07 Feb 2024
ޗައިނާއާއި އެކު އޮތް ގުޅުން ބަދަހިވާކަން ހާމަވާން ފަށައިފި: މެޑަމް ސާޖިދާ
ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު ޗައިނާ އާއިއެކު ބާއްވަންފެށި ގާތް ގުޅުމުގެ ސަބަބުން މި ވެރިކަމުގައި މިވީ ކުރު މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެ އާއި ޗައިނާ އާއި ދެމެދު އޮތް ގުޅުމުގެ ވަރުގަދަކަން ވަރަށް ބޮޑަށް ހާމަވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
07 Feb 2024
ރައީސްގެ ދެކަނބަލުންގެ ދިރިއުޅުންވުން މުލިއާގެއަށް ބަދަލުކުރައްވައިފި
ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަބަލުން މެޑަމް ސާޖިދާ މުޙައްމަދު މިހާތަނަށް ދިރިއުޅުއްވަމުން ގެންދެވި މ.ދިމްޔާތު ދޫކުރައްވާ މުލިއާގެއަށް ދިރިއުޅުއްވުން ބަދަލު ކުރައްވައިފިއެވެ.
07 Feb 2024
ބައްސާމް ގެ ޕާސްޕޯޓު ދޫނުކުރުމަށް ކޯޓުން ނިންމައިފި
އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ބައްދަލުވުމަކަށް ގަތަރަށް ދާން ޕާސްޕޯޓް ދޫކުރަން އެދުމުން ވެސް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ޕާސްޕޯޓް ދޫނުކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
07 Feb 2024
ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓަރީ އެއް ގާއިމް ކޮށްދޭނަން
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެ ރަށެއްގެ ނިސްބަތުން ލެބޯޓަރީ އެއް ގާއިމް ކޮށްދެއްވާނެކަމަށް ވެ ވަޑައިގެންނެވި ވަޢުދު ފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ.
07 Feb 2024
ބިންވެރިޔާ ސްކީމުގެ ދަށުން ބިންދޫކުރިގޮތް ތަހުގީގުކުރަނީ
މިދިޔަ ސަރުކާރު ނިމެމުންދަނިކޮށް ރިޔާސީ އިންތިހާބަށް ކަޑަޖަހާ އުސޫލުން ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށް ދޫކުރި ގޯތިތައް ދޫކޮށްފައިވާގޮތް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) ބުނެފިއެވެ.
07 Feb 2024
ތ.އަތޮޅު ރާޑަރުން ކައްސާލާފައި އޮތް އޮތުން ނިމުމަކަށް ގެންނާނަން
ދިގު މާޒީގައި ތ. އަތޮޅު ރާޑަރުން ކައްސާލާ ފަހަތަށް ގޮސްފައި އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
07 Feb 2024
ޝަރުތު ހަމަނުވި މީހުންގެ ލިސްޓު އާއްމުކުރުމާއި މެދު ގޮތެއް ނުނިމޭ: އޭސީސީ
ނިމިދިޔަ ރައީސް އިބުރާޙިމް މުހައްމަދު ޞާލިޙްގެ ސަރުކާރު ނިމެން ގާތްވެފައި ވަނިކޮށް "ގެދޮރު ވެރިޔާ ސްކީމު" ގެ ދަށުން ޝަރުތު ހަމަނުވާ 60 އިންސައްތަ މީހުންނަށް ފުލެޓް ދޫކޮށްފައިވާ ކަމަށް އޭސީސީން ބުނެފައިވާއިރު، އެމީހުންގެ ލިސްޓް އަދި އާއްމުކުރުމަށް ނިންމާފައި ނުވާކަމަށް އޭސީސީން ބުނެފިއެވެ.
07 Feb 2024
ރޯދައިގެ ފަހުން އިންތިހާބު ބޭއްވުމަށް ކޮމިޓީން ފާސްކޮށްފި
ކުރިއަށް އޮތް މަޖިލިސް އިންތިހާބު ރޯދަ މަހާއި ދިމާވާތީ، އިދިކޮޅު އެމްޑީޕީން ރޯދަ މަހު އިންތިހާބު ނުބޭއްވުމަށް އެދި ހުށައެޅި އިސްލާހު ފާސްކުރުމަށް މަޖިލީހުގެ ވަގުތީ ކޮމިޓީން މިއަދު ނިންމައިފިއެވެ.