އިހްތިޖާޖުގެ ބައިވެރިންނާއި ބައްދަލު ކުރައްވައި މަސްވެރިކަމާއި ބެހޭ ވަޒީރު ވާހަކަދައްކަވަނީ: ފޮޓޯ/ ވޮއިސް
ހަބަރު
13 Jun 2024 | 09:43
ކަންނެލި މަސްވެރިންގެ މަސްލަހަތު ގެއްލޭގޮތަަށް ލޭނު މަސްވެރިކަމަށް ފުރުޞަތު ނުދޭނަން: ވަޒީރު ޝިޔާމް

ކަންނެލި މަސްވެރިންގެ މަސްލަހަތު ގެއްލޭގޮތަަށް ލޭނު މަސްވެރިކަމަށް ފުރުޞަތު ނުދެއްވާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

މަސްވެރިންގެ ފައިސާ ނުލިބި ލަސްވަމުންދާތީއާއި ދާ އަޅައިގެން ލޭނު މަސްވެރިކަން ކުރާނަމަ ބޮޑު ކަންނެލި މަސްވެރިކަން ކުރަމުންދާ ފަރާތްތަކަށް ގެއްލުންތަކެއް ވާނެ ކަމަށް ބުނެ ކަންނެލި މަސްވެރިކަން ކުރާ ބައެއް މަސްވެރިން އިއްޔެ އިހްތިޖާޖު ކުރުމުން، އިހްތިޖާޖުގެ ބައިވެރިންނާއި ބައްދަލު ކުރެއްވުމަށް އެ ސަރަހައްދަށް ވަޑައިގެން އެ މީހުންނާއި ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ، އެ މަސްވެރިންގެ ކަންބޮޑުވުންތައް އައްސަވައި އެކަމަށް ޖަވާބު ދެއްވާފައެވެ.

އެގޮތުން، ލޭނު އެޅުމުގެ މަސްވެރިކަމަށް ހުއްދަ ދިނުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާ ތަކާއި ގުޅިގެން ކަންނެލި މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، ލޭނުގެ މަސްވެރިކަން ކުރަން ހުޅުވާލި ކަމުގައިވިޔަސް މީގެ ކުރީގައި ލޭނުގެ މަސްވެރިކަން ކުރި ގޮތަކަށް ކުރިޔަ ނުދެއްވާނެ ކަމަށެވެ. 

އެގޮތުން ލޭނުގެ މަސްވެރިކަމަށް އުނދަގޫ ފިޔަވަޅުތަކެއް އަޅުއްވާނެކަން ފާހަގަކުރައްވައި ޝިޔާމް ވަނީ ކަންނެލި މަސްވެރިންގެ މަސްލަހަތު ހިމާޔަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އަޅުގަނޑެއް ނުފިލާނެ، އަޅުގަނޑެއް ނުފިލާނެ ކަންނެލި މަސްވެރިންނަކަށްވެސް، ކަޅުބިލަ މަސްވެރިންނަކަށްވެސް. އަޅުގަނޑުމިއީ އެކަހަލަ މީހެއް ނޫން. އެހެންވީމާ އަޅިގަނޑުމެން މަޝްވަރާ ކުރާނަން. އެންމެ ބޮޑު ކަންބޮޑުވުމަކަށް ތި އޮތީ، ލޭނުގެ ކަންތަކުގައި އެ އޮތް ކަންބޮޑުވުން. އަޅުގަނޑުމެންނަށްވެސް އެނގޭ. ލޭނު ހުޅުވާލިޔަސް ކުރީގައި ލޭނުގެ މަސްވެރިކަން ކުރި ގޮތަކަށް ކުރިޔަ އަޅުގަނޑުމެން ނުދޭނަން. ލޭނު މަސްވެރިކަމަށް އެއަށްވުރެ މާ އުނދަގޫ މެޝާސްތަކެއް ނަގާފައު، ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކަށް އޭގެ އެންމެ ބޮޑު އަސަރެއް ކުރާ ކަމަށް ވަންޏާމުން، ކަންނެލި މަސްވެރިންގެ މަސްލަހަތު އެންމެ ބޮޑަށް ހިމާޔަތް ކުރެވޭ ގޮތަކަށް ނޫނީ އެކަހަލަ އެއްވެސް އެކްޓިވިޓީއެއް އަޅުގަނޑުމެން ސަރުކާރަކުން ނުހިންގާނެ 

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް

މީގެ އިތުރުން ވަޒީރު ވަނީ ސަރުކާރުން ކަންނެލި މަސްވެރިންނަށް ވެފައިވާ ވަޢުދު ވެރިކަމުގެ ކުރީކޮޅުގައި ފުއްދުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ފާއިތުވީ ވަރަށް ދަތި 7 މަސް ކަމަށާ، އެކަން ކަމުން އަރައިގަނެ މިފްކޯގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަޔް ކުރައްވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ވަޒީރު ވަނީ ކުންފުނިތަކުން މާލީ ހާލަތު ރަނގަޅު ކުރަން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

"މިފްކޯއަށް ސަބްސިޑީ ނުދީ ކަޅުބިލަމަހުގެ މަސްވެރިކަން ކުރެވޭނެ ގޮތަކަށް މަސައްކަތް ކުރަމުން މިދަނީ. ސަރުކާރުގެ އަމާޒަކީ ފުރަތަމަ ތިން އަހަރުގެ ތެރޭގައި. ސަބްސިޑީ ނުދީ ވާނެ ގޮތަކަށް މިފްކޯގެ ހިނގުން ހަރުދަނާ ކުރުން." މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ