17 Jun 2024
‘ވޮއިސް’ގެ ފަރާތުން އިނގުރައިދޫ ސްކޫލަށް ކެމެރާ ސެޓެއް ހަދިޔާކޮށްފި
އުފެއްދުންތެރި ދަރިވަރުންތަކެއް ބިނާ ކުރުމަށް ‘ވޮއިސް’ގެ ފަރާތުން އިނގުރައިދޫ ސްކޫލަށް ކެމެރާ ސެޓެއް ހަދިޔާކޮށްފިއެވެ.
17 Jun 2024
މާލޭގައި ޕާކު ކޮށްފައި ހުރި ސައިކަލު ތަކެއްގައި ރޯވެއްޖެ!
ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި އަލިފާންރޯވެ، ފަސް ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.
17 Jun 2024
މޯދީގެ ފަރާތުން ދިވެހިންނަށް އީދު ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގެ ފަރާތުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަާއި ދިވެހިންނަށް އަޟްހާ އީދުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
16 Jun 2024
އަގުހުރި އިނާމްތަކާއިއެކު، ދަނގެތީ ޢީދު އުފާ ހަރަކާތްތައް ފަށައިފި!
އިސްލާމީ އުސޫލުތަކާއި އެއްގޮތަށް، އެންމެން ޝާމިލް ކޮށްގެން، އަގުހުރި އިނާމްތަކާއިއެކު އދ. ދަނގެތީގައި ކުރިއަށް ގެންދާ “ބީއެމްއެލް އިސްލާމިކް ޢީދު އުފާ” ގެ ހަރަކާތްތައް މިއަދު ފަށައިފިއެވެ.
16 Jun 2024
އިސްލާމިކް ރިދަމުން މިފަހަރު ނެރުނީ “އާ ރާގު ރީތި އިއްވައިދޭ” މަދަހަ
އިހުގެ ދިވެހިންގެ މެދުގަައި މަޝްހޫރު “އާ ރާގު ރީތި އިއްވައިދޭ” ޢީދު މަދަހައިގެ އައު ވާޝަނެއް އިސްލާމިކް ރިދަމް އިން ނެރެފިއެވެ.
16 Jun 2024
ގޭގެ ވެރިފަރާތުން ފެންކަނޑާލުމުގެ މައްސަލަތައް އެޗްއާރްސީއެމް އިން ތަޙްޤީގުކުރަނީ
މިއަދު އެޗްއާރްސީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ފަހަކަށް އައިސް، ގޭގެ ވެރިފަރާތުން ފެންކަނޑާލުމުގެ މައްސަލަތައް އެ ކޮމިޝަނަށް ހުށަހަޅަމުން ދާކަން ފާހަގަކުރެވޭ ކަމަށެވެ. މި ކަމާ ގުޅިގެން އެޗްއާރްސީއެމުން ބުނެފައިވަނީ، މިއީ ވަރަށް ކަންބޮޑުވާކަމެއް ކަމަށާއި، މި މައްސަލަތައް ތަޙްޤީގުކުރަމުން ދާކަމަށެވެ.
16 Jun 2024
މިރޭ ހުޅުމާލޭގައި ހަވާ އަރުވަނީ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަ ކުރެއްވި ގޮތުގައި އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން މިރޭ ހުޅުމާލޭގައި ހަވާ އަރުވާނީ، ރޭގަނޑު 9:00 ގައި ކަމަށެވެ. ހަވާ އެރުވުމުގެ ހަރަކާތް 5 މިނެޓަށް ކުރިއަށް ދާނެކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
16 Jun 2024
ކުނިއެޅުމުގެ މައްސަލަ ބޮޑުވެ، މާލޭ ދެކުނު ފަރާތު ބަނދަރު ފެންސު ޖަހައި ބަންދުކޮށްފި
މާލޭސިޓީ ކައުންސިލުން މަޢުލޫމާތުދެއްވި ގޮތުގައި، މާލޭ ދެކުނު ފަރާތު ބަނދަރު ސަރަހައްދަށް ކުނި އަޅަމުން ދާތީ، އެކަން ހުއްޓުވުމުގެ ގޮތުން، އެ ސަރަހައްދުގައި ވަނީ ފެންސު ޖަހައި ބަންދުކޮށްފައެވެ. އެ ސަރަހައްދުގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.