ހަބަރު
24 Feb 2024
އިޤްތިޞާދީ އެންމެ ބޮޑޫ މަޝްރޫއު ފެށިގެންދާނީ ހއ.އަތޮޅުގައި: ރައީސް ޑރ. މުއިއްޒު
ރާއްޖޭގައި ހިންގޭ އިޤްތިޞާދީ އެންމެ ބޮޑު މަޝްރޫޢު ފެށިގެންދާނީ ތިލަދުންމަތީ އުތުރުބުރި، ހއ. އަތޮޅުގައި ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
24 Feb 2024
"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އަށް ބިން ހިއްކަން މި އަހަރު ފަށާނެ: ސައީދު
މެރިޓައިމް ޚިދުމަތްތަކާ އިކޮނޮމިކް ސެކިއުރިޓީއަށް ފޯކަސްކޮށްގެން، ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރިތައް ހިމެނޭގޮތަށް އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" މަޝްރޫޢުގެ ބިން ހިއްކަން މި އަހަރު ތެރޭގައި ފަށާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
24 Feb 2024
ރައީސުލްޖުމްހޫރިއްޔާ ހޯރަފުށްޓަށް ވަޑައިގެންނެވުމުން ދެންނެވީ ހޫނުމަރުޙަބާއެއް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އުތުރުގެ 4 އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ހއ. ހޯރަފުށްޓަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަރަށް ހޫނުމަރުހަބާއެއް ދަންނަވައިފިއެވެ.
24 Feb 2024
ޖުލައި މަސް ނިމުމުގެ ކުރިން ބަންކަރިންގެ ވިޔަފާރި އިހަވަންދިއްޕޮޅުގައި ފެށޭނެ: ސައީދު
ޖުލައި މަސް ނިމުމުގެ ކުރިން ބަންކަރިންގެ ވިޔަފާރި އިހަވަންދިއްޕޮޅުގައި ފެށޭނެ ކަމަށް ލަފާކުރައްވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
24 Feb 2024
ރާއްޖޭގެ ދިފާޢީ ބާރު ވަރުގަދަކުރަން ރައީސް ޚާއްސަ އިސްކަމެއް ދެއްވާ: ޣައްސާން
ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ދިފާޢީ ބާރާއި ކޯސްޓްގާޑް ވަރުގަދަކުރުމަށް ރައީސް ޑރ.މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވާކަމަށް ދިފާޢީ ވަޒީރު މުހައްމަދު ޣައްސާން މަޢުމޫން ވިދާޅުވެއްޖެއެވެ.
24 Feb 2024
ރައީސް އުތުރުގެ 4 އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި
ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ އުތުރުގެ 4 އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ
24 Feb 2024
ހުޅުމާލެ ދެކުނު ރައްޔިތުންނަށް ޚިދުމަތްކުރަން ހުރި އެންމެ ޤާބިލް ކެންޑިޑޭޓަކީ އަޅުގަނޑު: ދުންޔާ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑީޑޭޓުންގެ ތެރެއިން އެދާޢިރާގެ ރައްޔިތުންނަށް ޚިދުމަތްކުރަން ހުރި އެންމެ ރަނގަޅު ކެންޑިޑޭޓަކީ އެކަމަނާކަމަށް މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.
24 Feb 2024
މަޖިލީސް މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީ ކުރުވާނަން: ފަލާޙް
ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާ އަށް ވާދަކުރައްވާ އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.