ހަބަރު
02 May 2024
ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ޑރ.ރަމްޝާ ނިޔާވެއްޖެ
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މެޑިކަލް އޮފިސަރެއްގެ މަޤާމު އަދާކުރެއްވި ޑރ. ރަމްޝާ އައިމިނަތު ނިޔާވެއްޖެއެވެ.ޑރ. ރަމްޝާ ނިޔާވެފައިވަނީ ބެންކޮކްގައި، ކެންސަރަށް ފަރުވާ ހޯދަމުން ގެންދަވަނިކޮށެވެ.
02 May 2024
މާފުށްޓާއި ގުރައިދޫއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތައް ބައްލަވާލެއްވުމަށް ވަޒީރު އެދެރަށަށް ޒިޔާރަތްކުރައްވައިފި
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މާފުށްޓާއި ގުރައިދޫއަށް ވާރޭވެހުމުގެ ސަބަބުން ލިބުނު ގެއްލުން ބައްލަވައިލެއްވުމަށް ވަޒީރު އާދަމް ޝަރީފް ޢުމަރު އިއްޔެ އެރައްތަކަށް ޒިޔާރާތް ކުރައްވާފައިވާ ކަމަށެވެ. އަދި މި ޒިޔާރާތުގައި އެ ވުޒާރާގެ އިސްވެރިންނާއެކު، ގެއްލުން ލިބުނު ގެތަކަށް ވަޒީރު ވަޑައިގަންނަވާ އާޢިލާތަކާއި ބައްދަލުކުރެއްވިކަންވެސް ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
02 May 2024
ރައްޔިތުންގެ އުފާވެރިކަން މިންކުރުމަށް "ހެޕިނެސް އިންޑެކްސް"އެއް އެކުލަވާލަނީ
ރައްޔިތުންގެ އުފާވެރިކަން މިންކުރުމަށް "ހެޕިނެސް އިންޑެކްސް"އެއް އެކުލަވާލުމަށް ސަރުކާރުން ނިންމައިފިއެވެ.
02 May 2024
ސަރުކާރުގެ ވުޒާރާތަކުނަ މަހަކު އެއް ފަހަރު ނޫސްވެރިންގެ ބައްދަލުވުމެއް
ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ކޮންމެ ވުޒާރާއަކުން މަދުވެގެން މަހަކު 1 ފަހަރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
02 May 2024
ބިދޭސީންގެ މައްސަލަ ހައްލުކުރަން "އޮޕަރޭޝަން ކުރަނގި" ފަށައިފި
ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި، ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން "އޮޕަރޭޝަން ކުރަނގި" ފަށައިފިއެވެ.
02 May 2024
ފަލަސްތީންގެ މިނިވަން ކަމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެ
ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އެގައުމާއިއެކު ވާނެ ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
02 May 2024
އިންތިހާބުތަކުން ނާކާމިޔާބުވި ސަބަބުތައް އެމްޑީޕީން ދިރާސާ ކުރަނީ
އިދިކޮޅު އެމްޑީޕީ އިންތިހާބުތަކުން ނާކާމިޔާބުވި ސަބަބުތައް އެމްޑީޕީން ދިރާސާ ކޮށް، ރައްޔިތުން އެމްޑީޕީގެ ކުރިމަގަށް ދެކޭ ގޮތް ހޯދައި، ޕާޓީގެ މަގުޗާޓު އެކުލަވާލަން ފާސްކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
02 May 2024
ފަލަސްތީނަށް އިންސާފު ހޯދުން އެންމެ ވޯޓަކުން ހުއްޓުވުން ލަދުވެތި: ރާއްޖެ
އެންމެ ވޯޓެއްގެ ސަބަބުން ފަލަސްތީނަށް އިންސާފު ލިބުން ހުއްޓުވުމަކީ ލަދުވެތި ކަމެއް ކަމަށް ބުނެ އދ. ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު އުވާލަން ރާއްޖޭން ގޮވާލައިފި އެވެ.
02 May 2024
ރައީސް މުޢިއްޒުގެ ތަޢުޒިޔާ ޔޫއޭއީގެ ރައީސް އަށާއި އާއިލާއަށް
ޔޫއޭއީގެ ޝާހީ އާއިލާގެ އިސް ބޭފުޅެއްކަމަށްވާ އަދި ޔޫއޭއީ ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ޝައިހް ތަހްނޫން ބިން މުހައްމަދު އަލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީގެ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު ބިން އަލްނަހްޔާނަށާއި އާއިލާއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
02 May 2024
ލީޑާޝިޕް ބަދަލުކުރަން ޖެހޭ ވަގުތެއް އަދި ނުޖެހޭ: ފައްޔާޟު
ރާއްޖޭގެ އޮތް އެންމެ ބޮޑު ޕާޓީ އަދި އިދިކޮޅު މައި ޕާޓީއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި މިއަހަރުގެ މަޖިލިސް އިންތިޚާބުވެސް ނާކާމިޔާބު ވި ނަމަވެސް، ޕާޓީ ހިންގެވުމުގެ ޒިންމާ އޮތް، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް އަދި ނެތް ކަމަށް މަގާމުގައި ހުންނެވި ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލް ވިދާޅުވެއްޖެއެވެ.