ހަބަރު
01 May 2024
ބިން ހުރި ރަށްތަކުގައި އައު އިންޖީނުގެ އެޅުމުގެ މަސައްކަތް މި އަހަރު ސްޓެލްކޯއިން ފަށަނީ
ބިން ހުރި ރަށްތަކުގައި އައު އިންޖީނުގެ އެޅުމުގެ މަސައްކަތް މި އަހަރު ފަށާނަނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ފަހުމީ ވިދާޅުވީ މިހާރު ސްޓެލްކޯއިން ހިންގާ 33 ޕަވަރ ހައުސްގެ ތެރެއިން ބައެއް ރަށްތަކުގައި ރައްޔިތުންނާ ވަރަށް ކައިރީގައި، އަޑު ނުވަތަ ދުމުގެ އުނދަގޫ ވާ ހިސާބުގައި އިންޖީނުގެތައް އެބަހުރި ކަމަށެވެ. އަދި ގިނަ ރަށްރަށުގައި މީހުން ދިރިއުޅޭ ހިސާބުގައި ހުރި އިންޖީނު ގެތައް ދުރަށް ބަދަލު ނުކޮށް ހުރީ ބިން ނެތުމުން ކަމަށެވެ.
01 May 2024
ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ޚާއްސަ ތަނެއްގެ ގޮތުގައި - ހީނާ
ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ޚާއްސަ ތަނެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ މިހާރުހުރި ވަސީލަތްތައް މަދުކަމާއި ހުރި ދަތިތަކާ ގުޅިގެން ލިބެމުންދާ ޝަކުވާތަކަށް ޙައްލެއް ހޯދުމުގެ ގޮތުން ކުޑަގިރި މިހާރަށްވުރެވެސް ފުރިހަމައަށް، ރައްޔިތުންނަށް ޚިދުމަތް ލިބޭގޮތަށް ސަރުކާރުން ތަރައްޤީކުރާނެކަމަށެވެ.
01 May 2024
ޗައިނާގެ ހައިވޭއެއް ވެއްޓި މަދުވެގެން 24 މީހުން މަރުވެއްޖެ
ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޗައިނާގެ ހައިވޭއެއްގެ ބައެއް ވެއްޓި، ހައިވޭއިން ދަތުރުކުރަމުންދިޔަ މީހުންގެ ތެރެއިން މަދުވެގެން 24 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
01 May 2024
ޗިކުންގުންޔާ އަދިވެސް ފެތުރެނީ؛ ރައްކާތެރިވުމަށް މިކަން ކަމަށް ސަމާލުވޭ!
ރާއްޖޭގައި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ބުނެފިއެވެ.
01 May 2024
މަސައްކަތްތެރިންގެ ހިތްވަރަކީ އަޅުގަނޑުމެންގެ ކާމިޔާބީގެ ބިންގާ - މިފްކޯގެ ސީއީއޯ އަހްމަދު ޝަމާހު
ބައިނަލްއަޤަވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމާހު ވަނީ އެ ކުންފުނީގެ މަސައްކަތްތެރިންގެ ބުރަ މަސައްކަތާއި، ޚިދުމަތްތެރިކަމާއި، ޙިއްޞާއަށް ޝުކުރު ދަންނަވާފައެވެ. އަދި އެ ބޭފުޅުންގެ މަސައްކަތަކީ ކުންފުނީގެ ކާމިޔާބީގެ ބިންގާކަމަށެވެ.
01 May 2024
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް 24 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު 100،000 ރުފިޔާ އިން ޖޫރިމަނާކޮށް 24 އަހަރާއި 11 މަހާއި 13 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ގދ. ފިޔޯރީ/ ގަދަކޯޅީމާގެ، އަހުޒަރު އަހުމަދެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މ. ސެސްނާ/ ފަސްވަނަ ފަންގިފިލާގެ އެޕާޓްމަންޓްގައި މަސްތުވާތަކެތި ރައްކާކޮށް ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 8 ވަނަ ދުވަހު އެވެ.
01 May 2024
75 އަހަރު ވަންދެން ސަރުކާރުގައި ޚިދުމަތްކުރެވޭނެ ގޮތް ހަމަޖައްސަނީ
ޢުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ޚިދުމަތްކުރެވޭނޭ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
01 May 2024
ށ. ފުނަދޫ އާއި ޅައިމަގުގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާލައިފި
ށ. ފުނަދޫގައި އާއި ށ. ޅައިމަގުގެ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ނިންމާ ކޮމިޝަން ކޮށްފިއެެވެ.
01 May 2024
ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން 48 ގަޑިއިރުތެރޭ ޑީޕޯޓް ކޮށްލަނީ
ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރި ކުރަމުން ގެންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް އެފަދަ ބޭރު މީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓް ކުރަން މިހާރު ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
01 May 2024
"ސިވިލް ސާވިސް މުއައްޒަފުންގެ އުޖޫރައިގެ ހަމަހަމަކަން ގާއިމުކުރަންޖެހޭ"
ސިވިލް ސާވިސް މުއައްޒަފުންގެ އުޖޫރައިގެ ހަމަހަމަކަން ވީހާވެސް އަވަހަށް ގާއިމުކުރަންޖެހޭކަމަށް އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވެއްޖެއެވެ.