ހަބަރު
06 May 2024
ފުލެޓު ލިސްޓަށް އުނިއިތުރެއް ނުގެނެސް ހަވާލުކުރަން މަޖިލީހުން ފާސްކޮށްފި
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4000 ފުލެޓު ލިބޭ މީހުންގެ ލިސްޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް ލިސްޓާ އެއްގޮތަށް ފުލެޓުތައް ހަވާލުކުރަން އަންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
06 May 2024
"ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލުމަކީ ދިވެހިންގެ ވާޖިބަކަށް ވާންޖެހޭ"
ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލުމަކީ ކޮންމެ ދިވެއްސެއްގެ ވާޖިބަކަށް ވާންޖެހޭކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
06 May 2024
އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވުމަށް 700 އަށް ވުރެ ގިނަ ފޯމު!
އަތޮޅުތަކުގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވުމަށް އެދި މިހާތަނަށް 700 އަށް ވުރެ ގިނަ ފޯމު ލިބިފައިވާކަމަށް ތައުލީމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
06 May 2024
ނަޝީދަށް ދިން ހަމަލާއަށް އިންސާފު ނުލިބި 3 އަހަރު ފުރުން ކުށްވެރިކޮށްފި
ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރައްޔިތުންގެ މަޖިިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވަނިކޮށް، އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއަށް އިންސާފު ނުލިބި 3 އަހަރު ފުރިފައިވާތީ އެކަން ދަ ޑިމޮކްރެޓްސް އިން ކުށްވެރިކޮށްފިއެވެ.
06 May 2024
ފިރިހެނުންނަށް ފައިސާގެ މިނިވަންކަން އޮންނަ ވަރަށް އަންހެނުންނަކަށް ނޯވޭ
ދިވެހިރާއްޖޭގައި، ފިރިހެނުންނަށް އަމިއްލަ ފައިސާގެ މިނިވަންކަން އޮންނަ މިންވަރަށް އެ މިނިވަންކަން އަންހެނުންނަށް ނޯންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
06 May 2024
މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، ފަޟީހަތްކޮށް ހަދައިގެން ނުވާނެ
މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަޤްސަދެއްގައި ވީޑިޔޯކޮށް ޢާއްމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންކަމެއްނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
06 May 2024
އެކަށީގެންވާ ބަޖެޓެއް ކަނޑައަޅާފައި ނުވާތީ މަސައްކަތް ލަސްވަނީ: ރާފިޢު
ބައެއް ޕްރޮޖެކްޓް ތަކުގެ މަސައްކަތް ކުރޮއަށް ނުގޮސް ހުއްޓެނީ ނުވަތަ މަސައްކަތް ލަސްވަނީ އެކަށީގެންވާ ބަޖެޓެއް ކަނޑައެޅިފައި ނުހުންނާތީ ކަމަށް ސްޕޯޓްސް މިނިސްޓަރ އަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ.
06 May 2024
ނުރަސްމީ ދަތުރުފުޅަށްފަހު ރައީސްގެ ދެ ކަނބަލުން އެނބުރި މާލެ ވަޑައިގެންފި
ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދެކަނަބަލުން ރޭ ރާއްޖެ ވަޑައިގެންފިއެވެ.