25 Mar 2024
ޑްރޯންތައް ގަތުމަށް ކުރި ޚަރަދު 241 ކޮމިޓީގައި ހާމަކުރެވިދާނެ: ޣައްސާން
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑި އިރު ބެލެހެއްޓުމަށް، ދިވެހި ސިފައިންގެ އެއާ ކޯއަށް ގެނެވުނު އަންމޭންޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫ.އޭ.ވީ) ޑްރޯންތައް ގަންނަން ކުރި ޚަރަދު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ހާމަ ކުރެއްވިދާނެ ކަމަށް ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
25 Mar 2024
މަޖިލީހުން ފެންނަނީ ސިޔާސީ ބޭނުމުގައި ސަރުކާރަށް ޖެއްސުން ކުރާތަން”
މަޖިލީހުގައި ސަރުކާރުގެ އަގުލަބިއްޔަތު ނެތުމުން މަޖިލީހުން ފެނިގެންދަނީ ސިޔާސީ ބޭނުމުގައި ސަރުކާރަށް ޖެއްސުން ކުރާތަން ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
25 Mar 2024
ކްލައިމެޓް ރެފިއުޖީންނަކަށް ވާކަށް ދިވެހިން ބޭނުމެއް ނޫން: އަސްލަމް
ކްލައިމެޓް ރެފިއުޖީންނަކަށް ވާކަށް ދިވެހިން ބޭނުމެއް ނުވާ ކަމަށާއި ދިވެހިން ބޭނުންވަނީ މި ހިތްގައިމު ރާއްޖޭގައި އަބަދު ވެސް އުޅެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
25 Mar 2024
ޑްރޯންތައް އުދުހުމުގެ ހުރިހާ ކަމެއްވެސް ކުރާނީ ދިވެހި ސިފައިން: ރައީސް
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑި އިރު ބެލެހެއްޓުމަށް ގެނައި އަންމޭންޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫ.އޭ.ވީ) ތައް ދުއްވުމުގެ ހުރިހާ ކަމެއް ކުރާނީ ދިވެހި ސިފައިން ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ.
25 Mar 2024
"އިންޓަރކަނެކްޝަން" ވިއުގައިގެ ކޭބަލްތަކަށް ގެއްލުން ނުދޭން އެދެފި
މާލެއާއި ހުޅުލޭ އަދި ހުޅުމާލޭގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމަށް ސްޓެލްކޯއިން ގާއިމުކޮށްފައިވާ "އިންޓަރކަނެކްޝަން" ވިއުގައިގައި ހިމެނޭ ކޭބަލް މައްޗަށް ދަނގަޑުޖެހުމާއި އިސްތިހާރު ބޯޑުތައް ބަހައްޓައި، ގެއްލުންދެމުންދާކަން ފާހަގަކުރެވި، ސްޓެލްކޯއިން އެކަން ނުކުރުމަށް އިލްތިމާސް ކޮށްފިއެވެ.
25 Mar 2024
ކުރީ ސަރުކާރުގައި ރާއްޖޭގެ މިސްރާބު ހުރީ އަނދަވަޅަކަށް: ރައީސް މުއިއްޒު
ދިމިދިޔަ އެމްޑީޕީ ސަރުކާރުގައި ރާއްޖޭގެ މިސްރާބު ހުރީ އަނދަވަޅަކާއި ދިމާއަށް ކަމަށާ، އެ ސަރުކާރު ނިމިގެންދިޔައިރު ރާއްޖެ އޮތީ އަނދަވަޅަކަށް ވައްޓާލާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
25 Mar 2024
އެމްޑިޕީން މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ދެމެހެއްޓުމަށް އެދެމުން އަންނައިރު މިވީހާދުވަހު ކުރެއްވީ ކޮން ކަމެއްތޯ ރައީސް މުއިއްޒު ސުވާލު އުފައްދަވައިފި
އެމްޑިޕީން މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ދެމެހެއްޓުމަށް އެދެމުން އަންނައިރު މިވީހާދުވަހު ކުރެއްވީ ކޮން ކަމެއްތޯ ރައީސް މުއިއްޒު ސުވާލު އުފައްދަވައިފިއެވެ.
24 Mar 2024
ކަރަންޓާއި ފެން ބިލުތަކުގެ ޖޫރިމަނާ ރައީސް ޑރ. މުޢިއްޒު އެއްކޮށް މަޢާފުކޮށްފި
ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ, ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އެއްކޮށް މަޢާފް ކޮށްދެއްވައިފިއެވެ.