ކަރަންޓް ކަނޑާލުމުގެ ސަބަބުން މިފްކޯ މުވައްޒަފުން އެކޮމޮޑޭޝަން ބްލޮކުން ބޭރުގައި
ހަބަރު
23 Jun 2024 | 15:30
އައްޑޫ މުޒާހަރާ: މަސްފެކްޓްރީގެ މިސްކިތުންވެސް ކަރަންޓް ކަނޑާލި!

އައްޑޫ ފިޝަރީޒް ކޮންޕްލެކްސް (އޭއެފްސީ)ގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން، މަސްފެކްޓްރީގެ ކަރަންޓް ކަނޑާލި އިރު، އެތަނުގައި ހުންނަ މިސްކިތުންވެސް ކަރަންޓް ކަނޑާލައި މުވައްޒަފުންނަށް ދަތި ކުރުމުގެ ފިޔަވަޅުތަކެއް މުޒާހަރާގެ ބައިވެރިން އަޅާފައިވާކަން ހާމަވެއްޖެއެވެ. 

މަސްވެރިންނަށް ދޭންޖެހޭ ލާރި ދިނުން ލަސްވާތީ، އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާއާއި ގުޅިގެން އޭއެފްސީގެ އޮޕަރޭޝަން ވަގުތީ ގޮތުންވަނީ ހުއްޓިފައެވެ.

އަދި އެތަނުގައި ދިވެހިންނާއި ބިދޭސީން ހިމެނޭހެން 100 އަށްވުރެގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނައިރު މުވައްޒަފުންނަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަމުންދާކަން މިފްކޯއިން ވަނީ ފާހަގަކޮށްފައެވެ. 

ކަރަންޓް ނެތުމުން މުވައްޒަފުން ބޭރުގަައި

އެގޮތުން މިފްކޯއިން ބުނީ، އެކޮމޮޑޭޝަން، އެޑްމިން ބިލްޑިންގ އަދި ކެފޭއިން ކަރަންޓް ކަނޑާލާފައި ބެހެއްޓުމަށް މުޒާހަރާގެ ބައިވެރިން ޑިމާންޑް ކުރަމުންދާ ކަމަށާ، ރޭގައި ފުލުހުންގެ އެދުމަށް އޭއެފްސީއަށް ކަރަންޓް ދިން ނަމަވެސް، ކަރަންޓް ދިނުމާއެކު މަސްލަހަތު ގެއްލި، ތަނާއި މުދަލަށާއި، ތަނުގެ މުވައްޒަފުންނަށް އެކަމުގެ ސަބަބުން ގެއްލުން ވެދާނެ ކަމަށް ގަބޫލުކުރެވުން ކަރަންޓް ކަނޑާލަން ޖެހުނު ކަމަށެވެ.

މިފްކޯ މުވައްޒަފުން ބޭރުގައި ތިބެ ކަނީ

އަދި، އިއްޔެގެ މުޒާހަރާގައި ތިބި މަސްވެރިން ސްޓާފް ކެންޓީން ލޮކް ކޮށްފައި ހުއްޓާ ކުޑަދޮރުން ވަދެ ތަނުގައި ހުރި ފުޑް ސަޕްލައިޒް ބޭނުން ކޮށްފައިވާ ކަމަށާ އެކޮމޮޑޭޝަން ބްލޮކްގައި ކަރަންޓް ކަނޑާލުމުގެ ސަބަބުން ރެއިން ފެށިގެން އޭއެފްސީ މުވައްޒަފުން ނިދަނީ ބޭރުގައި ސަތަރި އަޅައިގެންކަމަށް މިފްކޯއިން ބުނެފައިވެއެވެ.

ކެއުން ބުއިމާއި ފާޚާނާ ކުރުންފަދަ، ޒަރޫރީ ބޭނުންތައް މުވައްޒަފުންނަށް ވަނީ ނުފުއްދިފައި. އިއްޔެ 14:40 އިން 17:09 އަށް ސައިޓްގެ އެއްވެސް ގޮތަކަށް ކަރަންޓް ނެތި ޕަވަރ އޮފް ކުރެވި ސިސްޓަމް ޝަޓްޑައުން ކުރެވިފައި ވަނީ. 17:09 އިން މިއަދުގެ މިވަގުތާއި ހަމައަށް، މަސްވެރިންގެ ޑިމާންޑްގެ ސަބަބުން އެކޮމޮޑޭޝަން ބްލޮކްސް، އެޑްމިން ބްލޮކްސް، މިސްކިތް، ކެފޭ އިން ވަނީ ކަރަންޓް ކަނޑާލެވިފައި. 

މިފްކޯ

މަސްވެރިންނަށް ދޫ ނުކުރެވި ހުރި ފައިސާ ދޫކުރުމަށް މަސްވެރިން ޑިމާންޑް ކުރަމުންދާއިރު، ޢީދު ބަންދާއި ދިމާކޮށް 46 މިލިއަން ރުފިތާ މަސްވެރިންނަށް މިފްކޯއިން ވަނީ ދޫކޮށްފައެވެ. މިފްކޯއިން ބުނީ، އޮޑިވެރިންނަށް ނުދެއްކި ހުރި ހުރިހާ ފައިސާ، ވޭހާވެސް އަވަހަށް ދެއްކޭތޯ ސަރުކާރާއި ވާހަކަ ދައްކައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އެހެން ކަމުން، މިފްކޯއިން ވަނީ، މަސްވެރިން ކުރިއަށް ގެންދާ އިހްތިޖާޖު ވޭހާވެސް ސުލްހަވެރިކޮށް ގެންދިޔުމަށް އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ތަނުގެ މުވައްޒަފުންނާއި، ކުންފުނީގެ މުދަލަށް ލިބިދާނެ ގެއްލުމަކީ މުޅި ސިނާއަތަށްވެސް ލިބޭނެ ގެއްލުމެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ. 

މިފްކޯ މުވައްޒަފުން ބޭރުގައި ނިދަނީ

އަދި މުވައްޒަފުންގެ ޒަރޫރީ ބޭނުން ތަކަށް އުނިކަން އަންނަފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރަމުން މިފްކޯއިން ވަނީ މުވައްޒަފުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކަމާއިބެހޭ އިދާރާތަކާ ގުޅިގެން ކުރާނެ ކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.