ހަބަރު
11 May 2024
ބަނގުރަލާއި މަސްތުވާތަކެތި ބޭނުން ކުރި މައްސަލައެއްގައި 6 މީހުން ހައްޔަރުކޮށްފި
މިއަދު، ބަނގުރަލާއި މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހަ ދިވެހިންނެވެ. އެގޮތުން ހައްޔަރު ކޮށްފައިވަނީ ޢުމުރުން 19 އަހަރުގެ މީހަކާއި، 20 އަހަރުގެ ދެ މީހުންނާއި، 23 އަހަރުގެ މީހަކާއި، 25 އަހަރުގެ މީހެއްގެ އިތުރުން 28 އަހަރުގެ މީހެކެވެ. މީގެތެރެއިން 20 އަހަރުގެ އެކަކު ފިޔަވައި ދެން ތިބި އެންމެނަކީ ވެސް މަސްތުވާތަކެތީގެ ރިކޯޑު އޮންނަ މީހުންނެވެ. ހައްޔަރު ކުރި އެންމެންގެ ވެސް ކުޑަކަމުދާ ތަކެތި މަސްތުވާތަކެތީގެ ބާވަތަކަށް ވަނީ ޕޮޒިޓިވް ވެފައެވެ.
11 May 2024
އަލް-ޤުދުސް ގައި ހުންނަ އދ. ގެ މައި އޮފީސް ބަންދުކޮށްފި
އިރުމަތީ ޤުދުސްގައި ހުންނަ އދ. ގެ މައި އޮފީހުގައި އިސްރާއީލުން ރޯކޮށްލުމާ ގުޅިގެން އެ އޮފީސް ވަގުތީ ގޮތުން ބަންދު ކޮށްފިއެވެ. ފަލަސްޠީނުގެ ޤުދުސްގައި ހުންނަ އެ އޮފީހުގެ ވެރިޔާ ފިލިޕް ލަޒާރިނީ ވިދާޅުވިގޮތުގައި، ފާއިތުވި ހަފްތާތަކުގައި ޔަހޫދީން ދިޔައީ އެ އޮފީހަށް އެކި ވަރުގެ ހަމަލާތައް ދެމުންނެވެ. އެގޮތުން އިއްޔެ އެ އޮފީހުގައި ދެ ފަހަރު އަލިފާން ރޯކޮށްލާފައިވާ ކަމަށްވެސް ފިލިޕް ލަޒާރިނީ ވިދާޅުވިއެވެ.
11 May 2024
ކުރީ ސަރުކާރުގައި، ހުއްދަ ނެތި އިންޑިޔާގެ ހެލިކޮޕްޓަރ ދުއްވި: ޣައްސާން
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި، ސަރުކާރުގެ ހުއްދައަކާ ނުލައި ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން، އެގައުމުން ހަދިޔާކުރި ހެލިކޮޕްޓަރ ދުއްވާފައިވާ ކަމަށް ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
11 May 2024
އިންޑިޔާ ސިފައިންގެ ބަދަލުގައި އައީ ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މުވައްޒަފުން
ދިވެހިރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ބޭލުމަށްފަހު، މިހާރު ރާއްޖެ ގެނެވިފައިވަނީ އިންޑިޔާގެ ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މުވައްޒަފުން ކަމަށާ އެމީހުންގެ ސަބަބުން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޚާރިޒީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
11 May 2024
ޓީމް އޮތީ ބަދަހިކޮށް، މުއިއްޒު ދުވެލީގައި ގައުމު ދާނީ ކުރިޔަށް: އަބްދުއްރަހީމް
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ޓީމް އޮތީ ބަދަހިކޮށް، ކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓް އަބުދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.
11 May 2024
ކސަރުކާރު ހިންގަންތިބީ އިންޑިޔާ ސިފައިން ބޭލުމަށް މަސައްކަތްކުރި މީހުން
އަދުގެ ސަރުކާރު ހިންގަން ތިބީ ދިވެހިރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް މަސައްކަތްކޮށް އަނިޔާ ލިބުނު މީހުން ކަމަށް ވިލިމާލޭ ދާއިރާގެ އިންތިޚާބީ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
11 May 2024
މެޑިކަލް ސްކޫލަކާއި ޓީޗިންގ ހޮސްޕިޓަލެއް އިމާރާތް ކުރާނެ ބަޔަކު ހޯދަނީ
ގައުމީ ޔުނިވަސިޓީގެ މެޑިކަލް ސްކޫލާއި ޓީޗީންގ ހޮސްޕިޓަލް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.
11 May 2024
ކަންކަމުގައި ބަސް ނުބުނާށޭ ބުންޏަސް، ހަނު ނުހުންނާނަން: މާރިޔާ
ކަންކަމުގައި ބަސް ވިދާޅުނުވެ ހަނު ހުންނަވަން ބަޔަކު ބުނި ނަމަވެސް، ކަންބޮޑުވާ ކަންކަމުގައި ބަސް ވިދާޅުވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
10 May 2024
އދގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދޭން ފާސްކުރުމުން ރައީސްގެ މަރުހަބާ
އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ފާސްކުރުމާއެކު ރަައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ފަލަސްތީނަށް މަރުހަބާ ދަންނަވައިފިއެވެ.
10 May 2024
ރައީސްގެ ދެކަނބަލުން މަދީނާއަށް ވަޑައިގެންފި
ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މަދީނާއަށް ވަޑައިގެންފިއެވެ.