12 Mar 2024
ރާއްޖެ، އައިޓީބީގެ ހޮސްޓް ގައުމަކަށް ހެދުމުގެ މަސައްކަތް ފަށައިފި
އަންނަ އަހަރު ރާއްޖޭގެ މާކެޓިން އަށް ކަނޑައަޅާ ބަޖެޓު ބޮޑުކޮށް، ޖަރުމަނުގައި 2026 ގައި އޮންނަ އައިޓީބީ ބާލިން ފެއާގައި ރާއްޖެއަކީ "ހޮސްޓް ކަންޓްރީ" އަކަށް ހަދަން މަސައްކަތް ފަށާފައިވާ ކަމަށް ފަތުރުވެރިކަމާއިބެހޭ ވުޒާރާގެ ވަޒީރު އިބްރާހީމް ފައިސަލް އިއުލާން ކުރައްވައިފިއެވެ.