ހަބަރު
08 May 2024
މޯލްޑިވިއަން އިން އޭޓީއާރް 600-42 މަރުކާގެ 4 ވަނަ މަތިންދާބޯޓު ރާއްޖެ ގެނެސްފި
ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓް ޒަމާނީކޮށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މުޅިން އާ އޭޓީއާރު 600-42 މަރުކާގެ މަތިންދާބޯޓެއް ގެނެސްފިއެވެ. މޯލްޑިވިއަން އިން މިއަދު، އަލަށް ގެނައި އޭޓީއާރު 600-42 މަރުކާގެ މި މަތިންދާބޯޓަކީ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ވަސީލަތްތަކާއެކު އެންމެ މަތީ ފެންވަރުގެ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ އުޅަނދެކެވެ. މިއީ ފްރާންސްގެ އޭޓީއާރު ކުންފުންޏާއެކު މޯލްޑިވިއަން އިން ވެފައިވާ އެއްބަސްވުމުގެ ދަށުން ގަނެގެން ގެންނަ އޭޓީއާރް 600-42 މަރުކާގެ އާ ދެބޯޓުގެ ތެރެއިން އެއް ބޯޓެވެ.
08 May 2024
ބ. އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓް އަޅަން ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފި
ބ. އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރައްވައިފިއެވެ. ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މިއަދު އެ ވުޒާރާއާއި ސިނޯހައިޑްރޯ ކޯޕަރޭޝަނުން ވަނީ ފަހުމުނާމާއެއް ސޮއި ކުރައްވާފައެވެ. ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މި ފަހުމު ނާމާގައި ސޮއި ކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބުއެވެ.
08 May 2024
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތަހުގީގަށް 4 މީހަކު ހޯދަނީ
ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތަހުގީގަށް ދިވެހި ފުލުހުންގެ ހިދުމަތުން 4 މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.
08 May 2024
އަމިއްލަ ކުންފުންޏަކަށް 88،000ރ. ދިނުމަށް ދަޢުލަތުގެ މައްޗަށް ޙުކުމްކޮށްފި
އަމިއްލަ ކުންފުންޏަކުން ރާއްޖެ ގެނެސްފައިވާ ބިދޭސީންގެ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާގެ ރިފަންޑްގެ ގޮތުގައި 88،073.90 ރުފިޔާ ދެއްކުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މައްޗަށް ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ. ގްލޯ ޓުއަރސް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކުން މިނިސްޓްރީއާ ދެކޮޅަށް ދައުވާކޮށްފައިވަނީ، އެ ކުންފުނިން ރާއްޖެ ގެނެސްފައިފާ ބިދޭސީންގެ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ރިފަންޑް ކޮށްދިނުމަށްޓަކައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ކޮށްފައިވާ އިއުލާނާއި އެއްގޮތަށް އެ ކުންފުނިން ރުފިޔާގެ ޑިޕޮސިޓް ސްލިޕްތައް ހުށަހެޅުމުން، ރިފަންޑް ފައިސާ ހަވާލުކޮށްފައި ނުވާތީއެވެ.
08 May 2024
ޙައްޖުގެ ފަހުން ކިންގް ސަލްމާން ސެންޓަރު ހުޅުވަނީ
މިއަހަރުގެ ހައްޖަށް ފަހު ކިންގް ސަލްމާން ސެންޓަރު ހުޅުވޭތޯ މަސައްކަތްކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
08 May 2024
ސަރުކާރުގެ ހަރަދުގައި 50 މީހުން މި އަހަރު ހައްޖަށް ދަނީ
ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ފަގީރުން ހިލޭ ހައްޖަށް ފޮނުވުމަށް ސަރުކާރުން ނިންމި ނިންމުމާއި އެއްގޮތަށް މި އަހަރު ސަރުކާރުގެ ހަރަދުގައި 50 މީހުން ހައްޖަށް ދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
08 May 2024
ވީއައިއޭ ގައި ގަވާއިދާ ހިލާފުވާ ޓެކްސީތަކާއިމެދު ފިޔަވަޅު އަޅަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ ޓެކްސީތަކާއިމެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ނިންމައިފިއެވެ.
08 May 2024
މުޅި ރާއްޖެ އަށް ހުދު ސަމާލު ނެރެފި!
ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން މުޅި ރާއްޖެ އަށް ހުދު ސަމާލު ނެރެފިއެވެ.
08 May 2024
އަމާޒަކީ ތެލެސީމިއާ ކޮންޓްރޯލް ކުރުން: ވަޒީރު ޚަލީލް
ސަރުކާރުގެ އަމާޒަކީ ތެލެސީމިއާ ކޮންޓްރޯލް ކުރުންކަމަށް ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
08 May 2024
މިއަދު މެންދުރުފަހު މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިދާނެ
މިއަދު މެންދުރުފަހު މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.