25 May 2024
ރަފާހަށް ހަމަލާދިނުން ހުއްޓާލަން ކުރި އަމުރަށް ރައީސް ގެ މަރުހަބާ
ޔަހޫދީ ފައުޖުން ރަފާހް އަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލަށް ކުރި އަމުރާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
24 May 2024
ރައީސުލްޖުމްހޫރިއްޔާ އެންޓިގާ ބާބުޑާއަށް ފުރާވަޑައިގެންފި
ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެންޓިގާ ބާބުޑާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ.
24 May 2024
ރަސްގެފާނު ސަލްމާންގެ ސިއްހީ ހާލަތާއި ގުޅިގެން ރައީސް މުޢިއްޒުގެ ކަންބޮޑުވުން
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ސިއްހީ ހާލަތު ދަށްވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.
24 May 2024
ހުޅުމާލެ ފޭސް 2ގެ ބިން ހިއްކާ ސަރަހައްދުގައިވާ ސަފާރީތައް ނެގުމަށް އެދިއްޖެ
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައިވާ ސަފާރީތައް ނެގުމަށް ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އެދިއްޖެއެވެ.
24 May 2024
ސްނޯކްލިން އަށް ފޭބި މީހަކު ގެނބިގެން މަރުވެއްޖެ
ކ. އަތޮޅު ފިހަޅޮހި ރިސޯޓުގައި، ސްނޯކްލިން އަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
24 May 2024
ރާއްޖޭގެ ބޮޑު ބަޔަކަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު
ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި، މިއަދުގެ މޫސުންވެސް ގޯސްވާނެ ކަމަށް ލަފާކޮށް ރާައްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި އެވެ.
24 May 2024
ދެން ފެނިގެންދާނީ “އިއްޒަތްތެރި” ކިޔަން ޖެހޭ ކަހަލަ މެންބަރުން
20 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ “އިއްޒަތްތެރި” ކިޔަން އެކަށޭނަ މެންބަރުން އުޅޭ މަޖިލީހަކަށް ކަމަށް މަޖިލީހުގެ ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު، އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެ އެވެ.
23 May 2024
އަޅުގަނޑާ ރައީސް މުޢިއްޒާ ދޭތެރޭ މައްސަލައެއް ނުޖެހޭނެ: އަބްދުއްރަޙީމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ދޭތެރޭ އިރާދަކުރެއްވިއްޔާ މައްސަލައެއް ނުޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެޑްވައިޒަރު ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެޑްވައިޒަރު ޢަބްދުއްރަޙީމް ހަމަޖައްސަވާފައިވާއިރު، 75 ގޮނޑިއާއެކު، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ވެރިކަން ކުރާ ޕާޓީއިން ހޯދާފައިވާކަން ފާހަގަކޮށްލެވެއެވެ. މި ބޮޑު އަޣްލަބިއްޔަތާއެކު، ސަރުކާރާ ގުޅިގެން މަސައްކަތް ކުރުން، އެއްވެސް ދަތިކަމަކަށް ނުވާނެ ކަމަށާއި، ބައިބައިވުމަށް ޖާގައެއް ނޯންނާނެ ކަމަށްވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ.