމީރު
އިންޑިއާ އަކީ އަދި އަބަދުވެސް ވާނީ ރާއްޖެ އާއި އެންމެ ގާތް ގުޅުމެއް އޮންނަ ގައުމަށްކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
09 Jun 2024
ދަށު ކޯޓުތަކުގެ ފަނޑިޔާރުން ގައުން ލައިގެން ތިބެންޖެހޭ ގޮތަށް ހަމަޖައްސައިފި
ދަށު ކޯޓުތަކުގެ ފަނޑިޔާރުން ވެސް ޝަރީއަތްތަކުގައި ގައުން ލައިގެން ތިބެންޖެހޭ ގޮތަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ހަމަޖައްސައިފިއެވެ.
09 Jun 2024
ސަދާގެ މަރު: "އިހުމާލަށް އިންކާރުނުކުރާނަމަ، ބަދަލާއި ގުޅޭގޮތުން މަޝްވަރާކުރެވިދާނެ"
2021 ވަނަ އަހަރު، ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކުއްލި ގޮތަކަށް ނިޔާވި ފަސް އަހަރުގެ ސަދާ ސައުދުﷲ ގެ މަރުގެ މައްސަލައިގައި، ފުވައްމުލަކު ހޮސްޕިޓަލުން އިހުމާލުވިކަމަށް އިންކާރުނުކުރާ ނަމަ، ގެއްލުމުގެ ބަދަލާއި ގުޅޭގޮތުން މަޝްވަރާކުރެވިދާނެ ކަމަށް ސަދާގެ އާއިލާއިން ބުނެފިއެވެ.
09 Jun 2024
ހިނިތުންވުމާައެކު އަވަސް ޚިދުމަތެއް ދިނުމަށް ނާއިބް ރައީސް އެދިވަޑައިގެންފި
ސިވިލް ސާވިސްގެ މުވައްޒަފުނަކީ ހިނިތުންވުމާއި އޯގާތެރިކަމާއެކު އަވަސް ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ވުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު އެދިވަޑައިގެންފިއެވެ.