18 Feb 2024
ރައީސް ޑރ.މުއިއްޒު އައްޑޫސިޓީއަށް ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްްޖެއެވެ.
18 Feb 2024
ކެންޑިޑޭޓުންނަށް މަންދޫބުން ހަމަޖެއްސުމުގެ ފުރުޞަތު ހުޅުވާލައިފި
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ކެންޑިޑޭޓުންނަށް މަންދޫބުން ހަމަޖެއްސުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
18 Feb 2024
އެމެރިކާގެ ޚާރިޖިއްޔާގެ އިސްވެރިއަކު ރާއްޖެއަށް ވަޑައިގަންނަވަނީ
އެމެރިކާގެ ޚާރިޖިއްޔާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ރިޗަރޑް ވަރުމާ ދިވެހިރާއްޖެއާއި އިންޑިއާއާއި ސްރީލަންކާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ. އިންޑިއާ ދަރިކޮޅުގެ މިސްޓަރ ވަރުމާގެ މިދަތުރުފުޅު އޮތީ މިއަދުންފެށިގެން މިމަހުގެ 23 އަށެވެ.
18 Feb 2024
ކެއްސާކެއްސާ މިއޮތް މަރުވަނީއެވެ!
މިކެއްސުމެއް ނުހުއްޓުނެވެ. މިރޯގާއެއް ނުފިލިއެވެ. މިހުމަކުން އަރައިނުގަތެވެ. އަހަރެން އެކަންޏެއް ނޫނެވެ. އަނބިމީހާއި ދަރިންވެސް މެއެވެ. ކެއްސަމުން ކެއްސަމުންގޮސް ބައެއް ފަހަރު ހޯއް ގޮވެން އުޅޭހެން ވެސް ހީވެއެވެ. ހޯއްގޮވާ ކެއްސުން ބަލި މިހާރު ރާއްޖޭގައި އުޅޭކަމަށް ކިޔައެވެ.
17 Feb 2024
މާލީ ނިޒާމާއި ގުޅޭގޮތުން ދޮގު ވާހަކަތައް ނުފަތުރަން ސަރުކާރުން އެދިއްޖެ
ރާއްޖޭގެ މާލީ ނިޒާމާ މެދު އިތުބާރު ގެއްލުވާލައި، އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއަޅަން، ހަގީގަތާ ހިލާފު ދޮގުވާހަކަތައް ނުފަތުރަން ސަރުކާރުން މިއަދު އިލްތިމާސް ކޮށްފިއެވެ.
17 Feb 2024
ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި މައިންބަފައިން ބަލަހައްޓާ ފަރާތްތަކަށް އިސްކަންދޭނަށް: ރައީސް
ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ދޮށީއުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ މައިންބަފައިން ބަލަހައްޓާ ފަރާތްތަކަށް އިސްކަން ލިބޭނެ އުސޫލުތަކެއް ކަނޑައެޅިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
17 Feb 2024
އިސްރަށްވެހިންގެ ފުރަތަމަ ނާދީ ހުޅުވައިފި
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންނެވި ފަދައިން އިސްރަށްވެހިންގެ ފުރަތަމަ ނަދީ މިއަދު އެމަނިކުފާނާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ހުޅުއްވައި ދެއްވައިފިއެވެ.
17 Feb 2024
އުޅަނދުގެ ލިމިޓް ކަނޑައަޅާ ޤަވާއިދު ނިންމާ 10 ދުވަސްތެރޭ ގެޒެޓް ކުރަނީ
މާލެއާއި ރާއްޖޭގެ އަތޮޅުތަކުގައި އެއްގަމުގައި ދުއްވާ އުނޅަދު ފަހަރުތައް ދުއްވޭނެ އަދަދާއި، އަދި އުނޅަދުތައް ބޭނުންކުރެވޭނެ މުއްދަތު ކަނޑައަޅާ ޤަވާއިދު މުރާޖައާކޮށް ބަދަލު ގެނެސް ކުރިއަށް އޮތް 10 ދުވަސްތެރޭ ގެޒެޓުކުރެވޭނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.