ހަބަރު
13 May 2024
ވީޗެޓް ޕޭ ގެ ސަބަބުން ދަތުރުވެރިންނާއި ވިޔަފާރިތަކަށް ފަސޭހަވާނެ: ސައީދު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު މެޝިންތަކުން ވީޗެޓް ޕޭއިން ފައިސާ ދެއްކޭނެ ގޮތް ހިދުމަތް ގާއިމު ވެގެން ދިޔުމަކީ ދަތުރުވެރިންނާއި ވިޔަފާރިތަކަށް ފަސޭހަތަކެއް ލިބޭނެ ކަމެއްކަމަށް އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
13 May 2024
ޔަހޫދީންގެ ހަމަލާތައް ހުއްޓުވަން މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ: ރައީސް
ފަލަސްތީނަށް ހާއްސަކޮށް ރަފާހް އަށް ޔަހޫދީން ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) ނުވަތަ ބައިނަލްއަޤުވާމީ ކޯޓުން މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
13 May 2024
ހުޅުމާލޭ އެކި ސަރަހައްދުތަކުއި ޤަވައިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން އެޗްޑީސީއިން އަންގައިފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝްން (އެޗްޑީސީ) އިން މިއަދު އަންގާފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިނާއީ ސަރަހައްދުގެ ދުވާރުމަތީގައި ހައުސިން އެ ކޯޕަރޭޝަނުގެ ހުއްދަ ނެތި ބަހައްޓާފައިތަކެތި ނެގުމަށެވެ. އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސިނާއީ ސަރަހައްދުގެ ދުވާރު މަތީގައި، ޤަވާއިދާ ޚިލާފަށް ބަހައްޓާފައި ހުރި އެއްޗެހި 30 ދުވަސް ތެރޭގައި ނެގުމަށް އެޗްޑީސީއިން ވަނީ އަންގާފައެވެ. މީގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގެ ހުސް ބިންތަކުގައިވެސް ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން އެ ކޯޕަރޭޝަނުން ވަނީ އަންގާފައެވެ.
13 May 2024
އިންޑިއާ އިން ދިން 50 މިލިއަން ޑޮލަރުގެ ލޯން 1 އަހަރަށް ފަސްކޮށްދީފި
އިންޑިއާއިން ރާއްޖޭގެ ބަޖެޓު ސަޕޯޓަށް ދިން 50 މިލިއަން ޑޮލަރުގެ ޓީބިލު ރާއްޖެއިން އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރު އެއް އަހަރު ފަސްކޮށްދީފިއެވެ.
13 May 2024
ހަ އަހަރުގެ ތެރޭގައި ޖިންސީ ކުށުގެ 2000 އަށް ވުރެ ގިނަ މައްސަލަ!
ފާއިތުވި ހަ އަހަރުގެ ތެރޭގައި ޖިންސީ ކުށުގެ 2000 އަށް ވުރެ ގިނަ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށައެޅިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ތައްޔާރުކުރި ރިޕޯޓެއްގައި ބުނެފިއެވެ.
13 May 2024
ޓެކްސް ކޮމިޝަނަރގެ މަގާމަށް ހަސަން ޒަރީރު އައްޔަންކުރަން ފާސްކޮށްފި
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޓެކްސޭޝަން ހަސަން ޒަރީރު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ފާސްކޮށްފިއެވެ.
13 May 2024
ކުރިއަށް އޮތް ތަނުގައި މަޖިލީހަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް: ރޮޒައިނާ
ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހަކަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް ކަމަށާއި، މިއީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރެއްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވާ ފަހު ދުވަސް ކަމަށް އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
13 May 2024
ގާ ހުދުވާތީ އީޕީއޭއިން އެޅި ފިޔަވަޅުތަކަށް މަސީ އާއި މަޓީގެ ވެސް ތާއީދު!
ރާއްޖޭގެ ފަރުތަކުގައިވާ ގާތައް ހުދުވާތީ އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެޅި ފިޔަވަޅުތަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަސީ) އާއި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަޓީ) އިން ވެސް ތާއީދުކޮށްފިއެވެ.