ހަބަރު
05 May 2024
އިންޖިނިއަރިން އަށް ކުޑަކުދިން ޝައުގުވެރިކުރުވަން، ސްޓެލްކޯއިން ޚާއްސަ ހަރަކާތެއް ބާއްވަނީ
މި އަހަރުގެ ކުދަކުދިންގެ ދުވަސް ފާހަގަ ކުރުމަށް، ކުޑަކުދިން އިންޖިނިއަރިން ދާއިރާއަށް ޝައުގުވެރިކުރުމަށް ޚާއްސަ ހަރަކާތެއް ބާއްވަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، (ސްޓެލްކޯ) އިން ނިންމައިފިއެވެ. ސްޓެލްކޯއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ، މޭ މަހުގެ 10 ވަނަ ދުވަހު، ކުޑަކުދިން އިންޖިނިއަރިން ދާއިރާއަށް ޝައުގުވެރިކުރުވުމަށްޓަކައި، ތަފާތު މާހައުލަކުން ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުސަތާއެކު، ޚާއްސަ ހަރަކާތެއް އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ކަމަށެވެ.
05 May 2024
ޤައުމިއްޔަތު އިޢާދަކުރުމުގެ މަޝްރޫޢު "އަޖުމަ ފިޔަވަހި" ޤައުމީ ދިފާޢީ ބާރާއެކު ކުރިއަށް ގެންދަނީ
ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ޕައިލޮޓް ޕްރޮގްރާމް، "އަޖުމަފިޔަވަހި" ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ އެކު ކުރިއަށް ގެންދިޔުމަށް މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާ ބައްދަލުވުމުގައި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވަނީ ދިވެހި ޤައުމިއްޔަތު އިޢާދަ ކުރުމުގެ ޕްރޮގްރާމް އެންމެ ފުރަތަމަ ހިންގާ މުއައްސަސާއަކީ ޤައުމީ ދިފާޢީ ބާރުކަން ފާހަގަކުރައްވާ ޤައުމިއްޔަތު މަޝްރޫޢުގައި އެ މުއައްސަސާގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
05 May 2024
މޯލްޑިވިއަން އިން މި މަހު ޓްރިވެންޑްރަމްއާއި ކޮޗިން އަށް ކުރާ ދަތުރުތައް އިތުރުކޮށްފި
މޯލްޑިވިއަން އިން ހާމަ ކުރެއްވި ގޮތުގައި އިންޑިޔާގެ ޓްރިވެންޑްރަމްއާއި ކޮޗިންއަށް މި މޭ މަހު ތިން ދަތުރު އިތުރު ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މޯލްޑިވިއަންއިން ޓްރެވިންޑްރަމް އަށް ފްލައިޓުތައް އިތުރުކޮށްފައި ވަނީ މޭއި 06، 10، އަދި 20 ގަައި ދަތުރުތައް ކުރާގޮތަށެވެ. އަދި ކޮޗިނަށް ދަތުރުތައް އިތުރުކޮށްފައި ވަނީ މޭއި 08، 17، 21 ގައި ދަތުރު ކުރުމަށެވެ. މީގެ އިތުރުން އަންނަ ޖޫން މަހު 19 ގައި ދަތުރުކުރުމަށްވެސް މޯލްޑިވިއަންއިން ވަނީ ދަތުރެއް އިތުރުކޮށްފައެވެ
05 May 2024
އިންޑަސްޓްރިއަލް ވިލެޖަށް ކުނިއަޅާ މީހުންނާމެދު ފިޔަވަޅު އަޅާނީ
މާލޭ އިންޑަސްޓްރިއަލް ވިލެޖަށް ޤަވާއިދާ ޚިލާފަށް ކުނިއަޅާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފިއެވެ. ވެމްކޯއިން ބުނެފައިވަނީ، ޤަވާއިދާ ޚިލާފަށް ތަންތަނަށް ކުނިއަޅާ ފަރާތްތަކަށް މާލެ ސިޓީ ކައުންސިލާ ގުޅިގެން ފިޔަވަޅު އަޅާނެކަމަށެވެ. އަދި ޤަވާއިދާ ޚިލާފަށް ހިންގާ އެފަދަ ޢަމަލުތައް ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެމްކޯ އިން ވަނީ އިލްތިމާޒު ކުރައްވާފައެވެ.
05 May 2024
ޑިފެންސް މިނިސްޓަރ ޣައްސާން، އެމެރިކާގެ އިސް ކޮމާންޑަރަކާ ބައްދަލަުކުރައްވައިފި
މިއަދު ދިފާޢީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި ވަޒީރު ޣައްސާން މައުމޫނު ވަނީ، އެމެރިކާގެ މަންޓާނާ ނޭޝަނަލް ގާޑްސްގެ އެޑްޖުޓެންޓް ޖެނެރަލް ޖޯން ޕީޓާ ހްރޮނެކް(ދެވަނަ) އާއި އޭނާގެ ޓީމާ ބައްދަލުކުރައްވާފައެވެ.
05 May 2024
ގިރާވަރުން ލިބުނު ގޯތި ގުޅިފަޅަށް ބަދަލުކުރަން އަނެއްކާވެސް ފުރުސަތު ދީފި
ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މާލެ ރައްޔިތުންނަށް، އެ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް އެދެން އިތުރު ފުރުސަތެއް ދީފިއެވެ.
05 May 2024
ބަންގްލަދޭޝް މީހުންނަށް އެ މީހުންގެ ބަހުން ދަރުސް ދޭން ފަށައިފި
ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންނަށް އެ މީހުންގެ ބަހުން ދަރުސް ދޭން ފަށައިފި އެވެ.
05 May 2024
ރާއްޖޭގައި ޑެންގީ ފެތުރޭ މިންވަރު އިތުރުވަނީ!
އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް ކަމަށްވާ ޑެންގީ ރާއްޖޭގައި ފެތުރޭ މިންވަރު އިތުރުވެ ހަލުއި ކަމާއިއެކު ފެތުރެމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
05 May 2024
ފެނަކައިން އޭޕްރިލް މަހުގެ ބިލް ޑިސްކައުންޓާއެކު ފޮނުވަން ފަށައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު⁦ގެ ވައުދުފުޅާ އެއްގޮތަށް މިދިޔަ އޭޕްރީލް މަހުގެ ބިލުން ވެސް ޑިސްކައުންޓް ދިނުމަށް ނިންމައި އައު ބިލްތައް ފޮނުވުމުގެ މަސައްކަތް ފެނަކައިން ފަށައިފިއެވެ
05 May 2024
ދިވެއްސަކު ގެނބެނިކޮށް ސަލާމަތްކޮށްދިނީ ދެ ފަތުރުވެރިން!
ބ. އަތޮޅުގައި އޮންނަ ދުސިތު ތާނީ ރިސޯޓުގެ މުވައްޒަފަކު މޫދަށް ވެއްޓި، ގެނބެނިކޮށް ދެ ފަތުރުވެރިން އޭނާ ސަލާމަތްކޮށްފިއެވެ.